މެދު ރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފަސް މީހުން ކަމަށާއި، އޭގެ ތެރެއިން އެކަކު ދޫކޮށްލާފައި ވަނީ އިއްޔެ ކަމަށެވެ.
ފުލުހުން ކުރިން ހާމަކުރިގޮތުގައި، އެ މައްސަލަައާ ގުޅިގެން ހައްޔަރުކުރީ ހަތަރު މީހުންނެވެ.
މިދިޔަ މަސް ތެރޭގައި ހިނގާދިޔަ އެ ރޭޕްގެ މައްސަލާއިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ރޭޕްކޮށްފައި ވަނީ، ޖެނުއަރީ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އާނ ރަނގަޅު. އަނެކަކު ރޭޕް ކުރީމަ ދެން ތިކަމާ އުޅޭނީ އިނގޭ. ޔާމީނު އެއީ މިގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ. ބާކީ ތިބީ ހުސް ކުޑަކުޑަ ކުށްތަށް ކުރާ މީހުން. ދޫކޮށްފަ ބަހައްޓާ!
ދޫކުރަނީ ފަހަރަކު މީހެކެވެ.