އިންޓަނޭޓް އަގުހެޔޮ ކުރުމުގެ މަޝްވަރާ ނިމުނުތާ ދެ މަސް ވެއްޖެކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހު މިހެން ވިދާޅުވީ ޔުނިވާސިޓީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އިންޓަނެޓަށް ހޭދަކުރަންޖެހޭ އަގު ބޮޑުވުމާ ގުޅިގެން އިންޓަނެޓުގެ އަގު ހެޔޮކޮށްދެއްވުމަށް ޓްވިޓާ މެދުވެރިކޮށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަތުމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.
މިނިސްޓަރު މަލީހް ވިދާޅުވީ، ދަރިވަރުންނަށް އަތްފޯރާ ފަށުގައި ނެޓް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އަގު ހެޔޮ ކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެ، ސަރުކާރުން އަދިވެސް ރަނގަޅުކުރެވޭތީ ކުރާ މަސައްކަތް މިހާރު ކުރިއަށް ދަނީ. އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ". މިނިސްޓަރ ވިދާޅުވިއެެެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގައި ޕޮލިސީ ކަނޑައަޅަން ހުރީ މިނިސްޓަރ މަލީހް ޖަމާލު ނޫންތޯ މީހަކު ކުރި ސުވާލަށް ޖަވާބުދެމުން މިނިސްޓަރ ވިދާޅުވީ،ސަރުކާރުގެ ބައެއް ޕޮލިސީ ތަކަކީ ހަމައެކަނި އެންމެ ވަޒީރަކު ނިންމާ ކަންތައްތަކެއް ނޫން ކަމަށާއި، ނެޓް އަގުހެޔޮ ކުރަން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.
އިންޓަރނެޓްގެ ޚިދުމަތް ޢާންމުމީހާ ގެ އަތްފޯރާ ފަށަށް ގެނައުމަށް ދުނިޔޭގެ މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކަށް ރާއްޖޭގައި ޚިދުމަތް ދިނުމަށް ފުރުސަތު ހުޅުވާލަންޖެހޭކަމަށް ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ (އަބުޅޯ) ކުރި ޓްވީޓަކަށް ޖަވާބުދެމުން މިނިސްޓާރ މަލީހް ވިދާޅުވީ،ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމަކީ ދުރުރާސްތާގެ އަގު ކޮމްޕެޓިޓިވް ކުރެވިދާނެގޮތެއް ކަމަށެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.
މިހާރު އިންޓަނެޓް އަގުހެޔޮކަމުން ލާރިއަކަށް ދެއޮށް ކަދުރު ލިބޭ ރޭޓުން ލިބެއެވެ. ވީމާ އިތުރަށް އަގުހެޔޮކުރެވޭކަށްވެސް ނެތެވެ. ވީމާ ދެން ވަޢުދު ފުއްދުނީކަމަށް ބަލާފައި އަގުބޮޑުކޮށްލާށެވެ.
މިހާރު އަހަރެމެން ބޭނުން ކުރަނީ އަގުހެޔޮ އިންޓަނެޓު.
މަޝްވަރާކުރުން ފިޔަވައި ކުރެވޭ ކަމެެއްއެބަ އޮތްތަ ދިހަމަސްދުވަސްވީ ހަމަ ރައްޔިތުންގެ ބޮލަށް ޗިޕް ޖެެހުމުގަ ވާބެ ވަރުގެ ކަން ތަކުގެ ވާހަކަދައްކަބަލަ
މީތި އެންމެ މޮޅި މިހުންނަ ރަނގަޅު ބާރުގަދަ ސްޕީޑެއް ގައި އެއްޗެތި ލޯޑުކޮށްލެވޭތީތާ . ޚާއްޞަކޮށް ޖާއްޖެރެރެއަށް. މީތި އެންމެ ރީތި ސިފައެއް ފެންނަނީ ލާރިނެތް މީހާ މީތި ބޭނުން ނުކުރާތި ބުނާތީ. ލީޑަށް ޖައްސާފައި ކެޔޮޅުކަމުގޮއްސައި ގެއަށް އައިސް ބަލާލީ އިރު އަދި 3 ގަޑިއިރު ކަމަށް ދައްކާނީ ހެހެހ.
މިނިސްޓަރު އެ ވިދާޅުވީ ތެދުފުޅަކަށްވެސް ވެދާނެ. އިންޓަނެޓް ކިޔާ މޭވާ އަޅާ ގަހެއް ފުވައްމުލަކުން ގެނެސް އިންދިތާ އަދި އެވީ ދެމަސް. ދެން މާކަށް ގިނަ ދުވަހެއް ނުވެ މިކިޔާ އިންޓަނެޓް މޭވާ އަޅާފާނެ. އޭރުން ވަކި ލާރިން ކިލޯބައިޓެއް ލޯކަލް މާރުކޭޓުން ލިބޭނެ. ދަރިންނޭ އަދިވެސް ވިސްނޭކަށް ނުވޭތަ.
ޢޭރުވެސް ފެލީ ރައްޔިތުން މިހާރުވެސް ހަމަ ފެލަނީ
އެހެންތަ؟ އެހެންވެ ދޯ އިންޓަނެޓް މިހާ އަގުހެޔޮވެގެން މިއުޅެނީ. މިހާ އަގުހެޔޮވި ގޮތެއް ނޭނގިފައޭ މަމިހުރީ
އިންޱަނެޱުވެސް އަގުހެޔޮކުރެވޭނީ ރައީސް ޔާމީނައް މިސަރުކާރަކައްނުވާނެ މިއީވަރައް ވަޅޯ ސަރުކާރެއް މިހާރު ސަހަރޯހީވެއްޖެ!