ކޮންމެ ފަދަ މަސްވެރި ކަމެއް ކުރި ނަމަވެސް، ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް، މަސްވެރިކަމާއި ބެހޭ ޤާނޫނުގައި ހިމަނާފައިވާ ބައެއް ކަންކަން އިސްލާހުކުރަން ނިންމާފައިވާ ކަމަށް، އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ ޤާނޫނުގައި ބުނާ ގޮތުން، މުނިފޫހި ފިލުވުމުގެ ގޮތުން، ރާއްޖޭގައި ބާއްވަމުން އަންނަ މަސް ރޭސް ފަދަ ހަރަކާތްތައްވެސް ބޭއްވޭނީ އެކަމަށް ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް ފަހުގައެވެ. ނަމަވެސް އެއީ އޮޅިގެން ހިމެނިފައިވާ ބައެއް ކަމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމާއި ބެހޭ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާފައިވަނީ، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.
މަސްވެރިކަމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ކެއުމަށް ކުރާ މަސްވެރިކަން ފިޔަވައި އެހެން ހުރިހާ މަސްވެރިކަމެއް ވެސް ކުރެވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވަން މަހަށް ދިއުމާއި ކުޅިވަރު ކުޅުމުގެ ގޮތުން ބާއްވާ މަސް ރޭސްތައް ފަދަ ކަންކަން ވެސް ހިމެނެ އެވެ.
ބިލްގައި ބުނެފައިވާ ގޮތުން މަސްވެރިކަމުގެ އެފަދަ އިވެންޓްތަކަށް ވަކި ފީއެއް ވެސް ދައްކަން ޖެހޭނެ އެވެ.
ރާއްޖޭގައި ބޭރަށް އެކްސްޕޯޓްކުރަން މަސްވެރިކަން ކުރެވޭނީ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގެ މާކެޓަށް ވިއްކަން ކުރާ މަސްވެރިކަމަށް އެއްވެސް ހުއްދައެއް ބޭނުމެއްނުވެ އެވެ. އެކަމަކު އަލަށް ހުށަހަޅާފައިވާ ބިލްގައި ބުނާ ގޮތުން ރާއްޖޭގެ ބާޒާރަށް ވިއްކަން މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ހުއްދަ ނަގަން ޖެހެ އެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނަށް، ގާނޫނަށް އިސްލާހު ގެންނަން ނިންމީ އެދެވޭ ގޮތެއްގައި މަސްވެރިކަން ކުރުމަށް، ހަމަ ހަމަ އުޞޫލެއްގެ ތެރެއިން އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާއި، މިނޫންވެސް މިކަމާއި ގުޅުންހުރި ކަންކަން ފަސޭހަކަމާއި އެކު ކުރެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މީގެ ކުރިން ޢަމަލުކުރަމުންދާ ޤާނޫނަށް ބަލާއިރު، ޖޫރިމަނާގެ ގޮތުގައިވެސް އެންމެ ބޮޑުކޮށް ނެގެން އޮަންނަ އަދަކީ އެއްލައްކަ ރުފިޔާއެވެ. ނަމަވެސް އިސްލާޙުވެގެންދާ ޤާނޫނާއި އެކު، ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރިކަން ސާބިތުވެއްޖެ ނަމަ، ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އެ ބަދަލާއެކު ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އެގޮތުން ރާއްޖޭގެ ކަނޑު އަދި ފަރުތަކަކީ އާންމުކޮށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މަހަށް ނުކުންނަ ތަންތަން ކަމަށްވާ އިރު، އެ އިސްލާހަކީ އާންމުންނަށް ބޮޑު އުނދަގުލެއް ކުރިމަތިވާނެ އިސްލާހެއްކަމަށް ބެލެވެއެވެ.
ހާވާނެ ހަޑިއެއް ނޭނގިގެންތަ ތިއުޅެނީ. އުނދަގޫ ނުކޮށް ވެރިކަމުން ފައިބާ
ނިކަމެތި މަސްވެރިން ކަމުގައި ބުނެ އަބަދު ހައްގު ހޯދުމަށް ދައުވާ ކުރި މީހުން މިކުރަނީ ކީއްތަ؟ ވަދު މަސްވެރިކަން ކޮށްލައިގެން އުޅޭ އިސްރަށް ވެހިންނަށް ވެސް އަލިފުށީ ދާއިރާގެ ބިގޭ މެން ކީއްތަ ތިޔަ ކުރަނީ ...... އެޖެންޑާ 19 ގެ ދަތިކަން ދަނީ ފެންނަމުން މިހާރު ޗާނދަނީ މަގުން ވިއްކާ ޑޮލަރ ވެސް ލިބެނީ ވަރަށް ދަތި ހާލުން މިއަދުވެސް ލިބުނީ 200ޑޮލަރ ވަކިވަކިން 5 ޑޮލަރުން
ހޮހޮހޯ މިނިވަންކަން ތިޔަހަރަ ލިބެނީ ހަމަ އަރިހުރަހަށް. ދެން ދުވަސް ކޮޅަކުން އަނބިމީހާޔާ އެއްދާން ކުރެވޭނީވެސް ސަރުކާރުގެ ހުއްދަލިބިގެން. މިވަރުން ދަންޏާ އެކަންވެސް ވާނެ. މާ ދެން ކަންކަން ކުރެވޭ ބަޔަކަށް ވެގެން މުޅިން ވެސް ތިބެގެން އެކަހަލަ ކޮސް ހަދަނީ.
ފުރިހަމަ މިނިވަން ކަން ލިބެން އުޅޭހެން އެބަ ހީވޭ ފުރަތަމަވެސް މަސް ވެރިކަމާ މިބެހެނީ
އޯގާތެރިކަން ކޮޅުންލަނީ...
މިކަން ފާސްވެއްޖެނަމަ މިހުށަހެޅި މޮޔައާއި މިކަމަށް ތާއީދުކުރާ ސަރުކާރު އެންމެން އިސްތިއުފާ ދީފަ ގެޔަށްދޭ!
Dhivehin nah dhivehi kanduga beynuniraku mas beyneene dhivehin nujeheyne ekamah huhdha nagaaka mee varah vaahaka
މިގޮތަށް ހެދީމަތާ ދިވެހިން މިކަމާ ފޫހިވެ ދުރައްދާނީ..އޭރުން އިންޑިޔާ މީހުންނަށް ދިވެހި ކަނޑުތައް ހިތަކަށް ލިބޭނެ ކަހާލައިގެން ގެންދަން!!! މިއީ ވަގު ހިޔަޅު ސަރުކާރެއް!!
ކުޑަދަރިފުޅު ގޮވައިގެން ގޮސް ގޮނޑުދޮށުން މުޑުހިފޭނީވެސް ސަރުކާރުން ހުއްދަނަގައިގެންދޯ!
ހަމަބަރާބަރު ރައްޔިތުން ރުހިގަބޫލުވީ މިކަހަލަ ކޮންމެ ކަމެއް ވެސް އޯކޭ ބުނެފަ ވީމާ އަހަރުމެންވެސް އޯކޭ ހަމަ ހަދަން ބޭނުން ގޮތެއްހަދާ މިފެންނަނީ ރައްޔިތުންދެކެ ވާލޯބި މިރާއްޖޭގައި އަދިވެސް ބޯގޯސް ބައިގަނޑެއް އެބައުޅޭ އަހަރެމެންގެ މުސްކުޅިކާބަފައިންނަށް ވުރެވެސް އެހެނީ ކިޔަވައިގެން ތިބި ތަޖުރިބާވެރިންވެސް މިފަހަރުބޭނުންވީ މި ދަންތުރައިގަ ޖެހި ދަތިހާލުގައިތިބެލަން ނަމަވެސް ﷲގެ ކުޅަދުންވަންތަކަން އެއަށްވުރެ މާބޮޑު ޔާﷲ މިނުބައި ބައިގަނޑުގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި އާމީން
ދިވެހިންގެ ލޭނާރާ ތިކުޅެލީ އިނގޭ...
ޢެމްޑީޕީއަށް އޮތް މަގޭ ތާއީދު އަނބުރާ ގެންގޮސްފިން. މަހީނުކުރަން މިހާ ހަޔާތްކުޑަވާނެކަމަކަށް
ތަންފީޒު ނުކުރެވޭނެ އިތުރު ގާނޫނެއް ނަހަދައްޗެވެ. މިހާރުވެސް އެފަދަ ގާނޫނު ބައިވަރު. މަސްވެރީންނަކީ ގާނޫނު ގާނޫނަށް ބޯލަނބައިގެން ތިބެވޭނެ ބައެއްނޫން.
ތިޔަހެރީ ދޮޅުރޯނާވެފަ ހުރިކަން ސާބިތުވެފަ މިފަދަ މީހުންނައް މެނަޓަލް ހެލްތްކެއާއިން އަވަސް ފަރުވާ ދިނުމައަ ގޮވާލަން، މިނާގެ މަޤާމްގެ ޒިންމާއިން ދުރުކުރުމަަައްވެސް ގޮވާލަން
ރާއްޖޭގެ އެންވައިރަމަންޓް ތެރޭ ހުރި އޮކްސިޖަން ބެނުންކުރަންވެސް ހުއްދަ ނަގަންޖެހޭނެ. ދެމަފިރިން އެދުދާންކުރަންވެސް ކޮނމެ ރެއަކި ހުއްދަނަގަން ޖެހޭނެ މިއީ ފިރުއައުނުވެސް ނުކުރާކަންކަން