މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗް ގައި އެއް ޑޮކްޓަރަކު ފަސް ސިޒޭރިއަން ހަދައިފައިވާ ކަން "ވަގުތު" އަށް އެނގިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އައިޖީއެމްއެޗް ގައި ވިހުމުގެ ތެރޭގައި ވިހާކުދިން ނިޔާވުމުގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެގެން ގޮސްފައެވެ. އެހެން ނަމަވެސް ކުދިން ނިޔާވުމަށް ދިމާވާ މައިގަނޑު ސަބަބެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. އައިޖީއެމްއެޗަށް ވިހައިގެން ދަރިފުޅު މަރުވި އަންހެނަކު "ވަގުތު" އަށް މައުލޫމާތު ދީފައިވާއިރު އެކަން ހިނގަން ދިމާވެފައި ވަނީ މެޝިންތަކަށް މައްސަލައެއް ޖެހިފައި ހުރުމުންނެވެ.

ހުކުރު ދުވަހު ހުރިހާ ޑޮކްޓަރުން ތިބީ އޮފް ޑިއުޓީގައި ކަމުން އެންމެ ޑޮކްޓަރަކު ފަސް ސިޒޭރިއަން ހަދައިފައިވާ ކަން "ވަގުތު" އަށް ވަނީ އެނގިފައެވެ. މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި އެންމެ ޑޮކްޓަރަކު ހުރިހާ އަންހެނުންގެ ސިޒޭރިއަން ހެދީ އިތުރު ޑޮކްޓަރެއް ނެތިގެންނެވެ.

މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތުދެމުން ވިދާޅުވެފައި ވަނީ އެއީ އައިޖީއެމްއެޗުގެ އާންމު އުސޫލު ކަމަށެވެ. އަދި އިތުރު ޑޮކްޓަރަކު ނުހުންނަ ހާލަތުގައި އެއް ޑޮކްޓަރަކަށް "ކިތަންމެ ބައިވަރު" ސިޒޭރިއަން އެއް ހަދަން ޖެހުނު ނަމަވެސް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޮން ކޯލްގައި ތިއްބަވާ ޑޮކްޓަރުން ނިކުމެ އެކަމުގައި އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ސިޒޭރިއަންތަކެއް އެއް ޑޮކްޓަރަކު ހެދުމަކީ އާއްމު އުސޫލުކަމަށް އައިޖީއެމްއެޗް އިން ވިދާޅުވި ނަމަވެސް އެއީ އާއްމު އުސޫލު ނޫންކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވެއެވެ.

މިމަހުގެ 13 ވަނަ ދުވަހު އައިޖީއެމްއެޗަށް ވިހޭ އަންހެނަކު މައުލޫމާތު ދީފައި ވާގޮތުގައި އޭނާގެ ދަރިފުޅު ބަނޑުގައި އޮއްވައި ޑޮކްޓަރުން ބުނެފައި ވަނީ ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކުއްޖާގެ ހަށިގަނޑުގެ ވިންދު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ވިހޭ އިރު އެކުއްޖާގެ ގައިގައި ވިންދު ނެތް ކަމަށާއި އޭގެ ވަގުތުތަކެއް ފަހުން ދަރިފުޅު ނިޔާވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ގަބޫލު ކުރެވެނީ މެޝިން ތަކުގައި މައްސަލައެއް އުޅެނީ ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަމީ

    އެއީ އައިޖީއެމްއެޗުގެ އާންމު އުސޫލު....އިތުރު ޑޮކްޓަރަކު ނުހުންނަ ހާލަތުގައި އެއް ޑޮކްޓަރަކަށް "ކިތަންމެ ބައިވަރު" ސިޒޭރިއަން ހެދޭނެ.... ޢާނމުއުސޫލު ހެދިމީހާގެ އަންހެނުން މިއުސޫލުންތަ ވިއްސަނީ...ބަކަރި ކަތިލުމަށްވުރެންވެސް ފޯރިގަދަ. ދަރިން މަރުވި މައިންވެސް ކެތްގަަދަ. މަނަަމަ ނުހުރެވޭނެ.

    36
    2
  2. ޖާބިރު

    އެއީ ޑޮކްޓަރުކަން ކިޔެވުމުގެ ކުރިން ޕްރެކްޓިސް ކުރަން އުޅޭ ޑޮކްޓަރުންނޭ. އެހެންވެދާނެ. ހަފްތާއެއްގެތެރޭ އައިޖީއެމްއެޗްއަށް ވިހަންދިޔަ ހުރިހާ މީހުންގެ ދަރިންވެސް މަރުވީނު. ގެއްލުން މިލިބެނީ ނިކަމެތި ދިވެހިންނަށް. ރަނގަޅު ޑޮކްޓަރެއް ރަނގަޅު މެޝިނަރީއެއް ގެންނާނެ ލާރިއެއް ސަރުކާރަކު ނެތް. ތިޖޫރި ހަފައިކައިހުސްކޮށްފި، ބިންތައްފޭރި ވިއްކާ އެ ފައިސާވެސް ކައިހުސްކޮށްފި. މިވަރުންވެސް ތަންތަނަށް އަރާ އަނގަފުޅާކޮށްފަ ހަޅޭއްލަވާއިރަށް ގަޅި ރައްޔިތުން މިބައިމީހުނަށް ވޯޓުދީގެން ހޮވާނެ. ވީމާ ދެން މި ސަރުކާރުން ކޮންމެ ގޮތެއް ހެދިޔަސް އެއްޗެކޭ ނުބުނެ ތިބެން ޖެހޭނީ. މިއީ އަމިއްލައަށް ބުއި ބޮނޑިއެއް.
    އެމްޑީޕީއަށް ވޯޓްދީ ލާދީނީ ފިކުރަށް ތަބާވާ ގައުމު ފަނާކުރަން އެހީވި ގަޅި ރައްޔިތުންނަށް ވަރަށް ސަލާމް.

    44
    2
  3. 19 ނަވާރަ

    ކޮން މެޝިނެއްގެ ވާހަކަ އެއްތަ މިދައްކަނީ. ﷲ ގެންދަވަންވީ ފުރާނައެއް ގެންދަވާނެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެކަމެއްނޫން

    8
    35
    • ޝާހް،ރ.ވާދޫ

      ތިކަން އޮތީ ހަމައެކަނި ތިހެންކަމަށް ވަންޏާ ކީއްކުރަން ޑޮކްޓަރަށް ދައްކަން ފަރުވާކުރަންދަނީ؟ ގޮސް ގޭގަ އޮވެބަލަ. ކޮންމެސްކަމަކުދޯ އޮންނަނީ ސަބަބުތަކުގަ ހިފުން؟

      50
      2
    • ހީދް

      ބަލިވީމަ ބޭސް ކުރަން އަންގަވާފަ ނުވޭތަ !!!! ބޯހަލާކު !!!!!

  4. ރައްޔިތު މީހާ

    ޑަކްޓަރުންގެ އިޚްލާޞްތެރި ކަމެއްނެތް! ކޮންމެ މީހަކުވެސް އަމިއްލަ ކްލިނިކް ހުޅުއްވައިގެން ތިބެ އަންބޮނޑި ބޮޑު ކުރަނީ!

    40
    1
  5. ވާނުވާ

    ތީކީ އާންމުކޮށް ވާގޮތް ، މާބޮޑަށް އިނގެނީ.. ބޮޑު އި މާރާތެ އަޅުނީ އެވީޔޯ.. ކިޔެވި އެއްޗަކާއި ދި މާ ނުވާނެ..
    ތި މާމ މެންގެ ފެންވަރު ދަށީޔޭ ކިޔާބަލަ. މިއައިޖީއެ މްއެޗް ޑޮކްޓަރުން ނާއި ނަރުހުން ބޮޑަކަށް ވެސް ފާހަގަކުރެވޭ.. ޖަވާބު ދާރީ ވަނީ ވެސް އަޅަކާ ދޭތެރޭ ކަންތައްތައް ކުރާ އުސޫލުން.. ހިތް ހެޔޮކޮށް މުހާތަބު ކުރައްވާ ވަނީ މަދު ބަޔަކު.. ތަޖްރިބާ ކޮށްފައި މިބުނަނީ.. ހާސަކޮއް ދިވެހިރާއްޖޭގެ ޑޮކްޓަރ ނަ މަ އަދި އެކަން މާބޮޑު.. މީހުންގެ ފައިސާ ކާލެވުނީ މަ ނި މުނީ ފުރާނަ ދުއްވާލެވުނީ މަ ނި މުނީތަ؟ އިނެއް ކޮޅުން ހަވާލު ނުވާނެ ފަރުވާ ކުޑަ ކަ މެއް، ދެން ކިޔާނީ މެސިނު މައްސަލަ ކިހާ ގޮތެއް ނެތް ބަޔެ! މެސަނަރީސްތައް އަބަދު ބަލަން ޖެހޭނީ ރަގަޅަށް މަސައްކަތް ކުރޭތޯ ނޫނީ ނޫންތޯ.. އެއީ ފަރުވާ ކުޑަ ކަ ނެއް ނޫންބާ؟؟؟ ????

    16
    3
  6. އެންދެރި

    ވިއްސަން އަންހެން ޑޮކްޓަރުން ހުރުން.މުހިއްމު އެވެ. ފިރިހެނުން އަންހެނުން ވިއްސަން ބަހައްޓާނެ ކަމެއް ނެތެވެ.

  7. ކެކެކެ

    ވިހެއުމުގެ ކުރިން 5 ސިޒޭރިއަންވެސް ހެދީ. އާއިލާތަކުން ބޭނުންނަމަ މައުލޫމާތު ދޭނަން. igmh

  8. މާމިގިލީ މީހާ

    އަދިވެސް ހެލްތު މިނިސްޓަރު ހުރީ ފިލާ. ލަދުންް އެއްޗެއް ބުނާ ނުކެރިފަ. މިކަހަލަ ބޮޓުންނައް މިނިސްޓަރު ކަން ދިނީމަ ވާގޮތް މިފެންނަނީ. މިކަމުގެ ޒިންމާ ނަގާން ޖެހޭނީ ހަމަ ހެލްތު މިނިސްޓަރު.

  9. ނީނާ

    ތިންލައްކަމީހުންނައްެންމެ ޑަކުޓަރެއް

  10. ދުނާމަ

    އެއީ އައިޖީއެމްއެޗުގެ އާންމު އުސޫލު....އިތުރު ޑޮކްޓަރަކު ނުހުންނަ ހާލަތުގައި އެއް ޑޮކްޓަރަކަށް "ކިތަންމެ ބައިވަރު" ސިޒޭރިއަން ހެދޭނެ....
    ކިހާ ބޮޑު ބލ ވެރިކަމެއް މީ

  11. ހަދީޖާ

    އައިޖީއެމްއެޗުގަ ދިވެހި ޑޮކްޓަރުން ގިނަވީމަވާގޮތް. ދިވެހި ޑޮކްޓަރުން ބޭނުންވާނީ ޗުއްޓީއައް ކަނޑާލަން. އެއްވެސް ޑެޑިކޭޝަނެއް ނުހުންނާނެ.

    2
    1
  12. ރޯނު އެދުރު

    ތީ މީހުންގެ ދަރީން މަރާ ހާއްޔެއްގެ ގޮތުގަ މަށަށް ސިފަވަނީ މިހާރު