ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވެވި ރިޔާސީ ބަޔާނުގައި އެއްވެސް އުންމީދެއް ނެތް ކަަމަށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ބަޔާނުގައި އެއްވެސް އުންމީދެއް ނެތް ކަމަށާއި، އެބަޔާނުގައި ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމާކާއި ގުޅިގެން އެއްޗެއް ހިމަނާފައި ނުވާކަމަށެވެ. އަދި ޖުމްލަކޮށް ބަލާއިރު އެބަޔާނުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް އަދުރޭގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
އަދުރޭ މިހެން ވިދާޅުވި ނަމަވެސް މި ބަޔާނާއި ގުޅިގެން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ ރައީސްގެ ބަޔާން ފުރިހަމަކަން ފާހަގަކޮށް އެމަނިކުފާނަށް ތައުރީފް ކުރައްވަމުންނެވެ. އެފަރާތްތަކުން ބުނެފައިވާގޮތުގައި ރައީސްގެ ބަޔާނަކީ އުންމީދުން ފުރިގެންވާ ފުރިހަމަ ބަޔާނެކެވެ.
އަދި އެބަޔާނުގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތްތައް ނިމި ރިޕޯޓްތައް ލިބިފައިވާ ކަމަށާއި، އެ ރިޕޯޓުތަކުގެ އަލީގައި ދައުލަތުގެ ފައިސާ އަށާއި، މުދަލަށް ހިޔާނާތްތެރިވެފައިވާ މީހުންގެ މައްސަަލަ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައި އޮތުމުން އެކަމަށް، އިދިކޮޅުގެ ގިނަ ބަޔަކު އަންނަނީ ތާއިދުކޮށް ވާހަކަދައްކަމުންނެވެ.
އެންމެ ފުރަތަމަ ބަޔާން އިއްވިތާ ދެތިން މިނެޓު ފަހުން ފާޑުވިދާޅުވެ ޓްވިޓު ކުރެއްވި އެއް ބޭފުޅަކީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާގެ ޓްވީޓުގައި ވަނީ ބަޔާނުގައި އޮއްޓަރެއް ނެތްކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ބަޔާނުގައި ވަނީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށާއި، މިހާރު އެންމެ ގަދަޔަށް ވައިގަ ހިފާފައިވާ 2 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލަ އަށާއި، ޖަލުތަކުގައި ގައިދީންނަށް ހުރި ފަހި ގޮތްތަކާއި، ބަޖެޓުގައި ލަފާކުރެވޭ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.
މި ރާއްޖޭގައި މިވަގުތު ވެރިއަކަށް ހުރި މީހަކު ރިޔާސީ ބަޔާން އިއްވާއިރު އަދުރޭގެ އުއްމީދުތައް އެ ބަޔާނުގައި ހިމަނަން ޖެހެންޏާ މަގޭ އުއްމީދުތައްވެސް ހިމަނަންޖެހޭނެ ! ކަލޭގެ ލަދުކޮބާ ؟
އަތަށް އެކަތި ވެސް ނުލިބޭނެ ވާހަކަ ތަ؟
މުންމީދު އޮތީ ތިވަގުންގެ އެކަނި
އައިމް ސޯ ޖެލަސް އޮފް ޔާމީން އަބްދުލް ގައްޔޫމް
އަދުރޭމެންގެ ބާރެއް ނެތެއް ނޫން. ޔާމީނު ޖަލުން މިނިވަންކުރުމަށްޓަކައި އެ.ޑީ.ޕީ މީހުން އަންނި ޖަލުން ސަލާމަށް ކުރަން ގަތް ގަޑުގަނެގެން އެބަޖެހޭ ޔާމީނު ޖަލުން ސަލާމަށް ކުރަން.
އުއްމީދު އޮވެގެން އަދުރޭމެންނަށް ދެވުނީ ހިސާބު ޓިއުޝަންއެކަނި.
ބަލަ އެއްކޮޅު މީހުންނަށް ހީވާނީ އެމީހުން ކުރަނީ ހުސް ރަނގަޅުކަންތައްކަމަށް ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ.