މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ އަގުތައް ސަރުކާރުން ކޮންޓްރޯލް ކޮށްފިއެވެ.
މި ބަދަލާއިއެކު މާދަމައިން ފެށިގެން މުދާ ހުސްކުރެވޭނީ ކޮންޓްރޯލްކޮށްފައިވާ އަގުތަކުގައެވެ.
މުދާ ގަންނަ ފަރާތްތަކާއި، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މި ބަދަލު ގެނައިކަން އިއުލާނުކުރީ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި، އަދި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި، ބެލެނިވެރިން އަދި ޢާންމު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މާލޭގައި މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެންނެވި ބަދަލާއި ގުޅިގެން، މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާގޮތަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާތީ، ޢާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކާއި ވިޔަފާރީގެ ޚިދުމަތް ދެއްވާ ފަރާތްތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއަށް ލިބިފައިވާ އިޙްތިޔާރުގެ ދަށުން މާދަމައިން ފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޙިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނެ ރޭޓުތައް ކަނޑައަޅާފައިވާ ކަމަށެވެ.
މާދަމައިން ފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޙިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނެ ރޭޓުތައް:
އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވާގޮތުގައި، އެ މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށް ޚިދުމަތުގެ އަގުތައް ނެގުމަކީ މަނާކަމެއް ކަމަށެވެ.
ގޭކުލިވެސް ކޮންޓްރޯލް ކުރަން ފެނޭ!
ތިކަމެއް ނުކުރާނެ ނުވެސް ކުރެވޭނެ
ސަޅި. ގަޓު ރަޢިސް
ތިގޮތައް މާލޭގެ ކުއްޔައްދޭ ތަންތަނުގެ ކުލި (ރެންޓް) ކޮންޓރޯލް ކޮއްބަލަ އަދިވެސް ވިހި ތިރީސް ހާސް ކުލިދައްކައިގެން އުޅޭ ނިކަމެތި މީހާއައް ލާރި ލިބެން އޮތް ކޮޅު ކޮންޓްރޯލް ކުރެވޭތޯ ދޯ ތިބަލަނީ އަގުތައް ކޮންޓްރޯލް ކުރަންޏާ ހުރިހާ ދިމާ އަކުން އެކަން ކޮއްބަލަ ކެރޭނެ ތަ ؟ މަލެ މީހުން ފަގީރު ވެދާނެތީ ނުކެރޭނެ
ހައުސިންގ ލޯނުގެ އިންޓަރެސްޓްވެސް ކޮންޓރޯލް ކުރަން ފެނޭ
ކިހިނެއް ގެތަކުގެ ކުލި ކުޑަކުރާނީ.... މާލޭ ބޭފުޅުން ގޮހޮރު ކުޑަވާގޮތަށް އެއްކަމެއްވެސް ނުވާނެ.. ލަނޑަޔާވާނީ ލަނޑަޔާ...
ސަރުކާރުގެތި ނިންމުމަށް މަރުހަބާކިޔަން، އެކަމަކު ތިޔަގޮތަށް ވިޔަފާރިވެރިންގެ ހައްގު ހައްގު ހިމާޔަތްކޮއްދިނުމުގެ ކުރިޔަށް އެބަޖެހޭ މާލޭގެ ގެދޮރުގެ ކުލި ކޮންޓްރޯން ކޮއްދޭން އެއީ އެތައް ރައްޔިތުންގެ ހައްގު ޢުންމީދު ކުރަން އެކަންވެސް ލަސްތަކެއްނުވެ ކުރާނެ ކަމަށް!
ޢަހަރުމެންގެ ގެދޮރު އަހަރުން ބޭނުން ކުއްޔެއް ކިޔާނީ. ކަލޭމެެންގެ ރަށަށް އަހަރުންވެސް ގޮސްތިބެނީ ކަލޭމެން ބުނިއަގެއްދީގެން. ޝަކުވަ ނުކުރޭ.
ހިތަަށް އެރިވަރެއް ކިޔައިގެން ތިބޭ. އަދި އެބަ އޮތް އެހެން ދުވަހެއް ވެސް. ތިހެން އަނގަފުޅާ ކުރަން ކެރޭނެތަ
މަސައްކަތް ނުކުރެވެންޏާ ގޭގަ ޢޮވޭ!! މަމެން ބަންގާޅީން ލައްވާ މަސައްކަތް ކޮނފާނަން
ޢަދި ތިކަންވެސްވާނެ ޓްވިޓަރެމެން ކުޅިބަލަންވެރިކަމާގެން ހޭބަލިވެބަލަ
މާލޭގެ ކުލި ކިހިނެން ކުޑަ ވާނީ ކުއްޔައް ހިފަން އަންނަ މީހުން އެކަކު ކިޔާ އަގައް ވުރެ ބޮޑު ކޮން ކިޔާނެ ބޭ ނުންވެފަ ހުންނަލެ ބޮޑު ކަމުން އެހެންވީމަ ބޮޑު ވަނީ ކުލި ކާކުގިނަ ފައިސާ ބޭނުން ނުވާނީ
މިހާރު ނޫހާއި ރަންރީނދޫ ޓްވިޓަރޭ މެންނާއި އަދި މަޖޫރީން ނާއި އެކު އަންޑަރގްރައުންޑް ޑީލް ހަދައިގެން އެމެންނަށް ބައިއަޅާ ގޮތަށް މަޖޫރީން ލައްވާ ތިން ގުނަ އަގުބޮޑު ކޮށް ގެން ކަޓް ކާން ވެގެން މިހާރު ނޫހުގައި ޕްރޮޕެގެންޑާ ފަތުރާ ސަރުކާރު ކޮޅުގެ އެއްވެސް ކޮމެންޓެއް ގެނެސް ނުދީ ހަމަ އެކަނި ރަންރީނދޫ ޓްވިޓަރޭ އެކަނި އެކި ނަންނަމުގައި އޭނާ ކުރާ ރަނޑު ކޮމެންޓްްސް ތައް އެކަނި ޕަބްލިޝް ކުރަމުން ދުވި ނަމަވެސް މަމެންނަށް އެކަން އިނގެއޭ ހެކްކޮށްގެން. ތަމެން ދެން ސީލަބަލަ ރަންރީނދޫ ޓްވިޓަރޭ. ސީލަ ބަލަ ދެން. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.
ރަންގަޅު!