ދިވެހިރާއްޖެއަށް ބަރުލަމާނީ ވެރިކަމެއް އަތުވެއްޖެނަމަ، އެމަނިކުފާނު ވެވަޑައިގަންނަވާނީ ޤައުމުގެ ބޮޑުވަޒީރަކަށް ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، "އާސްކް ސްޕީކަރ"ގެ ނަމުގައި މިރޭ ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުޅުވާލި ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް އައިސްފިނަމަ އެމަނިކުފާނު ވެވަޑައިގަންނަވާނީ ބޮޑުވަޒީރަށް ކަމަށާއި، ނަމަވެސް އެކަމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންވެސް އެގޮތަށް ނިންމަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި މެދު ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް މިރޭގެ ޕްރޮގްރާމުގައި ނަޝީދު ވަނީ އެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އެ އިންތިޚާބުގައި އިބްރާހީމް މުޙައްމަދު ސޯލިހަށް ތާޢީދު ކުރައްވާނަންތޯ ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެކަން ކުރައްވާނީ ދެބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާ ގޮތަކަށް ކަމަށެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ ޤައުމުގެ ބޮޑުވަޒީރަށް ވެވަޑައިގަންނަވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވިއިރު، ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ކުރިން އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ކުރިން ރައީސް ނަޝީދު ވިދާޅުވީ، އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށާއި އެމްޑީޕީގެ ފަލްސަފާ އަކީ އެއީ ކަމަށެވެ.
2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއްގައި ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އެ ވޯޓްގެ ނަތީޖާ ނަޝީދު ޤަބޫލުފުޅެއް ނުކުރައްވައެވެ.
ނަނާ ހުވަފެން..ގެރި ސަބާ ގަ ދޭ ބޮޑުވަޒީރުކަން ކުރަން...
ﷲ އެއީ ވެރިކަން ދެއްވާ ފަރާތަކީ. ޔާ މިކަލޭގެ ނިކަމެތިކުރައްވާ ދޭވެ.
ނުދޭނަން
މާލޭބޭފުޅުން ބުނާގޮތައްތިކަންކޮއްދޭނެ އޭރުން ރާއްޖެތެރެއައް ވޯޓްހޯދަން ސަލާންޖަހަންދާކައްނުޖެހޭނެ އީދުުބަނދުތެރޭ ހަވާއެރުވުމާ ޕަޓާސް ޖަހާލަދޭން ބޭފުޅުންގެ ބަގީޗާއައް ރާއްޖެތެރޭކުދިންއަންނީ މިހާރުވެސް ތިއިންގެއެއްގެ ލިފްޓްކާރީގަ މަޑުކޮއްލީމަ މިކަންއެނގޭނެ
ލާދީނީ ބައިގަނޑު ފޯއްލަމާނީ ހަދާބަލަ މިހުރިހާ ކަމެއްގެ އަޑީގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އަަޒިމް ވެސް އުޅޭ..
ކަލޭ ބަހައްޓާނީ މާލޭ ޖަލުގަ ކޮޑަގޮޅިގަ.
ކަރެކްޝަން: ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކައްވާނީ އަޅުގަނޑެއް ނޫން އެކަމަކު ޕާލިމެންޓުން ވޯޓުނަގައިގެން އެވަގުތު އައިސިނަމަ ހޮވޭފަރާތެއް.
"އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް އައިސްފިނަމަ އެމަނިކުފާނު ވެވަޑައިގަންނަވާނީ ބޮޑުވަޒީރަށް ކަމަށާއި، ނަމަވެސް އެކަމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންވެސް އެގޮތަށް ނިންމަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ."
ލައްކަ ވާހަކަ. "މަ ބޭނުންވާ ގޮތަކަށް މަގޭ ޕާޓީންވެސް ޖެހޭނީ ނިންމަން"
ވެރިކަމަކީ ގ.ކެނަރީގޭ މުހައްމަދު ނަޝީދަށް ނުކުރެވޭނޭ ކަމެއްކަން މީގެކުރިންވެސްވަނީ ސާބިތުވެފައި.
ވެރިކަމަށް އައުމަށް ކުރަމުންތިދާ އުންމީދު ހަނދާންނައްތާލާ...
ކޮންމެވެސް އެެއްޗެ ކޭ ކިޔައިގެން ނޫސްތަ ކުގެ ފަލަ ސުރުޚީގެ އިނދެވޭތޯ ބަލާ
އަމިއްލަޔައް ދަހިވެތިކަންހުރިވަރު މިފެންނަނީ ، ނުލިބޭނެ އެކައްޗެއްވެސް ފެއިލްވެފަ ހުރިމީހަކައް