ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 51،612 ފުޅި ބަނގުރާ ނައްތާލައިފިއެވެ.

ކަސްޓަމްސް އިން މި ބަނގުރާ ފުޅުތައް ނައްތާލާފައިވަނީ މިދިޔަ ހޯމަ ދުވަހު ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ކަސްޓަމްސް އިން ބަނގުރާ ފުޅީގެ އިތުރުން، 782 ބަނގުރާ ޕެކެޓް އަދި ތިން ދަޅު ވެސް ވަނީ ނައްތާލާފައެވެ. މިއީ މުޅިއަކު 22،246.14 ލީޓަރު ބަނގުރާއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާއާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި އެފަރާތުން ނައްތާލުމުގައި އަމަލު ކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.