އިބްރާހީމް މުހައްމަދު ޞާލިޙު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޝުކުރު ދަންނަވަން ވަޑައިގަތީ އެމްޑީއެންގެ އޮފީހަށް, ޝަހިންދާ އިސްމާއީލް ކައިރިއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު، ޓޮމް ވިދާޅުވީ 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގަތީ އެމްޑީއެންގެ އޮފީހަށް، ޝަހިންދާ އިސްމާޢީލް ކައިރިއަށް ކަމަށާއި، ރައީސް ވަޑައިގަތީ އެ މީހުންނަށް ޝުކުރު އަދާ ކުރަން ކަމަށެވެ.
ޓޮމްގެ ޓުވީޓުގައި ވިދާޅުވީ ޝެއިޙު އިމްރާން އަބްދުﷲ ވެސް 2016 ވަނަ އަހަރު އެމްޑީއެންގެ އެހީގައި "ދޮން މީހުން" ގެ އެހީ ހޯއްދަވާފައި ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ބޭއްވި 'މޭޑޭ' މުޒާހަރާ ތެރޭގައި ޝެއިޙު އިމްރާން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޓެރަރިޒަމްގެ ދަޢުވާ ކުރެވި، އެ މައްސަލައިގައި 12 އަހަރުގެ ޖަލު ޙުކުމެއް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އޭރު އިއްވަވާފައެވެ.
ޓޮމް ވަނީ ޝެއިޙު އިމްރާން ޖަލަށް ލެވުމާއި ގުޅިގެން އެ މައްސަލައިގައި އިމްރާން ހައްޔަރު ކުރެވުނު ގޮތާއި، ބަންދުގައި ބެހެއްޓުނު ގޮތާއި، ކުރެވުނު ޝަރީޢަތާއި، އަދި އިއްވާފައިވާ ޙުކުމްވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދުނިޔޭގެ އިންސާނީ ހައްގުތަކާބެހޭ މުޢާހަދާ ތަކާއި ޙިލާފު ކަމަށް ބަޔާންކޮށް، އެމްޑީއެން ފަރާތުން އެ މައްސަލަ އދ. ގެ ވޯކިންގ ގުރޫޕަށް ހުށަހަޅައި އެ ޖަމިއްޔާ އިން ކޮށްފައިވާ ޓުވީޓެއްގެ ފޮޓޯ އެއް ޙިއްސާ ކޮށްފައެވެ.
ޕީޕީއެމް ޓިކެޓުގައި މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރު ޓޮމް ވިދާޅުވީ އެމްޑީއެން އަށް ފިޔަވަޅު އަޅަން ވީމަ ދެން "ހަކުރު" ގިނަވާ ކަމަށެވެ.
ސާބަހޭ ތިޔައީ ދިވެހި ދަރިއެއް.
❤️❤️❤️❤️❤️❤️❤️❤️
ކާކު؟
އަހަރެމެންގެ ޓޮމް. ފ
އެމްޑީ އެމް އުވާލާކަ އް ސޯލިހަކަ އް ނުކެރޭނެ އެހާގަޓެ އްނެތް އެހެރީ ނަގޫފިތިފަ!
ވިސްނާލާ މިސަރުކާރު ހިންގަންތިބި މީހުމްގެ ކެހިވެރި ރޭވުން...
ފުރަތަމަ ރާޅު މިޤައުމުގެ ގޮޑުދޮށަށް ބީއްސާލީ ހަޖޫޖެހުމުން ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.
ދެވަނަ ރާޅު ނަގާބޯމަތިކޮށްފައި ވަނީ ބައިނަލް އަގުވާމީ އެލްޖީބީޓީ ކަހަލަ ޖަމާއަތަތަކުން މިނިވަންކަމާއިއެކު މިޤައުމުގައި އަޑުއުފުލުމުގެ މަގުފަހިކުރުމާއި ހިސާބުން އެރާޅު ބިންދާނުލާނެކަމާއި މެދު އެއްވެސް ޝައްކެތްނެތް ހުރި ނުބައި ކަމެއްގެ ބޮޑުކަމާއެވެ.
ތިންވަނަރާޅުގައި ޤާނޫނުއަސާސީގެ އެމްޑީއެންއިން އެބުނާ މާއްދާ އުވާލާނެ މީ ޔަޤީން ކަމެއް ހުރި ނުބައި ކަމެއްގެ ބޮޑުކަމާއެވެ.
މުޅި ޕްލޭން ގައި އެމްޑީއެންގެ ދައުރަކީ ވަރަށް ފާހަނގަކޮށްލެވޭ ދައުރެއް މަޤާމުތަކަށް ބެލިޔަސް ބޯވައެއްހެން ވަކި ހިއްޕާފައިވާ ވަރު ރަންރީނދޫ ޓްވިޓަރޭމެންނަކަށްވެސް ނޭނގޭނެ ހޭއަރާ މިޤައުމު އޮޔާގޮސްފި
ހުރި ހިތާމައެއްގެ ބޮޑުކަމާއެ!
މިޤަވްމު އިސްލާމްދީން މަތީ ޤިޔާމަތައްޖެހެމްދެން ދަމަހައްޓަވާންދެއެވެ. "އާމީން"
ޓޮމް އަށް އައްސަރިބަހާއި ސާބަހާއި ޝުކުރު ދަންނަވަން
އެމް ޑީ އެމް އަށްއެއްވެސްކަމެއް ކުރާކަށް މިސަރުކާރަކަށް ނުކެރޭނެ. ދިވެހިން ދެލޯ ހުޅުވައިގެން ބަލަން ތިބެބަލަ.