ހއ.ދިއްދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މަޗުގައި ދެޓީމުގެ ދެމެދު ހިންގި ހަމަނުޖެހުން ބޮޑުވެ، ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހިންގި ހަމަ ނުޖެހުމުގައި ފުޓްސަލް ދަނޑުގެ ޓާފްތައް ނައްޓާލާ، ދަނޑަށް ގެއްލުންތަކެއް ދީފިއެވެ.
އަދި މެޗްގެ އޮފިޝަލުން އިށީންނަށް ބަހައްޓާފައި ހުރި ގޮނޑިތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.
ހަމަނުޖެހުން ހިނގަން ފެށުމުން ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ވެސް މަސައްކަތް ކުރިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ދެޓީމުގެ ކުޅުންތެރިންނާއި ވާހަކަ ދައްކައިގެން ދިއްދޫ ފުޓްބޯޅަ މެޗްގައި ދިމާވި މައްސަލަ ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެ މެޗާ މެދު ވަކި ގޮތެއް ނިންމުމަށް ކައުންސިލާ ވާހަކަ ދައްކާފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުންވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިފައެވެ.
ރޭ ދިއްދޫގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިއްދޫ ކައުންސިލުން އިންތިޒާމް ކުރި މުބާރާތުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ކައުންސިލްގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކައުންސިލްގެ ބަހެއް ނުލިބުނެވެ.
ކިރުބޯވަރު ތުއްތު ކުދިންވިއްޔަ! ވާނީ އެހެނެއްނު!
މީ އެއްކަލަ އެމްޑީޕީ މީހުން ގޮތެއް ފޮތެއް ނުބަލާ ސަރުކާރު މުވައްސަސާ ތަކައް މަސްތައްއުކާލިރައް އެމީހުން އެދުމަސްބާން ދިޔައީ ކަރުކާރުން ބުނެ ކިޔާއިގެންނެއް ނޫން އެދުވަހުވެސް ކަންކުރީ ތިގޮތައް އެމީހުނައް ގިނައިން މަސްބޭނުނީމަ ގޯސްވީމިވީ ސަރުކާރުގެ މުވައްސަސާތައް މިޔަދު ދެޓީމު މައް ސަލަޖެހުނީމަ ގެއްލުންދިނީ އެތައްބަޔަކު ކުޅެމުންދާ ފުޓްސަލްދަންޑައް އެރަށުގެ ބައެއްމީހުން ނަކީ ވަރައްވެސް ގޮތެއް ފޮތެއް ނެތްބައެއް ވަރައްހެޔޮ ރަންގަޅުބަޔަކުވެސް ެ އުޅޭރަށެއް ދިއްދުއަކީ
މިއީ ވަރަށް ދެރަކަމެއް. ރުޅިއަޔަސް އެއްޗިއްސަށް ގެއްލުންދޭކަށް ނުވާނެ. ފަހުން ވިސްނޭނެ.
ޖަޒީރާ ރާއްޖޭގަ ކަންކުރަންޖެހޭ ގޮތް ތީ .ޖަޒީރާ ދިރިއުޅުން ސަޅިވާނެ
ވަރަށް އުފާވެއްޖެ.. ޝުކުރިއްޔާ އަސްލަމް
ދެން ތިތާގައި ކަޅުބިލަމަސް އަތުރައިގެން އޭގެ މަތީގައި ކުޅެން ވީނުން
ކޮއްކޮ މެންވެސް ބަސް އަހަން ވާނެ ތިޔައީ ރައްޔިތުންގެ މުދާ
ހަމަ ދެރަވާނީ ދިއްދޫ ރައްޔިތުންނަށް
ތިޔަތަންދެން, އަލުން ފުޓްސަލް ކުޅޭކައް ހަދާނެކަމެއްނެތް, މޯދީ ކައިރީގަ ބުނެގެން ވިއްސަކައް ގެރި ގެނެސްތިޔަތަނުގަ ގެންގުޅެގެން ކައުންސިލަށް ރުފިޔާ ހޯދަންވީ.
ތިޔައީ ތިކަހަލަ ފްޓްބޯޅަ މުބާރާތްތައް ބާއްވާވަރު ރަށެއްނޫން..ނިކަން އަވަހަށް ލޭހޫނުވެ ގަޔަށް ބޮލަށް އަރާ ރަށެއް..
ކޮންބަޔަކަށްބާ ދެރަވާނީ!!!ދަނޑުއެއްކޮށް ރޯކޮށް އަންދާ އަޅިޔަށް ހަދާލިޔަސް...އެހެން ރަށެއްގެ ބަޔަކަށް ވާނެ ދެރައެއްނޯންނާނެ..އެހެން ރަށް ރަށުގެ މީހުން އުފަލުގައި ރީތި ދަނޑުތަކުގައި ފުޓުބޯޅަކުޅޭނެ ކޮންމެ ދުވަހުކުވެސް...މޮޔައިން ވާނީ މޮޔައިންނަށް...ކަލޭމެން ދެންވެސް ކުޅެންދާނީ ހަމަ ތިޔަ ހަލާކުރި ދަނޑަށް....
ދިވެހިންނަށްވުރެ ޖާހިލު ބަޔަކު ނެތް... ކުޅިވަރެއްކުޅުނަސް އެހެންކަމެއް ކުރިޔަސް ގަޓު ދެއްކުން. ނާތަހުޒީބުކަން ފެނިގެންދާނީ.. ހިތުން ވަރަށް ގަޓު ބައެއް އެކަމަކު ކުރަނީ ފިޑިން ކުރާކަހަލަ ކަންކަން.
ޒުލެއްގަ ޓާފް ދަނޑު އެޅީމަ ވާނެގޮތް.......
ދެން ނާޅާނަން ދަނޑެއް
އެހެންނުންވާނީ،، ބުލެކުޒަރީނާ ނޫނީ މޮޅުވާކަށް ގާރީމެން ބޭނުމެއްނުވާނެ. ހަޖަމެއް ނުވާނެ.. އެހެންވީ ގަޔަށް، ބޮލަށް، 3 ބާރަށްވެސް އަރާނެ،.. ކޮއްކޯ ސުވަރުގެ ދޮރުތަށް ބަންދުވަނީތަ ބަލިވީމަ.؟؟
އެހަަ އަވަހަށް ރުޅިއަންނަނީ ގިނައިން ކަޅުފިލަމަސްކާތީވެ. ވީމާ ގިނައިން ތަރުކާރީ ތިމީހުނަށްކާންދީ އެއިރުން މައިތިރިވެދާނެކަމަށް ފޭނޭ.
ދެން ގެރި ކޮށްޓެއް އަޅާ ތިތާގަ ،މޯދީ ދޭނެ ދޯ ގެރި
ތިއީ %90 އެމްޑިޕީ ރަށެކޭ ބުނާއަޑު އިވޭ! ވީމާ ތިހެން ވެދާނެ!
ހައްހައްހައް. ހީހީހީހީހީހީހީހީހީ މަ ހޭބަލިވެއްޖެ....
ތިޔަ ރަށުން މީހުންބާލާ އެހެން ރަށްތަކަށް ބަހާލަންވީ. ތިޔަފަދަ ނާތަހުޒީބު ބަޔަކަށް ފުޓުބޯޅައެއް ފުޓުސަލެއް ނުކުޅެވޭނެ. ކުޅޭކަށް ބޭނުމެއްވެސް ނުވާނެ.
ކަލޭމެން ހިތުން މޮޅުވާނެ ކަމަށް ތަ ދަނޑު ހަލާކު ތި ކޮށްލީ ކާ ކަށް ތަ ދެރަވާނީ.......................... .
ކޮން ބަޔަކަށް ދެރައީ ؟ އަދިވެސް ކުޅޭތި ހަޖަމުކުރާ ނިޒާމުގަ މައްސަލަ އުޅޭތީ ކަމަށް ބެލެވެނީ
ތަންކޮޅެއް ބޮޑުވަރު. ތިވަރު ކުރިއިރު ކޮބާ ރަށުފުލުހުން. ތިޔަކަމެއް ކުރިމީހުންގެ މައްސަލަ ބަލާ، އެކަމެއްކުރި ބައެއްގެ އަތުން ގެއްލުމުގެ ޚަރަދުނެގެން ޖެހޭ. އޯގާތެރިކަން ދޭން ނުޖެހޭ މީހުންނަށް އޯގާތެރިކަން ދިނުމުގެ ނަތީޖާ؟
ތިޔައީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކާ ބައެއް
ސަރުކާރުން ރައްޔިތުންނަށް ކުރާ ޖެއްސުމުގެ ނަތީޖާ މިފެންނަނީ. އެ މީހުން ކުޅެން ދަނޑަށް ދިޔައިރުވެސް ފުލެޓްތައް ނުހައްގުން ބަހާލި މައްސަލައިގެ ލޭމައްޗަށް ގޮސް އުދާސްތައް ވަރަށް ބޮޑުވެފައި އޮތީ. ލޭމައްޗަށް ގޮސް ތިބީމާ ބޭއިޚްތިޔާރުން ހަމައިން ނެއްޓިގެން މިކަހަލަ ކަމެއް ވުމާ ގާތީ.
ވަކި މޮޅުތަކެއް ވާނެ ކަމަށްތަ ދަނޑު ހަލާކު ތިކުރީ... ދެން ތިބޭ ފުޓު ނުކުޅެ
ތީ އަތޮޅު ގެއަށް.މަސްތައް ވެސް އެޅި މީހުން ދޯ؟
ޔޭސް، މިހާރު ޤަބޫލުކޮށްފިން ފްލެޓްތަށް ދިންއިރު %90 އެމް.ޑީ.ޕީ މީހުންނަށް ލިބުނުވާހަކަ ބުނީމަ ތިރަށުގެ ހަޤީގަތުގަވެސް %90 މީހުން ނަކީ މިއުޅޭ ދެއުޅި އެއްނުވާ އެމް.ޑީ.ޕީ މީހުންކަން. ދެން ނޭގެ ހަލާކުވި ތަންކޮޅު ހެދޭނެ ކަމެއްވެސް ނޫނޭ އިންޑިއާގެ ހިލޭ އެހީގަ މަރާމާތު ކޮށްދޭނެ ދޯ. ހަލާކު ކޮށްލަން ދަނޑެއްވެސް ރޔ ހަދާދެއްވިދޯ މިރަށަށް ވެސް.
ފުލުން ތިއްބަކޮއްލި ވަރުތަ އެއީ... ސުބުހާނައްﷲ.. އަދި ނެތްނަމަ ކިހާ ވަރެއްވީސްބާ؟