ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޟީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ކޯރާޑިއަކުން ރޭ ގެއްލުން ދީފިއެވެ.
ފުލުހުން ވިދާޅުވީ ގާޟީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ކޯރާޑިއަކުން ރޭ ގެއްލުން ދީ ލިއުމެއް ލިއެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަންމުންދާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ގާޟީ އަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމެންޓްގެ ދޮރު ކައިރީގައި އޮތީ ކޯރާޑިއެއް ވެސް ބާއްވައިފައި އޮތް ކަމަށެވެ.
އަލީ ރަޝީދުގެ ގެއަށް ގެއްލުންދީ، އިންޒާރު ދިން މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.
އަލީ ރަޝީދާއި ކްރިމިނަލް ކޯޓު ހިންގުން ހަވާލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޙުކުމް އިއްވަން އޮތް ދުވަހު އެމައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމް ސަސްޕެންޑްކުރުމާ ގުޅިގެންނެވެ. ޔާމީންގެ މައްސަލަ މިހާރު ބައްލަވަނީ އަލީ ރަޝީދެވެ.
ހަމީދޫ ކީއްތިކުރައްވަނީ، ޓުވީޓް ކުރެއްވުމުން ނިމުނީއެއްނޫން. ހައްޔަރުކުރޭ އެކަންކުރިބައެއް. އެހެންނޫނީ ހީވަނީ ތިކަމަކީ ތަޅާކުދިން ހޯދާމީހާ ކަމެއްހެން.
ނުފޫޒު ފޯރުވީމަ ދެން ހަދަން ޖެހޭ ގޮތަކީ ތަނާޒުލު ވުން.
އަވަހަށް ގެންނާށޭ ތަފްސީލް
ތީ ވަކި ބައެއްގެ ބޮލުގަ އަޅުވަން ބަޔަކު އަޑީގަ ތިބެގެން ކުޅޭ ޑްރާމާއެއް..
ޔަގީނޭ އަލީރަސީދުވެސް ހުލާސާ ކިޔާލާފަ ދެންނެވީކަން މިއައް ބަލާފަ ރައީސް ޔާމީން ޖަލައް ލެވޭކައްނެތޭ ... ކިހިނެއްދެން ހަދާނީ މިކުރާއިސްލާހައް ހަމަ ހިނި އަންނަނީ މަހޭ
ހެހެ ހަހަ މީ ވަރައް ވާހަކަ ހަމީދައް އެނގިލައްވާނެ ތަރުޖަމާ ކޮށްްްްލަން
ވަރައް ސަލާމް
ދެން މިނޫން ގޮތެއް ނޯންނާނެ.ކުރިއައް ދިވެހިޤައުމު.
ކޮބާ ހައިލަމް ކޯރަޑީ ނުވެޝްފެނޭ އަލީ އަށް ނުފޫޒް ފޯރުވަނީ ކޯރާޑިން ސާބަ ސް ޕަި ޕީ
ތި ޢަލީ ރަޝީދު މިހާރު ހުރީ ވަރަށް ބޮޑަށް ދިނގުވެއްޓިފައި! ޔަޤީންވަނީ ތިއީ އޭނާ އަމިއްލައަށް ކުރި ކަމެއްކަމަށް! ދެކިބަލަ! ރުޅިއަރައިގެން ތިވަރުކަމެއްކޮށްފައި ކޯރާޑީ ތިތަނުގައި ބާއްވާފައި ނުދާނެ! ތީގެ ބޭނުމަކީ ޔާމީނަށް ކުރާ ޙުކުމްގެ އަސްލު ފޮރުވުން!
މިކަހަލަ ޑާޓީ ގޭމް ކުޅުނީމަ ކުޑަ ކުއްޖަކަށްވެސް އެނގޭނެ ތިއީ އަސްލެއް ނޫންކަން އަލީ ރަޝީދު އަމިއްލައަށް ކޯރާޑީއިން ކުރިކަމެއް ކޮށްފަ ފުލުހުންނަށް ގުޅީމަ ހަބަރު ތަކަށް އަރާނެ އެކަމަކުވެސް އަސްލެއްކަމަކަށް ބަޔަކު ގަބޫލު ނުކުރާނެ މިއީ ހާދަ ކާޓޫނު ބައެއް އުޅޭ ސަރުކާރެކޭ!
މަގުތައް އަމާންވެއްޖެ، ގޭންގް މާރާމާރީތައް މަދުވެއްޖެ - ފުލުހުން...ލޮލްް...މިޔައްވުރެ ނުރަށްކާތެރިކަމެއް ކޮބާ...
އެ ކޯރާޑި
ޑްރާމާއެއް.
ތިވާނީ އަމިއްލައަށްކުރިކަމަކަށް
އޭރުންއެހެންމީހުންގެގައިގާއަވަހަށްހިފޭނީދޯ.