އާސާރީގެ ގޮތުގައި ދެ މިސްކިތެއް ތަރައްގީ ކުރަން ޕްރޮޕޯސަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ހެރިޓޭޖް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ ގދ. ވާދޫ މިސްކިތަކާއި ބ. ކުޑަރިކިލުގެ މިސްކިތު ޕްރޮޕޯސަލް ތައްޔާރުކޮށް މިހާރު ހުރި ކުރެހެން ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށެވެ.
އެ މިނިސްޓްރީން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހެރިޓޭޖަށް ނުވަތަ ވާދޫ އާއި ކުޑަރިކިލު ކައުންސިލަށް ބުރާސްފަތި ދުވަހުގެ ކުރިން ހުށަހެޅުމަށެވެ.
މި އިއުލާނުގެ އިތުރުން ވެސް މާލޭގެ ދާރުލް އުލޫމް އިމާރާތުގެ އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ވެސް އިއުލާން ކޮށްފައިވެއެވެ. މި މަސައްކަތައް ވެސް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.
ލޫކަސް ޖަލީލެކޭ ކިޔާ ކަލޭގެ އަށް ވަޒީފާގެ އިތުރުން ދިން ދެވަނަ ހަދިޔާ އުތަ؟ ބޮޑު އުނދަގުލެއްނު، ވެރިކަމުން ފެއްސެން އުޅޭ.
ވަރަށް ބޮޑު އޮޅުމެއް ލޫކަސް ޖަލީލެއްނޫން ވެރިކަން ކުރަނީ ވެރި ކަން ކުރަނީ އިބުރާހިމް މުހަންމަދު ސޯލިހް