ކޮންމެ ދުވަހަކު މަޖިލިސް ފަށާއިރު ޤައުމީ ސަލާމް ކިޔުއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އާދޭހާއެކު ދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ފެއްޓެވީ ވެސް ޤައުމީ ސަލާމްގެ ތަންކޮޅަކުންނެވެ. "ޤައުމީ މި އެކުވެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް، ނަސްރާއި ނަސީބާއި، ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ." ޖާބިރު އޭނާއަށް ހަނދުމަފުޅުވާ ގޮތަށް ޤައުމީ ސަލާމް ކިޔުއްވިއެވެ.
ޤައުމީ ސަލާމްގެ ފުރަތަމަ ތަންކޮޅު ރަނގަޅަށް ކިޔުއްވާފައި، ދެން ޖާބިރު ކިޔުއްވާފައިވަނީ އެހެން ދިމާލަކުން ތަންކޮޅެކެވެ. މިއާއެކު ކެލާ ދާއިރާގެ މެމްބަރު، އިބްރާހީމް ޝަރީފް ވަނީ ޖާބިރު ޤައުމީ ސަލާމް ކިޔުއްވީ ގޯސްކޮށް ކަމަށް ވިދާޅުވެ، މަޖިލިސް ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ. ރައީސް ނަޝީދު ވަނީ ޖާބިރުގެ "ޤައުމީ ސަލާމް" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
"ދިވެހިރާއްޖޭގެ ޤައުމީ ސަލާމް 2 ރާގަކަށް ކިޔޭ. ފުރަތަމަ ރާގަކީ ރާއްޖޭގައި ފަރިއްސަކާއެކު ޤައުމީ ސަލާމް ކިޔެވެމުންދިޔަ ރާގު. އެއިރުވެސް ޤައުމީ ސަލާމުގެ ބަސްތައް ހުރީ މިހާރުވެސް ހުންނަ ގޮތަށް. ފަހުން ސިލޯންގެ ޤައުމީ ސަލާމްގެ ރާގު ހެއްދެވި ބޭފުޅާ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޤައުމީ ސަލާމްގެ ރާގުވެސް ހައްދަވާފައިވަނީ. އަޅުގަނޑަށް ފާހަގަވަނީ ރާގުގެ މައްސަލައެއް ނޫން، ޅެމުގެ މައްސަލަ." ރައީސް ނަޝީދު ކެލާ ދާއިރާގެ މެމްބަރުގެ ނިޒާމީ ނުކުތާއަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.
ޖާބިރު އަށް އަނެއްކާވެސް ފުރުސަތު ދެއްވުމުން، ދެވަނަ ފަހަރު ޖާބިރު ވަނީ ވަރަށް ޖޯޝުގަދަ ރާގަކާއެކު އަނެއްކާވެސް ޤައުމީ ސަލާމްގެ ތަންކޮޅެއް ކިޔުއްވާފައެވެ.
"ޤައުމީ ސަލާމްގެ ބައިބައި މި އަންނަނީ. މުޅި އެތި އެއްކޮށް ކޮމްޕްލީޓްކޮށް ވިދާޅުވާނީ ވާނީ ދެން މީގެ ފަހުން ރައްޔިތުންގެ މަޖިލީސް ހުޅުވާއިރު، ޢިއްޒަތްތެރި ރައީސް. އޭރުން ފަހަތުން އަޅުގަނޑުމެން ކިޔާނީ. ޤައުމައިގެން ކުރިއަށް އަޅުގަނޑުމެން ދާނީ. ހިތަށް ކުޅަދާނަވާ ވަރަކަށް ލޯބިވެސް ވާން ވާނީ. ރުޅިވެސް ވާން ވާނީ،" ޖާބިރު ޤައުމީ ސަލާމް ކިޔުއްވުމަށްފަހު، މަޖިލިސް ރައީސް އަށް އޭނާ ބޭނުންވާ ގޮތް ހުށަހެޅުއްވިއެވެ.
ވަގްތުން ވަގްތަށް އުފަލުން އަތްޖަހަންވީ.
ސަންރައިޒް ބެލިބެލީނުން އެސޮރު އެހުންނަނީ ޑިޕްރެޝަނަށް ފަރުވާ ބޭނުންވާ ހާލަތަކަށް ގޮސްފައި. ކާށިދޫ ދާއިރާގެ ރައްޔިތުންނޭވެ. ހެޔޮނުވާނެ އޭނާއަށް އަޅާލާ!
އަޅެ ޖާބިރު ސަންރައިޒް ބެއްލެވި ވަގުތުވެސް ދިޔައީ ޤައުމީ ސަލާމް ކިއުއްވަމުންނޭ!
ހެނދުނު ހެނދުނާ އަނގައިން ބަނގުރަލުގެ ވަސް ބޭރުކުރާނެ އިތުރު ގޮތެއް ނޭނގުނީ ދޯ
ޖާބިރު އެކަނިތަ؟ ޚެރަފާ ނަސީމް ކޮއްކޮވެސް އެބަބުނޭ އިބޫވެސް ބޮއޭ
ޜައްޔިތުންގެ ޓެކްސް ލާރި ބޭކާރުކުރުން ނޫން ކަމެއް ނުކުރެ
ތިޔަ ދޯ ނުކިޔިގެން މި އުޅެނީ.. މާ ރަނގަޅު ވާނެ ކޮންމެ ދުވަހަކު ކީރިތި ޤޫރްއާން ގެ ބަރަކާތުން މަޖިލިސް ފެށިއްޔާ...
އޭރުން ޝައިޠާނާ ބިރުން ފިލާނެ! ރިއާސަތުގައި އެ އިންނަނީ ކޮންއެއްޗެއްތަ؟
ރައްޔިތުން މަޖުލިސް މިއީ ޖޯކަކައް ހަދަން ހެޔޮނުވާނެ
ފަށާއިރުކިޔަން ރީތިރާގަކަށް ލަވަޔެެއް ހަދަންވީނު. ޑީ ޖޭ އެއްބާއްވާނީ އޭރުން ހުރިހާ މެމްބަރުން ފިޓްވާނެ