ރިޔާސީ ޓިކެޓް އަށް ފެންބޮވައިގެންފައި ތިބި އިދިކޮޅު ލީޑަރުންނަކީ ގާނޫނީ ޝަރުތު ހަމަވާ ބައެއް ނޫން ކަމަށާއި އިދިކޮޅުގައި އޮތީ ބައިބައި ވުމާއި ކޯޅުން ކަމަށް ޕީޕީއެމް ގެ ނައިބު ރައިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބުދް ރަހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު އިދިކޮޅު ފަރާތް ތަކުގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން " ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ ރަހީމް ވިދާޅުވީ އިދިކޮޅު އޮތީ ވަރަށް ބޮޑަށް ރޫޅި ބައިބައިވެފައި އެބޭފުޅުންގެ ވަކި މިސްރާބެއް ވަކި ލީޑަރެއް ނެތް ކަމަށެވެ.
"އިދިކޮޅު އެއްވެސް ޕާޓީއެއްގައި މިވަގުތު ލީޑަރެއް ނެތް. އިދިކޮޅު އެމްޑީޕީގެ އަދި ޖޭޕީ , އަދާލަތު ޕާޓީގަވެސް ލީޑަރެއް ނެތް. އިދިކޮޅުގައި އިސްކޮށް ތިއްބެއްވި ބޭފުޅުންގެ ތެރޭގައިވެސް މިވަގުތު ވަނީ ބައިބައިވުން އުފެދިފައި, ރިޔާސީ ޓިކެޓާ މެދު އެބޭފުޅުންގެ ތެރޭގައި ދަނީ ކޯޅުން ބޮޑުވަމުން " އަދުރޭ ވިދާޅުވިއެވެ.
އަބްދުﷲ ރަހީމް ވިދާޅުވީ ރިޔާސީ ޓިކެޓް ބޭނުން ނުވާ ހަމަ އެކަކުވެސް އިދިކޮޅުގައި ނެތް ކަމަށާއި , އިދިކޮޅުން ނެރޭން އުޅޭ ކެންޑިޑޭޓުން އަކީ އިންތިހާބުގެ ގާނޫނީ ޝަރުތު ހަމަވާ ބައެއް ނޫން ކަމަށެވެ.
ހަމަ މިއާއެކު އިދިކޮޅުގައި އުފެދިފައިވާ ކޯޅުމާއި ގުޅޭގޮތުން " ވަގުތު " އިން ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެންގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި މިހާރު ވަނީ ކޯޅުންތަށް އުފެދެން ފަށާފައި ކަމަށާއި އެކަކު ދައްކާ ވާހަކަ އަކާއި އަނެކަކު ދައްކާ ވާހަކަ ދިމާ ނުވާކަމަށެވެ.
" އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިއްޖެ. އެއީ ޑީއާރުޕީ ފެކްޝަން އާއި ނަޝީދު ފެކްޝަން. ރިޔާސީ ޓިކެޓް ހޯދުމަށް މި ދެފެކްޝަން އިންވެސް ދަނީ މައްސަކަތް ކުރަމުން" ހަލީލް ވިދާޅު ވިއެވެ.
މަގުމަތިން ސަރުކާރު ވައްޓާލަން ކުރި މައްސަކަތް ފެއިލްވެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އަލުން މަޝްވަރާތައް ފަށަން އެމްޑީޕީ އިން ވިސްނަމުންދާކަން އަނެއްކާވެސް ވަނީ ހާމަކޮށްފައެވެ. މަޝްވަރާތައް އަލުން ފަށާނެ ދުވަހެއް އަދި ހާމަނުކުރެއެވެ.
ރިޔާސީ އިންތިޚާބު ގާތްވަމުން އަންނައިރު، ޕީޕީ ކުދިން، އިދިކޮޅާ ދޭތެރޭ މާބޮޑަށް ކަންބޮޑުވަންޏާ، ޕީޕީ ކުދިންނަށްވެސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެކަމަށް ވިސްނައިގެން މަސައްކަތްކުރުން މުހިންމު..
އަދުރޭ އެކަނިހުރީ ސަރުތުހަމަވާ މިރާއްޖޭގަ ލިޔަންކިޔަންދަންނަމީހުންކަމަކުނުދޭ
ޝަރުތެއް ހަމައެއް ނުވާނެދޯ އިދިކޮޅު ހުރިހާ ލީޑަރުންނަށް ނުހައްގުން ދައުވާކޮށް ކޯޓްތަކަށް ނުފޫޒު ފޯރުވައިގެން ހަމައާއި އިންސަފުން ބޭރުން ޝަރީއަތް ހިންގައިގެން ޖަލައްލީމަކާ.
ޔާމީނުވެސް ޝަރުތު ހަމައެއް ނުވޭ.ޔާމީނުވަނީ ދައުލަތަށާއި ރައްޔިތުންނަށް ހިޔާނާތްތެރިވެފަ. ރައްޔިތުންގެ ފައިސާ. ހަލާލު ނުން ފައިސާ ގެއަށް ފޮށިފޮށީގައި ވައްދައިގެން ބޭނުންކޮށްފައި