ހއ. އިހަވަންދޫ ހުޅަނގުން 90 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ހިޔަރޯދި" ކިޔާ ދޯންޔެއްގައި މަސްވެރިކަން ކުރަން އުޅުނު ދޯންޔެއްގައި ހުރި ޒުވާނެއްގެ ހާލުދެރަވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އުމުރުން 24 އަހަރުގެ މި ޒުވާނާ ހާލުދެރަވީ ރޭގެ ވަގުތެއްގައި ކުއްލިއަކަށް ހޭނެތިގެން ދޯނިތެރެއަށް ވެއްޓުމަށް ފަހުގައެއެވެ. އަދި އެހިސާބުން ދޯނީގެ ކެޕްޓަން ކޯސްޓް ގާޑަށް ގުޅުމާއެކު ކޯސްޓް ގާޑުން ވަނީ އެކަމުގައި ހަރަކާތްތެރިވެފައެވެ.
މި ހަރަކާތުގައި ރޭ ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރ ޅ.މާފިލާފުށީގައި އޮތް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "މާފަތް" ލޯންޗެއެވެ.
ހާލުދެރަވެފައިވާ އެ ޒުވާނާ ހދ.ކުޅުދުއްފުއްޓަށް ގޮސް ޑޮކްޓަރުންގެ ޓީމު ގޮވައިގެން ދޯނި އޮތް ސަރަޙައްދަށް ގޮސް ބަލިމީހާ ކުޅުދުއްފުއްޓަށް ގެންގޮސްދެވިފައިވަނީ ރޭ ފަތިހު 05:44 ހާއިރުއެވެ.
"ދޯންޔެއްގައި" މިއީ ކުށް ބަހެއް. ރަނަގަޅުގޮތަކީ ދޯންޏެއްގައި.
ކޮންމެ ގޮތަކަށް ލިޔެފައި އޮތަސް ބަލިބީހާއަށް އަވަސް ޝިފާއަކަށް އެދެން
ހާލުދެރަވެފައިވާ އެ ޒުވާނާ ހދ.ކުޅުދުއްފުއްޓަށް ގޮސް ޑޮކްޓަރުންގެ ޓީމު ގޮވައިގެން ދޯނި އޮތް ސަރަޙައްދަށް ގޮސް ބަލިމީހާ ކުޅުދުއްފުއްޓަށް ގެންގޮސްދެވިފައިވަނީ ރޭ ފަތިހު 05:44 ހާއިރުއެވެ.
ތަންކޮޅެއް ފަރުވަަ ބަހައް ޓަންވެއްޖެދޯ...