ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނެއްގެ ފައި ކުޑަހުޅުން ބުރިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރ. ކޮށްޓަފަރު ބޭރުގައި އަނިޔާވި ޒުވާނާ ފީނަން އުޅެފައި މައްޗަށް އެރިވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ ރ.އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ "ނެލު" ގެ އިރުމަތީ ފަރާތު އުރަފަށް ކައިރީގައި ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގައިގައި، ދުއްވާފައިދިޔަ ޑިންގީ އަކުން ޖެހި ޒަހަމްވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 16:00 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަމަށާއި، އޭނާގެ އެއް ފައި ވަނީ ބުރިވެފައިވާ ކަމަށެވެ.

ފައި ބުރިވި މީހާއަށް މިހާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ، އިތުރު ފަރުވާ އަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއިން ބުނެފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. أحمد نوفل

    سبحان الله، ﷲ ތިބާއަށް ކެތްތެރިކަން ދެއްވާށި. އަދި އަވަސް ޝިފާ ދެއްވާށި. ތިޔަށްވުރެ މާ ހިތާމަވެރި ކަންކަން މިރާއްޖޭގައި ހިނގައިފި. މި ބިންމަތީގައި ފައިތިލަ ބީއްސެވި އެންމެ މާތް އިންސާނާގެ އަބުރުފުޅު ވެއްޔާމޮޑެލައިފި. އެސާހިބާ އީ އެސާހިބާހެ ޞަހާބީ ޚުބެއިބް ބިން އަލް އަންޞާރީ رضي الله عنه ޝަހީދުކޮށްލުމަށް މައްކާގެ މުޝްރިކުން އެކަލޭގެފާނު ޞަލިބަށް އަރުވާފަ ފުރާނަހުއްޓާ ގުނަވަންތައް ބުރިބުރިކޮށްލުމުގެ ކުރިން މުޝްރިކުން އެކަލޭގެފާނަށް މިފަދައިން ބުނި ޞަޙާބީ..އެ މުޝްރިކުން ބުނި."އޭ ޚުބެއިބް ކަލޭގެ ލޯބިވާ އާއިލާއާއި އަރާމުދިރިއުޅުމަށް ސަލާމާތްވެ ދެވޭނެގޮތަށް މުޙައްމަދު މި މަޤާމުގައި ވުން ކަލޭ ނޭދެމުހެއްޔެވެ؟" ޚުބެއިބު ޖަވާބުގައި ދެންނެވި އަހަރެން އަހަރެންގެ ލޯބިވާ އާއިލާއާއި ދަރިން ގެ ގާތަށް ދިއުމަށްވުރެ ރަސޫލް صلى الله عليه وسلم ހަށިކޮޅަށް ކައްޓެއްހެރުންވެސް އެއީ އަހަންނަށް މާބޮޑުކަމެކެވެ. އެކަލޭގެފާނު ދިރިހުއްޓާ ފަހަރަކު ގުނަވަނެއް ހަށިގަނޑުން ވަކިކޮށް ކޮށާލާ ޝަހީދުކޮށްލިއެވެ. رضي الله عنه.

    74
    1
  2. ރަށު ކުއްޖާ

    ވ.ދެރަ 😭. އަވަސް ޝިފާއަކަށް އެދެން انشالله

    64
  3. އިބްރާހިމް ވަހީދު

    އޭނާ އައް އަވަސް ސިފައެއް ލައްވާށި ޔާﷲ

    69
  4. މަލިކާ

    ފަރުވާކުޑަވީމަ ދިމާވާ ކަންތައްތައްﷲހަންދުމަ ކޮއެ ކަލާނގެއަރިހުން ވޭއްގައްއެދޭ

    7
    9