ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވަމުން ގެންދަވާ ގޮތުގައި ސަރުކާރު ޕެރަލައިޒްވެ، ބަޖެޓުގެ ކޮންޓްރޯލް ގެއްލި، ރައީސަކީ ރަމްޒީ މަގާމަކަށް ވެދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ޑްރާފްޓް ކުރައްވަން ނަޝީދު ނިންމެވުމުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
ޖަމީލް ވިދާޅުވީ ރައީސް އާއި މަޖިލީހުގެ ރައީސްއާ ދެމެދު އޮތް ކޯޅުމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ. ޚާއްޞަކޮށް، މަޖިލިސް ރައީސް ޚާރިޖީ ސިޔާސަތަށް ވަނުމުން ދެ ސަރުކާރެއް އުފެދުނީ ކަމަށެވެ.
"ރައީސް އާއި މަޖިލީހުގެ ރައީސްއާ ދެމެދު އޮތް ކޯޅުމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ. ޚާއްޞަކޮށް، މަޖިލިސް ރައީސް ޚާރިޖީ ސިޔާސަތަށް ވަނުމުން ދެ ސަރުކާރެއް އުފެދުނީ. މަޖިލިސް ރައީސްގެ ޢަމަލުތަކުން ސަރުކާރު ޕެރަލައިޒްވެ، ބަޖެޓުގެ ކޮންޓްރޯލް ގެއްލި، ރައީސަކީ ރަމްޒީ މަގާމަކަށް ވެދާނެ." ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް މަޖިލީހުގެ ކޮމެޓީތަކުން ޑްރާފްޓް ކުރާގޮތައް ހަމަޖެއްސުމުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ކަންބޮޑުވުން ފާޅުކުރައްވާފައި ވީނަމަވެސް މަޖިލީހުގެ ނިންމުމަށް ބަދަލު ނުގެނެސް ކޮމެޓީތަކުން ބިލްތައް ޑްރާފްޓް ކުރަން ނަޝީދު ވަނީ ނިންމަވާފައެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުުން މަޖިލީހަށް ބިލް ހުށަހެޅޭނެ ކަމަށް ޤަވައިދުގައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ. "ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިއީ ޤާނޫނު ހަދާ މަޖިލިސް ކަމާއި ޤާނޫނު ހެދުމުގެ އެންމެހާ މަސައްކަތްތައް މިމަޖިލީހަށް ކުރެވޭނެކަމާއި، ކުރަންޖެހޭނެކަމަށް ބުނެފައިވޭ." ނަޝީދު ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހަޅާ ބިލްތައް ކޮމެޓީތަކުން ޑްރާފްޓް ކުރާ ގޮތައް ހަމަޖައްސާ ބިލްތައް ޑްރާފްޓް ކުރުމުގައި ބަންޑާރަނައިބު އޮފީހުގެ ދައުރެއް ނޯންނަ ގޮތައް ހަމަޖެއްސުމުން ބަންޑާރަނައިބު ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތެވެ. ނަޒާޙަތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދޭނެއެވެ." ބަންޑާރަނައިބު ރިއްފަތުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނަޝީދު ހިތުން މިހާރުވެސް އޭނަޔަކީ ގައުމު ހިންގާ ބޮޑުވަޒީރު. ރައީސް މީހާއަކީ ހަމައެކަނި ރަމްޒީ ގޮތުން ހުންނަ މީހެއް.
މަސީހަށްވުރެ ނަސީދުގެ ނޮހޮރުއްޕާންކަން މަޖިލިސް މެމްބަރުންނަށް ބޮޑު.
ބޮނޑިބަތް
ބަރުލަމާނީގައި ރައީސް ވާނީ ރަމްޒީ، ވީމާ މިހާރު މިދަނީ އެމަގަށް!މަޖުލީހުން ބަރުލަމާނީ އަކަށް ބަދަލުކުރަން ބޭނުން އަދި ނުވަނީ! ކޮންމެ އެއްޗެއް ދިނަސް ކާން ޖުހޭ މިންވަރަށް ބާރުދިނީމާ ވާގޮތް މިފެންނަނީ! ޙަޖަމް ނުވަންޏާ ޖެހޭނީ ޖުއްލާބެއް ބޭނުން ކޮއްލަން!
މީހަކަށް ދެން ޚުދުމުޚުތާރު ވެވޭނީ ނަޝީދު އެ ވާވަރަށް. އޭނާ ކަންކަން ކުރަންވީމާ ގާނޫނެއް ގަވައިދެއް ނޯވޭ. މިއީ މިގައުމަށް ޖެހިފައިވާ ބޮޑު ބަލާވެރިކަމެއް. މި ބަލާވެރިކަމުން މިންޖުވާނީ މިކަލޭގެ ސައިޒަށް ތިރިކޮށްގެން.
ޖަމީލުބޭ އަކާއި ސަރުކާރަކާއި ނަޝީދަކާއި ދެން ކޮން ބެހޭކަމެއް. ޖަމީލުބެއަކީ ރައްޔިތުންގެ ސަޕޯޓެއް ރުހުމެއް ދައުލަތުގެ ވިއަސް ކަންފުޅެއްވެސްއޮތް މީކަކީމެއް ނޫންތާ! ދެން ބަލަ މަޝްހުުރުވާން ކަމަށް މަ މޮޅުހެދިގެން ތިޔަ ތަޅަނީ ކޮންފީކަޅާ އަނގައެއްތަ!
ރައްޔިތުންގެ ރުންހުން އޮތްކަން 2023 ގައި ކަލެއަށް ދައްކާލާނަން
މިހާރު ސަރުކާރު ހިންގަނީ މަޖިލީހުންބާ، ނުވަތަ ރައީސުލްޖުމްހޫރިއްޔާބާ؟ މިއުޅެނީ ކޮންމެ ކަމެއް މަޖިލީސް ރައީސަށް ހުށަހަޅައިގެން ކޮންކަމެއް ދައްކަންބާ؟ އިބްރާހީމް މުޙައްމަދު ޞާލިހަށް ފިޔަވަޅެއް އަޅާނެ ފުރުސަތުވެސް ނުދީ ނަޝީދު ބޭނުންވަނީ އޭނާގެ ބާރު ދައްކަން. މިހަން އަހަރެމެން ބަލައެއް ނުގަންނާނަން. ހަމަ އެކަނި އޮތް ގޮތަކީ ޔާމީނާ ބައިއަތު ހިފައިގެން ރައީސް ޞާލިޙުގެ ވެރިކަން ދިފާޢުކުރުން ކަމަށް ވާނަމަ އެކަމަށްވެސް އަހަރެމެން ޞާލިޙު ސަޕޯޓަރުން މިތިބީ ތައްޔާރަށް. ނަޝީދުގެ އުނދަގުލުން މި ވެރިކަން ސަލާމަތްކުރާން އެބަޖެހޭ. ޔާﷲ. ނަޝީދުގެ އުނދަގުލުން މިގައުމު ސަލާމަތްކޮށްދެއްވާންދޭވެ!. އާމީން
މަނިކުފާނުވެސް ތިހެން ޓްވީޓްކުރައްވަންނުހުންނަވައި ޒިއްމާދާރުކަމާއިއެކު މިކަންތައްތައް ހަމަމަގައްއަޅުވަންމަސައްކަތް ކުރެއްވުންކީއްތޯ މީ މަނިކުފާނުވެސްއިސްވެ ހުރެ ގެނައިސަރުކާރެއްނޫންތޯ އެހެންވީމާ މިޤައުމު މިޙާލަތައްދިއުމުގެޒިންމާ އަމިއްލަފުޅައްވެސްނަގަންއެބަޖެހޭނޫންތޯ
މަޖިލީހުގެ ރައީސަކަށް އައިސް އެހުރީވެސް ކޮންފަދަ ނުބައި މަކަރާ ހީލަތަކުން
މަސީހު ހުރީ ސަލާމަތުގެ އައްސޭރީގައި ނުފެންތާކިހާ އަޅައިގެން..ފޯއްމުލައް ނައިބްރައީސްގެ ތިމާގެ ބޭފުޅަޖައްވާތީ މީދެން ތަންކޮޅެއް ބޮޑުވަރު..