"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ނިންމައިފިއެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން އަމަލުކޮށްފައިވާކަމަށް ބުނެ އެކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ކޮމެޓީއެއް އެކުލަވާލާގައެވެ.
އެކޮމިޓީން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދިނުމުގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރަން ނިންމާފައިވާކަަމަށް އެ ކޮމެޓީން ވިދާޅުވެއެވެ.
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާދަމާއިން ފެށިގެންނެވެ. އެގޮތުން މާދަމާއިން ފެށިގެން ހެދުނު 10:00 އާއި ހަވީރު 18:00 އާއި ދެމެދުގެ ވަގުތު ތަކުގައި ކަމަށް ގޭގެއަށް ޒިޔާރަތް ކުރާނެ ކަމަށް އެ ކޮމެޓިން މައުލޫމާތު ދެެއެވެ.
އެ ކޮމެޓިން ވިދާޅުވީ، މި މަސައްކަތުގައި ގޭގެއަށް ޒިޔާރަތްކުރަމުންގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑާއެކު ހަރަކާތްތެރިވާ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމު ތަކަކުން ކަމަށެވެ. އަދި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން 3010718 ނަންބަރުން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އަންގަވާނެކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ފަރާތުން ވަނީ އެ ލިޔެކިޔުންތަކާ ހަވާލުކޮށްފައެވެ/
އެ ކޮމެޓީން ވިދާޅުވީ، ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.
ހުރިހާ މީހު ން ގެއަށް ދަނެ ބާ ހަމަ ތިޔަ އަށް ކުރިމަތިލި އެންމެން ގެއަށް ދަން ޖެހެނެ ނުން ތަ......... އަލަތު ކައިވެނިގެ ފެލުޓު .........ލލލލލ
ކޮންމެވެސް އެއްޗެކޭ ކިޔާފަ ލަސއކުރަންވެގެން.. އޭރުންތާ އެލަވަންސް ނަގާލަ ގަގާލަ ތިބެވޭނީ..މި ކޮމިޓީ ފެއިލްވެއްޖެ. އަހަރެއް ވީއިރު ވީކަމެއް ހަރާމް ދަމަކުން ބަޑިއެއް ޖަހާހެން ސުރުހީއެއް ހަދާލާނެ ތިބެފަ.. ވަގުތު ޕުލީސް މި ބައިގަނޑަށް ޕުރެޝަރު ޖައްސާލަބަލަ ދުވާލަކު ދެފަހަރު މި މީހުންގެ ނުކުޅެދުންތެރިކަމުގެ ހަބަރު ޖަހައިގެންވެސް.
އޭރުގެހާލަތު ބަދަލުވާފަހުން ހާލަތުބަލަން ގޭގެއަށް.... މިވެސް ގޮތެއް....
މިއޮތް ހުރިހާދުވަހު ތިކަން ނުކޮށް އާއިލާތަށް ސްކޫލް ބަންދުގައި ރަށުން ބޭރަށް ދިއުމުން ތިޔަކަން ކުރުން ބަލައެއް ނުގަނެވޭ. ފުރަތަމަ ފިޔަވަޅުވެސް ތިޔައެޅީ ގޯސްކޮށް. ދެން އިންސާފު ލިބޭނެވަރު މިހާރުވެސް އިހުސާސްކުރެވޭ. މީވެސް އަނިޔާ. ސަރުކާރުން ފުލެޓް ހައްގުވެރިންގެ ހައްގުތަކަށް އަރައިނުގަނޭ. ހައްގު ކަށަވަރުކޮށްދީ.
ރާއްޖޭގައި އުފެދުނު ހަމަ އެކަނި ޓައިޓޭނިއަމް ޕްލޭޓެޑް ރައީސް ކަމަށްވާ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ރައީސް ޔާމީން ފްލެޓްސް ތައް ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ އެއްވެސް މީހެއްގެ އަތުން އެ ފްލެޓްސް ތައް ތަމެންގެ ލޭޒީ ހޮލިކް ކަމެއް ނުވާ ސަރުކާރުން ދަމައި ނުގަނެވޭނެއޭ ފްލެޓްސް ތައް ލިބުނު ހުރިހާ ކުދިން ވެސް މަމެން ނާއި އެކު އެއް އަޑަކުން ގޮވާށޭ ސޭ ހެއިލޯ ސޭ ހެއިލޯ ހެއިލޯ ހެއިލޯ އޫއް އޫއް އޫއް ޑާންސް ޑާންސް ޑާންސް..
މާލޭގަ ބޮންދުންނުލާ އުޅޭނީ 70 ވަރަކަށް ހާސްމީހުން. ފޮޓޯގަ ތިޔަހަރަ ތަންކޮޅަށް އެކަނި 36 ހާސްމީހުން ވަންނާނެކަމަށްވަނީ. ދެފައިދަމައިގެން ކުލީގެ ފައިސާއިން ދިރިއުޅޭމީހުން ވިސްނާހުށި.
ފްލެޓް ކޮމެޓީން ތޮލާލު އަދި މުއިއްޒު ވަކިވީ ގޯސްކޮށް ކަން ހިނގާތީ ކެތް ނުކެރިވެގެން އިންސާފާއި ހަމަ ހަމަ ކަން ނަގާލާ ގޮތަށް ކަން ކުރަން ރޭވީތީ މިއީ ދޮގެއްތޯ އެބޭފުޅުން ގާތުން އަހާލަ ބަލަ ... މިއީ ވަރަށް ވާހަކަ