ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އާއިލާގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ފިލިޕީންސްގެ، ދަ ފިލިޕީންސް އޯވަރސީސް އެމްޕްލޯއިމެންޓް އޮތޯރިޓީ (ޕީއޯއީއޭ) އިން ބްލެކްލިސްޓްކޮށްފިއެވެ.
ފިލިޕީންސްގެ ނޫހެއް ކަމުގައިވާ ދަ މެނީލާ ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުގައި "ރެކްރޫޓްމެންޓް" އުސޫލުތަކާއި ހިލާފުވެފައިވެފައިވާތީ ޔޮޓް ޓުއާސް ކުންފުނި ބްލެކްލިސްޓް ކުރީ އެހެން ގައުމުތަކުގައި ވަޒީފާ އަދާކުރުމަށް ދާ ފިލިޕީންސް ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ.
ޔޮޓް ޓުއާސްގެ އިތުރުން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ ދުނިޔޭގެ 23 ކުންފުންޏެއް އެ އެތޯރިޓީން ވަނީ ބްލެކްލިސްޓް ކޮށްފައެވެ.
މީގެ އިތުރުން ދަ ފިލިޕީންސް އޯވަރސީސް އެމްޕްލޯއިމެންޓް އޮތޯރިޓީ (ޕީއޯއީއޭ) އިން ގައުމަށް ނިސްބަތްވާ 18 ކުންފުންނި ވެސް ބްލެކް ލިސްޓް ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.
ފިލިޕީންސް އިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ޖުމުލަ 23 ކުންފުންޏެއް ބްލެކް ލިސްޓު ކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނޭ، ރާއްޖެއަށް ނިސްބަތްވާ ހަމަ އެކަނި ކުންފުންޏަކީ ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
މިއީ އެހެން ގައުމެއްގައި ބްލެކް ލިސްޓް ކުރި ރާއްޖޭގެ ފުރަތަމަ ކުންފުނި ކަމަށް ވެއެވެ.
ޔޮޓް ޓްއާސް ބްލެކް ލިސްޓް ކުރި މައްސަލައިގެ ތަފްސީލެއް ނުލިބެއެވެ.
ޔޮޓް ޓްއާސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު ކުންފުންޏެކެވެ. އެކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުން ގެންދެއެވެ.
ހޮޑައިދު ކަތީބުގެ ނަން ދެން ބަދަލެއްނުވާނެ.
ތިކަމާ އުފާ ކުރަން ތި ބަޔަކާ ހެދިނ މިހާރު ދިވެހިނައް ވެސް މިުޅެނީ ރިސޯޓް ތަކުން ފަޒީފާ ނުލިބިގެން
ފިލިޕީންސް މީހުންގެ އުނދަގުލާހެދި ރިސޯޓެއްގެ މެދު ފަންތީން މަތީގެ ވަޒީފާއެއް ދިވެއްސަކަށް ލިބުން ވަރަށް ދަތިެއްޖެ. އަދި އާދައިގެ ވަޒީފާތަކުގަ އުޅޭ ދިވެހިންނަށް އެހާމެ ދުއްޕާން ކުރޭ. އުޅުމާ އަޚްލާގު ވަރަށް ދަށް އެހާމެ ބޮޑާ ބަޔެއް އެއީ. މީގެ އިތުރަށް މާލޭ ސަރަހައްދުގަ ހަށި ވިއްކުމުގެ ވިޔާފާރި ވަރަށް ފުޅާކޮށް ކުރާކަމަށްވޭ..!
ވަރަށް އަވަހަށް ކޭބަލް ކާރުން ފިލިޕިންސްއާ ހޮނޑައިދޫ ގުޅާލާނެ ތިވީގޮތުން. ޖާބިރު ބޮލަށް ބޭސް ކުރަން އާސަންދަ ދިނުމަށް މިސަރުކާރަށް ގޮވާލަން. ނޫނީ ސީދައިތައިގެ ގެއްލޭ ބެޑްޝީޓް އަޅުވާފަ މީނަ ގެއްލުވާލަން ފެނޭ.