ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް ހުސައިން ޝަމީމް އަށް ވޯޓް ދެއްވަން ޖެހޭ އެއް ސަބަބަކީ އޭނާ އަކީ މާލޭގެ ޤަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ބޭފުޅަކަށްވުން ހިމެނޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ ކުރީގެ ޕީޖީ ބިޝާމް އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަޤާމް ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް އެ ނަންފުޅެއް ފާސްކޮށްދިނުމަށް ހުށަހަޅާފައިވަނީ ޝަމީމްގެ ނަންފުޅެވެ.
"އަޅުގަނޑުމެން ޝަމީމް އަށް ތާޢީދު ކުރަން ޖެހެނީ އެއީ ކުރީގައިވެސް ޑެޕިއުޓީ ޕީޖީގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވެފައި، ޤާނޫނީ ގޮތުންވެސް ފުންނާބު އުސް، މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ބޭފުޅަކަށް ވެފައި، މުޅި ރާއްޖެ ދަންނަ ބޭފުޅަކަށް ވާތީ،" ޝަހީމް (އަންދުން ހުސައިން) ވިދާޅުވިއެވެ. އޭގެ އިތުރުން ޝަރަފްވެރިކަމާއި، އިންޓަގްރިޓީ އަށް ބެލިއަސް، މުޅި ރާއްޖެ އިންވެސް ފެންނާނެ އެފަދަ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވާތީ އޭނާއަށް ވޯޓް ދޭން ޖެހޭ ކަމަށް އަންދުން ހުސައިން ވިދާޅުވިއެވެ.
ޝަމީމް އަށް ވޯޓް ދެއްވަން ޖެހޭ ސަބަބެއްގެ ގޮތުގައި އެބޭފުޅާ މާލެ ބޭފުޅަކަށް ވުން ހިމެނޭކަމަށް ޝަހީމް ވިދާޅުވުމުން ބައެއް މަޖިލިސް މެމްބަރުން ޙައިރާންކަމާއެކު، އަޑު ގަދަކުރައްވަމުން ގެންދެވިކަން ފާހަގަކުރެވިގެން ދިޔައެވެ. އަންދުން ހުސައިން ކައިރީގައި އިންނެވި މެމްބަރަކު (ބެލެވޭ ގޮތުގައި އަލީ އާޒިމް) ވަނީ މާލޭ ބޭފުޅަކަށް ވާތީ ކަމަށް އަންދުން ހުސައިން ވިދާޅުވި ވިދާޅުވުމަށް މަޢާފަށް އެދެން ހުސައިން ކައިރީގައި ދަންނަވާފައެވެ.
އަންދުން ހުސައިން އެކަމަށް މަޢާފަށް ނޭދި، ވިދާޅުވީ އޭނާ "މާލެ" އޭ ވިދާޅުވީ މުޅި ރާއްޖެއަށް ނިސްބަތްވާ ބޭފުޅަކަށް ހުސައިން ޝަމީމް ވާތީ ކަމަށެވެ.
ހުސައިން ޝަހީމްގެ ވާހަކަތަކާ ގުޅިގެން، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު، ވިދާޅުވީ ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ އޭނާ އަކީ "މާލޭގެ ބޭފުޅަކަށް ވާތީ ނުވަތަ ފަތިފުށް ވަކިގޮތަކަށް އޮތީތީ އެއް ނޫން" ކަމަށެވެ. ނަމަވެސް، ޝަމީމް އަކީ ތަޢުލީމީ، ޤާބިލް ބޭފުޅަކަށް ވާތީ އޭނާއަށް ވޯޓް ދެއްވާނެ ކަމަށް އާދަމް ޝަރީފް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ ވާހަކަފުޅާ ގުޅިގެން ވިދާޅުވީ އޭނާ އެއްގޮތަކަށްވެސް މާލޭ ބޭފުޅަކަށް ވާތީ އޭ ވިދާޅުވީ އެހެން ރަށްރަށަށް ކުޑައިމީސް ބަހެއް ބުނުމުގެ ބޭނުމުގައި ނޫން ކަމަށެވެ.
"އެއްވެސް ހާލަތެއްގައި އޭގެން މާނައެއް ނުނެގޭ އޭގެން އެހެން ރަށަކަށް ކުޑައިމީސް ބަހެއްވުން، އޭނާ އަކީ ރަސްމަތި ބޭފުޅަކަށް ވުން އޭގެން ވާހަކައެއްވެސް ނެތް. އެނގިވަޑައިގަންނަވާނެ އެއީ ޢީދުކަޅު އާއިލާގެ ކުދިން ކަން. އެބޭފުޅާގެ މަތިފުށަށް ބައްލަވާފިއްޔާ އޭނާ އެކި އެކި ރަށްރަށާ ގުޅިވަޑައިގެންފައިވާ މިންވަރު އެނގޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދަޢުލަތުގެ އާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ޝަމީމް އައްޔަން ކުުރުމަށް ވަނީ ފާސްވެފައެވެ. ޝަމީމްގެ ނަންފުޅު ފާސްވީ ވޯޓްގައި ބައިވެރިވި، 74 މެންބަރުންގެ އިއްތިފާގުންނެވެ.
ޢަހަރެންގެ 98ވަނަ ކާފައަކީ ރެހެންދި ޙަދީޖާގެ ކަޒިން އެއް އެހެންވީމާ މަށައްވެސް ތިފަދަ މަޤާމެއް ހައްޤު ނޫންތޯ
މަގޭ 98 ވަނަ މާމައަކީ ރެހެންދި ޚަދީޖާ! ވީމާ މަށަށް ތި މަޤާމު ހައްޤީ!
އެމް.ޑީޕީ މީހުން ވޯޓު ދެނީ މިގޮލާޔަކީވެސް ލާދީނީ ގޮލަޔެއްވީމަ. މީނާޔަކީ ކިޔަވާދޭން ގޮއްސަވެސް ކުދިންނަށް އިސްލާމްދީނުގެ ކަންކަމަށް ފާޑުކިޔާ މީހެއް.
މީސްމީހުންގެ މަތިފުށް ނޭނގި މާލެއޭ ރަށްފުށޭ ނުކިޔާ. ރަނގަޅަށް އަދުން އުނގުޅޭތޯ ބަލާ
މަޖްލިސްގެ ރައީސްވެސް މިހާރު ބަހުޘްގަ ބައިވެތިވެ ވަޑައިގަންނަވާ ދޮއްތަ އެހެން ނޫނަސް ހަސަނު ބުނާއެއް ޗެއް އޭނާގެ ހިތުގަ އޮތް އެއްޗެއް އަންނިއަށް އެގުނީ ކިހިނެއް ހަމަ މާލޭ ބޭފުޅުންނާ ރާއްޖެތެރެ ތަފާތު ކުރުންގެންގުޅުމަކީ އަންނިގެ ފުށުން ފެންނަ ކަމެއް
މ މޑޕ ސަރުކާރުން ސްޕްރިމް ކޯޓަށާއި ކޯޓް ތަކަށް މިލަނީ މުޅި ދުނިޔެވެސް ލަދުގަންނަވަރު އަދިކީތޯ މުޅި ދުނިޔޭގެ ކޯޓްތަކުގެ ވެރިން މިޖެހެނީ މިމޑޕ ސަރުކާރުގެ ފަނޑިޔާރުގެ ކުރިމަތީ ލަދުން ކުޑަކަކޫޖަހަން މިވެރިން ގާތުން
ފަޑިޔާރު ކަން ދަސްކުރަން އެހާވެސް މޮޅު ވާނެ ސުއޫދާ، ސަމީމާ ސުޖޫނާ އަޒުމިއާ ނޫސީން .......... މިގައުުމު ދެންފެންނާނީ އުޑާ ބިމާ ދެމެދުގާ މޑޕ ދުނިޔޭގެ ގާޒީން ނައް ޓްރޭނިން ހަަދައިދަެން އަވަދި ނެތި އުޅޭތަން ކޯސްތަކުން މަލްޓި މިލިއަން ޑޮލަރ ނަގާ ރާއްޖެ މުއްސަނދި ވާތަން މީ އެވޯޑް ސަރުކާރެއް!!!!!!!!!
މީކިހާވަރެއްގެ ޑީލްއެއްގެ ދަށުންކުރިކަމެއްބާ؟؟؟
ދުނިޔޭގަ ހުރި އެންމެ ތެދުވެރި އިންސާފްވެރި ވާނެ ޕޖ މޑޕ ތައްގަނޑު ޕޖ މީތަ އެބުނާ އިންސާފަކީ سبحان الله واتوب اليه
ޝަހިންދާ ފިރިމީހާ
ﷲގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރި މީހާއޭވެ. ތަޤްވާވެރި މާތް މީހާއަށް ދީނުގައި އިސްކަންދޭންޖެހޭ އެވެ. މަޤާމު ތަކަށް ހެޔޮލަފާ މާތް މީހުން އިސްކުރާށެވެ. އެބައެއްގެ ތެރޭގައި ހަމަޖެހުން ޤާއިމް ވާނެއެވެ މުޞީބާތްތައް ދުރުވާނެއެވެ.
މީނާ އަކީ މިގައުމަށް އުފެދުނު އެންމެ ބޮޑެތި މުޖުރިމުން އެއީ ކޮންބައެއްކަން އެނގޭ ހާލު އެމީހުން ސަލާމަތްކުރަން ފޮތްބޮނޑި ކޮނޑަށްލައިގެން ދުވި އަލްމާނީ ފިކުރު މީހެއް.
ވަރައްބޮޑު ތެދުފުޅެއް
ރާއްޖެ ތެރެއައް ކައުންސިލަރުންގެ މަގާމް މިހާރު އަސްލަމް އައްދިމާވި ގޮތަކީވެސްމީތާ މަޖީލީސް ރައީސުކަން އެމްޑީޕީގެ ނާއިބުރައީސްމަގާމު މުނައްވަރް ޑީޑީ އަލްހާން ހަމައެގޮތައް ބޭރުކޮއްލީ އައްޑޫމީހުން ފޮށިފުރެންދެން ވޯޓްއަޅާ ތިއަތޮޅުން އިންޑިއާ ރުޕީސް ލިބޭގޮތައް ހަދާދޭން މާލެއަތޮޅައް ޔޫއެސްޑޮލަރު މީތަފާތުކުރުމެއްނޫން ރާއްޖެތެރޭމީހުން މާލެބޭފުޅުންނައް މަޖިލީސް ގޮނޑިވެސްދީ މީދޫގޮނޑި މިއައްނަނީ 30 އަހަރުގެ އެހެންވައްތަރެއްނަމުން ދިގު19 ޗިޗަންޑާ ވަރަށް އޮއްގިނަވާނެ
"ޝަމީމް އަށް ވޯޓް ދޭން ޖެހެނީ މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ބޭފުޅަކަށް ވާތީ"
8 ގަޑިއިރު ކުރިން ( ޑިސެމްބަރު 7, 2019 )
އާން މިފެންނަނީ މިވެރިމް ކުލަޔާ ވަސް ރާއްޖެތެރޭގައި ޤަދަރު ވެރިޔަކު ނުހުންނާނެ
ޚާއްޞަކޮށް އައްޑޫ ހުވަދޫ ފުވަށްމުލަކުގައި. މާތްމަތިވެރި އިއްޒަތްތެން ތިބޭނީ މާލޭގަ .
މާލެ އެއް ރާއްޖެ ތެރެ އެއް ނޯންނާނެ . މިހާރުވެސް ރާއްޖޭގެ ވެރިކަމާއި ނައިބު ރައީސް ކަމުގަވެސް ތިބީ ރާއްޖެތެރޭގެ ދެމީހުން ކޮބާ މާލޭގެ ރަސްމަތި ބޭފުޅުން. އަދުން ހުސެން ކައިރީ ބުނެލަން ބޭނުން ވަނީ މިހާރު މީ2019 އޭ. ކަލޭ ތިޔަ އުޅެނީ ފަސްދޮޅަހުގެއ ހަރު ތަކުގަ.
"މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ބޭފުޅަކަށް ވެފައި" ކޮންމެ ހެން މާ މުހިއްމު ކަމެއްތަ؟؟ ނަޝީދު އާއިލާ އަކީ ކޮންބައެއް؟؟؟