ހިއުމަން ރައިޓްސް އެމްބެސެޑަރު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހިސާން އަހުމަދަށް ބަޔަކު މަރުގެ އިންޒާރުދީ ހަމަލާ ދޭން އިއްޔެ އުޅެފިއެވެ.
ހިސާން "ވަގުތު" އަށް މިއަދު ވިދާޅުވީ އޭނާ އަށް މަރުގެ އިންޒާރުދީ ހަމަލާދޭން އުޅުނީ މަޖީދިއްޔާ ސްކޫލް ކައިރިން ސައިކަލެއްގައި އައި ދެ މީހަކު ކަމަށެވެ. ދެ މީހުން ސައިކަލްގައި ފަހަތުން އައިސް މަޑުކޮށްގެން ވެސް ތިބި ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ ވަގުތު ބިރުން ހަދާނެ ގޮތް ހުސްވި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
އެވަގުތު އޭނާ އަށް އެހީތެރިވީ އެ މަގުގައި ހުރި ހިސާންގެ ރައްޓެއްސެކެވެ. އެމީހާ ކިޔައި ދިން ގޮތުގައި ހިސާން އަށް ބިރު ދެއްކި ބަޔަކު ހޯދަން އުޅުނުތަނާ އެމީހުން ވަނީ ފިލައިގެން ގޮސްފަ އެވެ.
"ހިސާން އަހަންނަށް ފެނުނު އިރު ހުރީ ބިރުން ރޮވިފައި. އަހަރެން ކިހިނެއް ވީތޯ އެހީމަ ބުނީ ބަޔަކު އައިސް ބިރުދެއްކީ ކަަމަށް. އޭނަ ބުނީ މަޖީދިއްޔާ ސްކޫލް ކައިރީ ހުންނަ ޕާކިން ޒޯން ކައިރީގައި އެމީހުން ތިބި ވާހަކަ. ނަމަވެސް ހޯދަ ހޯދާ އެމީހުންނެއް ނުފެނުނު. އެތަނުގައި ތިބި ބަޔަކު ބުނި ސައިކަލެއްގައި މަޑުކޮށްގެން ތިބި ދެމީހުން ގޮސްފިއޭ" އޭނާގެ ރަހުމަތްތެރިޔާ ހިއްސާކުރިއެވެ.
ހިސާން ކިޔައިދިން ގޮތުގައި މީގެ ކުރިންވެސް އޭނާ އަށް ވަނީ މިފަދަ އެތައް ކަމެއް ދިމާވެފައެވެ. ނަމަވެސް މި މައްސަލަތައް ފުލުހުންނަށް ހުށަހެޅިޔަސް ފަރާތުން އެންމެ އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އިއްޔެގައި ދިން މަރުގެ އިންޒާރާ ގުޅިގެން އެ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ. އެކަމަކު ފުލުހުން ބުނީ އެފަދަ މައްސަލަ މިހާތަނަށް އައިއިރު ލިބިފައި ނުވާ ކަމަށެވެ.
ހިސާނަކީ މުޖްތަމައުގައި ހުންނަ އެކި މައްސަލަތަކާއި ގުޅޭ ގޮތުން އަޑު އުފުލައި، އެތައް ނިކަމެތިންނާއި އެހީތެރިކަމަށް ބޭނުންވެފައި ތިބޭ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ބޭފުޅެކެވެ.
މިހާތަނައް އައިއިރު އެފަދަމައސްލައެއް ލިބިއިނުވޭ ފުލުހުންގެ ވާޖިބު އެއަދާވީ ދެންއޮންނާނީ ހަމަލާދީ ގެއްލުމެއްލިބިއްޖެނަމަ ތަހުގީގުކުރަނީ އަދި އެކަށީގެންވާހެކިނުލިބޭ މީމިއަދުގެ ހާލަތު
ތިޔައީ އަސްލު މިރާއްޖޭގެ ޖެންޑާ މިނިސްޓަރުކަމަށް ހަމައެކަނި ކުފޫ ހަމަވާ މީހަކީ. ފަކުރެއް ނުގަންނާނެ. ލަދެއް ނުގަންނާނެ ފާއިތުވެ ދިޔަ މިނިސްޓަރުން ހެން. މަގޭ ވެރިކަމެއްގާ ހަމަ ޔަގީނުންވެސް ތިއީ ޖެންޑަރ މިނިސްޓަރ
ޖެންޑާ މިނިސްޓަރުކަމަށް ނޫން. މިޤައުމުގެ ވެރިޔަކަށް މިބޭފުޅާ ހޮވަންވީ. މިކަހަލަ އިންސާނިއްޔަތުކަން ހުންނަ ބޭފުޅުން މިޤައުމަށް ބޭނުންވަނީ. މިއުޅޭ ޖާހިލުންނަށް ވުރެން.
ހިޝާން އަކީ އެތައްބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ މީހެއް. ހިޝާން ހިމާޔަތް ކޮށްދިނުމަށް ފުލުހުންނަށް ގޮވައިލަން. މި ގައުމުގައި ރަނގަޅަށް އުޅޭ މީހުންނަށް ބިރުވެރި ވެއްޖެ. މާތް ﷲ ހިޝާނަށް ހިމާޔަތްކަން މިދުނިޔޭގަ އާއި އާހިރަތުގައި ދެއްވާށި. އާމީން.
މިމައްސަލަބަލާކެމެރާތައްހުންނާނެ
މާތްކަލާކޯ މިއޮއްދައުލަތެއް ކުއްވެރިންނައް ފިލައިގެން މިހެން އުޅެވިގެންނުވާނެ ރައްޔިތުންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި އިބޫ މަގާމުން ދުރުކުރަން ޖެހިދާނެ
އިންސާނީ ހައްގު ހިމާޔަތް ކުރާ މީހެއްގެ ފަހަތަށް ދިވެހިން އަރަންވާނެ ހިސާން އަކީ ރަގަލު މީހެއް
މައްސަލަ ހުށައަޅާފައެއް ނެތް / އެނގިފައެއް ނެތް
މިއީ ކަންކަމުން ރެކެން ވެގެން ސަރުކާރުން މިހާރު ބޭނުން ކުރަމުންދާ ލަފުޒުތަކެއް،
ތީނަގެ ހުރި ނުބައިކަން މަށަށް އިނގޭ.
ޙިސާނަށް ހެޔޮ ރަހުމަތް ލައްވަވާށިއެވެ..
ފުލުހުންނަކީ ހަމައެކަނި ވެހިކަލްގަ ސްޓިކާތަތްކުރަން ތިބޭ ބައެއް. ބޭބީނާސަރީ ކުއްޖަކަށްވެސް ސްޓިކާ ތަތްކުރަން އިނގޭނެ. ދެން ދަންވަރު ބުރުޖެހުން ކަަމަކަށް އޮންނާނީ. ދިމާކުރިމަތިން ސުޕާރީ އަށްވުރެ ތިޔާގިކޮށް ޑްރަގް ވިއްކިއަސް ނުފެންނާނެ. ނާސިގެތަކު ކައިރިންވެސް މިވެރިން ފެންނާނެ.