މަޖިލީހުގެ ރިޔާސަތުން އަންހެން ބޭފުޅަކު ފެނުމަކީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމުގައި އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފައިވާ ދެ މެންބަރުންނަށް ވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އިސްތިއުފާ ދެއްވައިފިނަމަ، ނުވަތަ އެހެން ވެސް ސަބަބެއް މެދުވެރިވެގެން އެބޭފުޅުން މަގާމުން ވަކިވެއްޖެނަމަ ރައީސް ކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެ ބޭފުޅުންނެވެ.
ރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން އަންހެން ބޭފުޅުން ގައުމުގެ ވެރިކަން ކުރަން ޤާނޫނީ ހުރަހެއް ނެތެވެ. ނަމަވެސް އަންހެނަކު ގައުމެއްގެ ވެރިކަން ކުރުމަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތު މައްސަލައެކެވެ.
މިމަހުގެ 06 ވަނަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އިންތިޚާބު ކޮށްފައިވާ މެންބަރުން މަގާމާއި ހަވާލު ވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ. މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އަކު އިންތިޚާބު ކުރުން އޮންނާނެއެވެ.
ކޮންފޮތަކު އޮތީ .
ސައުދިއަރަބިޔާގަ ނުކުރާ ކަމެއް އެ އުޅެނީ ކުރަން.މިސާލަކަށް ބަލާ ސައުދީ
މިދައިތަގަޑު އެމްޑީޕީއަށް ވައްދަބަލަ
ބަޔަކަށް ކަންނުދެއްކިގެންތަ މިއުޅެނީ.....ފަސް އަހަރު ދުއްވާލާނީ މިކަހަލަ ވާހަކަ ދަށްކާފަ ބޮޑުމުސާރަނަގައިން.....
މިހާރުވެސް ދުނިޔެއަށް ދައްކާފައި ހުރި ނަމޫނާތައް ވަކި މަދުތަ؟
1- އެއްވެސް ކަމެއް ނުކޮށް ބޮޑު މުސާރަނަގާ ޤައުމެއްގެ ޖީޑީޕީއާ އަޅާ ބަލާއިއިރު މުޅި ދުނިޔޭގެވެސް އެންމެ އަގުބޮޑު މަޖިލީސް.
2- އަމިއްލައަށް ޤާނޫނު ހަދާފައި އަމިއްލައަށް ހެދި ޤާނޫނަށް ފައިންއަރާ މަޖިލީސް
3- ދުނިޔެ ނުތަކާވަރަށް ރިޝްވަތުނަގާފައި ކަރުން ނާރުފުއްޕާފައި ފާރުމަތިން ފުމޭ މަޖިލީސް
4- އަށް އަހަރުވާދޭން ބަޖެޓުގަނޑަށް ވޯޓުވެސް ނުދީފައި ތިމާމެން ހިންގި މަޝްރޫޢުތަކޭ ކިޔާ މަޖިލިސް.
މިވަރުގެ ނަމޫނާއެއް ފެނިފައި ދެނިޔޭގެ ލަދަށް އަހަރެމެން ހައްޕު! އިންޑިޔާ ފަދަ ތަންތަނުންވެސް އެ ތިބެނީ ތި ނަމޫނާ ފެނިފައި ދެފައިވެސް ކައިރިކޮށްލަން ނުކެރިފައި!
އެެމެރިކާގެ މެޑެލަކަށް މިސްރާބު ހިފާފަހުރި ވައްތަރުޖަހާ!
އަދާލަތު ޕާޓީން މަޖިލިހަށް އަންހެން މެންބަރަކު ވެއްދިނަމަ ދުނިޔެއަށް ފިސާރި މިސާލަކަށްވީސް މީވާ ފިސާރި ދެއްކުންތެރި ކަބަލެއް
ގާނޫނަށް ފައިން އަރާ މާރިޔާ ކިޔާ އަންހެނަކު ވަނީ ދުނިޔެއަށް ނަމޫނާ ދައްކާފައި.
ކަން ދައްކާ ދައިތަ ގަނޑަކު ދައްކާނީ އަބަދުވެސް ކަންދައްކާ ވާހަކަ. ބަލަ ވޯޓު ލަނީ ކީއްކުރަން ތަބަކަށް ލާފައި ދޭން؟
" ތިޔަބައިމީހުންގެ އަމުރުވެރިއަކަށް އަންހެނަކު ލައިފިތަ ، ތިޔަބައިމީހުންނަށް ކާމިޔބު ނުވާހުއްޓެވެ". މިއީ ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައެވެ.
ހާދަ އަގަމަތި ސަޅިއޭ ދޯ؟
ފިރިހެނުންގެ ޖަމާޢތެއްގައި އަންހެނަކު އިމާމުވެ ނަމާދުކުރުމާއި މެމްބަރަށްއަރާޚުތުބާދިނުމަކީ އިސްލާމްދީނަށް ކުރެވޭ މަލާމާތަށްނުވާނެތަ؟
ޝިދާތާ ނަމޫނާ ދައްކަނީ ދުނިޔެއަށްތައް. އާޙިރަތުގަ ނަމޫނާ އަކަށް ތިކަންވާނެތަ އަންހެނަކު މަޖުލިސްތަކުގެ ވެރިންނަ ބައިތިއްބައިގެން. މުސްލިމުންގެ އެއްވެސް މަޖުލުހެއްގަ ވެރިޔަކަށް އަންހެނަކު ހުރެގެން ހިންގި މަޖުލީހެއް އިސްލާމީ ތާރީޙުން ފެންނަން އެބައޮތަ އަމުރު މައުރޫފު ހިންގާ ވެރިޔަކަށް އަންހެނަކުހުރި. ރައީސުލް ޖުމްހޫރިއްޔާ ނެތްފަދަ ހާލަތެއްގަ ދައުލަތާ ހަވާލުވާންހުންނަ ދައުލަތުގެ އެއްމެ ބާރުގަދަ މަގާމަށް އަންހެނަކު އައްޔަންކުރަންވީ ދުނިޔެއަށް ދައްކަންކަމަށް ޝިދާތާ ބުނަނީ ދޮންމީހުންގެ ރުހުންހޯދަން.
މަޖިލިސް ވާހަކަނުދައްކާ. ކަމަނާ ޖެންޑާ މިނިސްޓަރައްވެ ހުރެ ނާއިންސާފުން ކަންކަން ކުރާއިރު ތީ ހަމަ އަންހެނުންނަށް ހުރި ލަދެއް. ހޯރަ އިއްބެ ކަންތަކުގަވެސް ހަނު ހުރީ. ކޮބާ މަންޖެގެ އިންސާފް. ކޮބާ މަންޖެ ޕާޓީން ޕުރޮމޯޓުކުރާ ދީނިއްޔަތު؟
ތިޔެއްނު އަބަދުވެސް ކަލޭމެންކުޅޭ ޑްރާމާއަލީ.. ދުނިޔެއަށް ވީޑިޔޯއާއި ފޮޓޯދެއްކުމެއްނު..
ތިޔަ މީހާޔައް އަޑުނީވުނުކަމީ ހިތާމަކުރާކަމެއް މީހަކު ކެންޕޭނުތެރޭގައި ބުނި ސީރިޔާގައި 400 ދިވެހިއަންހެނުން ހަށިވިއްކާވާހަކަ މިވާހަކަޔަށް ރަށްދެއްދޭން ކީއްކުރަންތޯ ޗުއްޕެއްވެސް ބުނަން ނުކެރުނު އަންހެނުންގެ ހައްގުތަކައިގެން އޮބިނޯވެގެން އުޅުއްވާބޭފުޅާޔަށް މަގާމް ގެއްލިދާނެތި ގަންނަ ބިރކަށްވަނީބާ އެހެންވީމާ ދުނިޔެއަށް ލައްކަ ކަންތައްތަކެއް ދައްކާލާނެތާ