މިސްރުގެ ފުރަތަމަ އަދި ހަމައެކަނި ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީ އިއްޔެ ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނެއް ހިތާމަފާޅުކުރަމުން ދާއިރު އެހިތާމައިގައި މިހާތަނަށް ބައިވެރިވި ހަމައެކަނި ރާއްޖޭގެ ރައީސް އަކީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ "ތޫރާ ޖަލު" ގައި ހަދާފައި ހުންނަ ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް މުރުސީ ކުއްލިއަކަށް ވެއްޓިވަޑައިގެންނެވުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މުރުސީ އަވަހާރަވީ ހޮސްޕިޓަލްގައި ކަމަށް މިސްރު ސަރުކާރުން ބުނެއެވެ.
މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުރުސީ އަވަހާރަވީ މިސްރުގެ ގަޑިން އިއްޔެ ހަވީރު 16:50 ގައި ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން ރޭ 19:50 އެވެ.
މުރުސީ އަވަަހާރަވުމާއި ގުޅިގެން ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުރުސީ އަށް ސުވަރުގެ ލިބުމަށް އެދިވަޑައިގަންނަވާ ކަމަށާއި މުރުސީ އަވަހާރަވުމުން އެމަނިކުފާނަށް ވަރަށް ބޮޑު ހިތާމަފުޅެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ރައީސް ވަހީދު ވަނީ މުރުސީގެ އާއިލާއަށާއި މިސްރުގެ ރައްޔިތުންނަށް ހަމްދަރުދީ ރައްދުކުރައްވާފައެވެ.
May Allah grant Janna to Egypt’s First and only democratically elected President HE Dr. Muhammad Morsi. I’m saddened by his death. My sympathies to his family and the Egyptian people. pic.twitter.com/78XcujAahN
— Mohamed Waheed (@DrWaheedH) June 18, 2019
މުރުސީ އަވަހާރަވުމާއި ގުޅިގެން މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އާއްމުކޮށް ޓްވީޓް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް މުރުސީ އަވަހާރަވުމާއި ގުޅިގެން މިހާތަނަށް ޓްވީޓެއް ކުރައްވާފައެއް ނުވެއެވެ. ޓްވިޓާ ބޭނުން ނުކުރައްވާ ރާއްޖޭގެ ހަމައެކަނި ރައީސް ކަމަށްވާ ޔާމީން ވެސް މުރުސީ އަވަހާރަވުމާއި ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މުރުސީ އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅު ކުރެއްވީ ދުނިޔޭގެ މަދު ލީޑަރުންތަކެކެވެ. އެއީ މުރުސީ އަކީ ހުޅަނގުގެ ގައުމުތަކުން ވަރަށް ނުރުހޭ ބޭފުޅަކަށް ވާތީއެވެ.
اللهم ارزقني ولمرسي الجنة
މިތާ ވެރިކަން ކުރަނީ ކާފަރުންގެ އެޖެންޓުންނާއި ޕަޕެޓުން.. އެހެންވީމަ އެވެރިން ބިރުގަންނާނެ ކާފަރުން ނުރުހޭގޮތަކަށް އަމަލުކުރަން..
ޑރ. ވަހީދަކީ ރާއްޖެއައް ހެޔޮއެދޭ ވެރިއެއް.
ނަސީދަށް ވުރެ ޑރ.ވަހީދު މާ އޯގާތެރި. ޑރ.ވަހީދަކީ އަސްލު ހިތްތަކުގެ ރައީސް. ދެން އުޅެނީ ދެއްކެން އުޅޭ ރައީސެއް. އެއީ އަންނި ނަސީދު.
ވަހީދު ކިޔާމީހަކު ރައިސްކަން ކުރި ރާއްޖޭގަ؟
އެއްވެސް ފަރާތަކުން ހިތާމަ ފާޅުކުރިޔަސް އަދި ނުކުރިކަމުގައި ވީ ނަމަވެސް ﷲ ހަޒުރަތުގައި އެމީހަކަށް ހުރި ދަރުމައެއް އުންޏެއްނުވާނެ. ދުޢާއީ އެމަނިކުފާނަށް ސުވަރުގޭގެ އެންމެމަތީ ދަރަޖަ މިންވަރުކުރެއްވުން. އާމީން
ދިވެހި ރާއްޖޭގެ މި ނުބައި އަނިޔާވެރި ސަރުކާރަށް ތިކަމުގަ އެއްޗެއް ބުނާކަށް ނުކެރޭނެ.. އެއީ ޔަހޫދީ އިޒުރޭލާ، އެމެރިކާ، އަދި ގެރި އިންޑިޔާގެ ދަޅަޔަށް ބިރުން، އެމީހުންގެ ވައި ކަޓާފާނެތީ ގަންނަ ބިރެއްގެ ސަބަބުން. މިސަރުކާރަކީ މިބުނާ ބައިގަނޑުގެ އަޅުވެތިވެފަ ތިބި އަމިއްލަ ފަސްގަނޑަށް ގައްދާރުވަމުން އަންނަ އަނިޔާވެރި ސަރުކާރަކަށް ވީމަ..
މުނާފިޤުންނާއި ޙަސަދަވެރިން ފައުޅުވާނެ މިކަހަލަ ދަނޑިވަޅުތަކުގައި.
މާތް ﷲ މުޙައްމަދު މުރްސީގެ ފުރާނަފުޅަ ހެޔޮ ރަޙްމަތްލައްވާ ޝަހީދެއްގެ މަތިވެރި ދަރަޖަދެއްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާނދޭވެ. އާމީން.
މީހަކު ހިތާމަ ކުރިޔަސް ނުކުރިޔަސް އަހަރެމެން މުސްލިމުން ވަނީ ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި މަސައްކަތް ކުރެއްވެ އިސްލާމީ ލީޑަރު މުރުސީގެ ހިތާމާގައި ބައިވެރިވެފައި.
ރައީސް ޑޮކްޓަރ ވަހީދު ވަރެއް ނެތް... އެހެންވެ މިހާރު ރައީސަކަށް ހުރި ގޮލާއަށް ކަޅު ކާޅު އިބުރޭގެ ލަގަބު ދޭން ފެނޭ !!!
ނަތަންޏާހޫ މިސަރުކާރު ދެރަވާނެ...
ރައީސް ވަޙިދަކީ ޤައުމީ އަބްތޯލެއް.
އިންޑިޔާއިން ގެރިއެއް މަރުވިޔަސް މޯޑީ އަށް ތައުޒިޔާ ކިޔާމެ ބައެއް ވެރިން
ވަޙީދު އެއީ މުރުސީއަށް ވަރަށް މަލާމާތްކުރި މީހެއް... ގަދަކަމުން ވަޙިދު ހޯދިކަހަލަ ވެރިކަމެއް. ފައްތާޙް ސީސީ ވެސް ހޯއްދެވީ.. އޭރު މީ ވަޙިދު ނިކަން ހީފަ މުރުސީއަށް ފާޑު ކީތަނެއް ފެނުނ.. އެހެންވެ ކަންނޭގެ މި ހިތާމަކުރަނީ.. އޯކޭ ތީތިވެސް.
މުރްސީއަކީ ހިތްވަރުގަދަކަމުގެ ނަމޫނާއެއް..
ވަހީދު ނޫން އެހެންމީހަކު މުރުސީއާއެކު ފޮޓޯނަގާފައެއްނުވޭ. ވަހީދު ތައުޒިޔާފޮނުވީ އެހެންވެގެން.
ތީ ވެރިންނަކީ