މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަށް ހިތްވަރުދޭ އެންމެނަށް ފިޔަވަޅު އެޅުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ގޮވާލައްވައިފިއެވެ.
ޑރ. އިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަށް ހިތްވަރުދީ ވާހަކަ ދައްކާ އެންމެންނާމެދު ތަފާތުކުރެއް ނެތި ފިޔަވަލު އަޅަން ޖެހޭނެ ކަމަށެވެ. ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައި ވަނީ އެ ރިޕޯޓުގައި ކީރިތި ގުރުއާނުންނާއި، ސުންނަތުން އަދި އިސްލާމް ދީނުގެ އަސާސްތަކުން ކަނޑައެޅިގެން ފެންނަން ހުރި ކަންކަން ދޮގުކޮށް، އިސްލާމް ދީނުގެ ބައެއް އަސާސްތަކަށް ފާޑުކިޔައި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަށް ދިވެހިންގެ ތެރެއިން ބަޔަކު ހިތްވަރުދެމުންދާ ދަނޑިވަޅެއްގައެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީއެން ރިޕޯޓުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީއެންގެ ރިޕޯޓުގައި ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީ އިން ފާހަގަކުރާފަދަ އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެ ރިޕޯޓުގައި އެމަނިކުފާނަށް ހަމައެކަނި ފެނިވަޑައިގަތީ ކީރިތި ރަސޫލާގެ ނަންފުޅަށްފަހު ސަލަވާތް ފާތިހާ ނުކިޔަވައި އޮތްތަންކޮޅު އެކަނި ކަަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އެ ދުވަހު މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ އިތުރުން ރައީސް ނަޝީދު ވަނީ އެ ރިޕޯޓުގައި މައްސަލަ ނެތްކަމަށް ބުނެ ބައެއް ތްވީޓުތައްވެސް ކޮށްފައެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ބޮޑުންނާއި މުއްސަނދިން ކުށެއްކޮށްފި ނަަމަ މައްސަލައަކަށް ނުހަދައި އާންމު ނިކަމެތި ރައްޔިތަކު ކުރާ ކުށަކުން އަދަބުތައް ދެމުން ގެންދިއުމަކީ މީގެ ކުރިން އުންމަތްތައް ހަލާކުވަމުންދިޔަ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. އަދި އަދަބުތައް ދިނުމުގައި ހަމަހަމަ ވާން ޖެެހޭކަން އޭނާގެ ޓްވީޓުގައި ވަނި ފާހަގަ ކުރައްވާފައެވެ.
އެމްޑީއެން ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެ މައްސަލަ އާއި ގުޅިގެން ޔޫތް މިނިސްޓްރީ އިން ވަނީ އެމްޑީއެން ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ސަސްޕެންޑްކޮށްފައެެވެ. އެ ރިޕޯޓު އާންމު ކުރުމާއެކު އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިންނާއި ގިނަ ރައްޔިތުންތަކެއް ދަނީ ގޮވަމުންނެވެ..
އަދި އެޖަމިއްޔާއާ މެދު ހައްގު ފިޔަވަޅު އަޅައި އެ ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އެންމެނަށް އަދަބު ދިނުމަށް އެ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ދެންތިހެން އަބަދު ނުކިޔަބަލަ މިހާރު އިވިއްޖޭ
ﷲ އަށް ޙަމްދު ހުރި
މަނިކު ފާނު ހޭފުޅު އެރީތީ. ދެން ވެސް މިސަރުކާރު ތަނަކުން ސޯލިޙް ނަމެއް ކިޔާ މީހަކު ނެރޭ އިރަށް ނަމާއެއްގޮތޭ ވިދާޅު ނުވާތީ. ވިދާޅު ނުވާތީ .މަނިކުފާނު މެން ގުބޯ ހެއްދުނަސް
ރައްޔިތުން ގުނބޯ ނެހެއްދޭނެ
ޑރ.އިޔާޟް އަށް އިހުތިރާމާއެކު ދަންނަވަން އޮތީ މިއީތޯއޭ މަނިކުފާނުމެން ގެނައި ކީރިތިރަސޫލާގެ ދުޢާފުޅުގައިވާފަދަ ވެރިންނަކީ؟ މިސަރުކާރުން ހިންގާލާދީނީ ކަންތައްގަނޑުގެ ޒިންމާ މިވެރިކަން ގެންނަން ކެމްޕޭނުކުރެއްވި ދީނީ ޢިލްމުވެރިންވެސް ނަގަން ނުޖެހޭނެ އެއްވެސް ހުއްޖަތެއް ނުފެނޭ. މިއީ އަލަށް ދިވެހިން ތަޖުރިބާކުރި ބައެއް ނޫން. އަހަރެމެން އޭރުވެސް ބުނިން މިއިބޫއަކީ ކެނެރީގޭ ނަޝީދު މޫނުގައި ހާކާފައިހުރި އެހެންކުލައެކޭ. މަނިކުފާނުމެން ޝޭޚް ޢިމްރާނުގެ ޖަޒުބާތުގައި ޖެހިގެން ބޮނޑިބުއީތާ.
އިޔާޒަކީވެސް ހާޑިންހަމްއާއެކީ ކެންޕެއިންކޮށް ދީންފަސާދަކުރަން އުޅޭބަޔަކަށް ވެރިކަން ހޯދަދޭން މަސަތްކަތް ކުރި ބޭފުޅެއް. އެހެންވީމާ އިޔާޒް ކުށް ގަބޫލުކޮށް ރައްޔިތުންގެ ކިބައިން މާފަށް ނޭދޭނަމަ އިޔާޒެކޭ އެމީހުންނެކޭ ތަފާތެއްނެތް.
ޑރ.އިޔާޟް ވެސް ޝޭޚް އިލްޔާސްވެސް ބޮނޑި ހިއްޕެވީ ޝޭޚް ޢިމްރާނުގެ ޖަޒުބާތުގައި ޖެހިގެން. އެބޭފުޅާއަކީ މާބޮޑަށް ޒާތީވާ ބޭފުޅެއް. މިރާއްޖެ ނުދެކޭފަދަ އިޤްތިޞާދީގޮތުން ވިޔަސް ދީނީ ގޮތުންވިޔަސް ހެޔޮވެރިކަމެއް ކުރަނިކޮށް މިއުޅޭ ސިޔާސީ ނޮހޮރޮއްޕާނުންތައް އެވެރިކަން ބަދަލުކުރީ މިކަލަ ދީނީ ޢިލްމުވެރިންގެ ވެސް ބައިވެރިވުމާއެކު. ދެންޖެހޭނީ ހިތިބޭސް ބޯން. ހަމަ ހިތިބޭސް ބޯން.
ެިޔާޒޫ ތައުބާ ވާންޖެހޭ
ގައުމަށާއި ދީނަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތަކަކީ އަދާލަތުން ހަދާފައިވާ ސްޓްރެޓިޖިކް މިސްޓޭކެއްގެ ނަތީޖާއެވެ! ދީނަށް ނަސްރުދޭނަަމަ، ޕާރޓީައަށް ސިޔާސީ މައިދާނުގައި އެންމެ ފައިދާހުރި ގޮތްނޫން އެހެން ގޮތެއް ޚިޔާރުކުރަންޖެހޭ ފަހަރުވެސް އަންނާނެ !
މިހާރު އިޔާޒު ވާހަކަ ދައްކަނީ 6 އަނގައިން
ދޮންކަލޯ ފުރަތަމަ ނަމުން ސޯލިހް ކަމުން ޖައްބާރު ރައީސް އައް ފިޔަޅު އަޅަންވީނު އެމްޑީއެން އުވާލުމުގެކުރިން ހުރިހާ ލާދީނީ އެންމެނައް ޖޮބް ދީ ނިމްމަނީ
'Ilmuverin' naki koba? Ilmuveringe Sifathakaki Koba? Dhoguveri Dhannabeykalunna Haqqu 'Ilmuverin' Thafaathukuraanee Kihineh? - Ustadh @MohamedRifad
މާތްﷲ ވަހީކުރައްވާ ފައިވާ އާޔަތެއްގެ މާނާގައިވެއެވެ. ﷲ ގެ އަޅުތަކުންގެ ތެރެއިން އެއިލާހުދެކެ އެންމެ ބޮޑަށް ހުށޫވަތްތެރިވެ ބިރުބެތިވާ މީސްތަކުންނަކީ އިލްމުވެރިންނެވެ. ވީއިރު ތިބާގެ އިލްމާމެދު ތިބާ އަމަލްކުރަނީ ކޮންފަދައަކުންތޯއެވެ.؟
އެވެރިން ވެރިކަމަށް ގެންނަން.ހޭކެނޑުނު މީހުނަށް ހަދަންވީ ގޮތެއްވެސް ބުނަންވީނު. ބޮޑު ދެފުށްކެހެރި. ހަ އަނގައިގެ ވެރިޔާ. ދެމޫނުގެ ވެރިޔާ.