ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ، އަދީބު 15 ދުވަހަށް ޖަލު ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށެވެ. އޭނާ ބަންދު ކުރަން އަމުރުކޮށްފައި ވަނީ، އޭނާ ފިލާފާނެ ކަމުގެ އިހްތިމާލް އޮތުމުންނާއި އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އެކަށީގެންވާ ހެކި ހުރުމުންނެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަކަމަށް ބުނެއެވެ.
ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކުރެއްވި އިރު، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުން، ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓަކުންނެވެ.
އަދީބު ހިފެހެއްޓުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އޭނާ އެދުނެވެ. އެޤައުމުން އަދީބަށް ހިމާޔަތް ދީފައެއް ނުވެއެވެ. އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތީވެސް ރާއްޖެއިން އޭނާއަށް ރައްކާތެރިކަން ނެތްކަމަށް ވިދާވެއެެވެ.
އިންޑިއާއިން އަދީބަށް ހިމާޔަތް ނުދިނުމުން އަދީބު ހައްޔަރުކޮށް ރާއްޖެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ރާއްޖެ ގެނެސްފަައި ވަނީ ސިފައިންގެ ކޯސްޓްގާޑް ޝިޕެއްގައެވެ. އޭނާ ރޭ ރާއްޖެ ގެެނެސް ފުލުހުންނަށް ބަޔާން ދިިނުމަށް ފުލުހުންގެ ހެޑް ކުއާޓާ ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ގެންދިޔައެވެ. އަދި ފުލުހުންނަށް ބަޔާން ދިނުމަށްފަހު ކްރިމިނަލް ކޯޓަށް ގެންދިޔައީ، ބަންދުގައި ބެހެއްޓުމަށެވެ.
ނަމަވެސް އޭނާ ހައްޔަރު ކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ކަމަށް ދައުލަތުންވެސް އެއްބަސްވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ރޭ ވަނީ އޭނާ މިނިވަން ކޮށްފައެވެ. ނަމަވެސް މިއަދު ހެނދުނު އަނެއްކާ އަދީބު ހައްޔަރުކުރިއެވެ.
އަދީބުގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން މާދަމާއަށް ތާވަލްވެސްކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓުގައި މާދަމާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޅ.އަތޮޅު މާބިން ހުރާގެ މައްސަލައިގައި އަދީބު މިނިވަން ކުރަން ހައިކޯޓުން ޙުކުމް ކުރުމުން ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެވެ.
ތިޔަ އަދީބެއް މާވަހަކަށްވުރެވެސް އަގު ބޮޑު ވެއްޖެތާ
ގަދަކަމުން ހެކިން ހޯދަނީ ދޯ..ސޯފޭކް
ތިޔައީ ހުދަނބަރެއް
ފަނޑިޔާރުންނަށް ބިރު ދައްކައިގެން ހިިންގާ ޖަރީމާތައް ތީ. ތިހުރިިހާ އެންމެން ޖަލަށް ލާ ދުވަސް އަންނާނެ. މީހަކު ޖަހައިގަނެ، ވަގަށް ނަގައި ރަހީނު ކޮށްފަ ތިހެނެއް ނުތިބެވޭނެ. ދަންނާތި އެކަން.
ދޫނިދޫން އަދީބަށް ހިމާޔަތާ ރައްކާތެރިކަން ލިބޭނެ. އެތާގައި ހުއްޓާ ބަޔަކަށް ހަމަ ލާހިކެއްނޫން އަދީބަށް އަނިޔާއެއް ކުރާކަން.
ސަރުކާރުގެ ގޭމް ފަޅާއަރުވާލީމަ ސަރުކާރުން އަހުވަ ދައްކާނެ. އޯގާތެރި ސަރުކާރެއް
މުޅިން ޑްރާމާ.