ނ. މާފަރު ހެލްތު ސެންޓަރުގެ ތިޖޫރީ ފަޅާލައި ފައިސާ ވަގަށްނަގައިފިއެވެ.
ފުލުހުން ވިދާޅުވީ، މާފަރު ހެލްތު ސެންޓަރުގެ ތިޖޫރީ ފަޅާލި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ، ތިޖޫރީ ފަޅާލައިގެން އޭގައި ހުރި 7000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.
ފުލުހުން މިހާރު މި މައްސަލަ ބަލައި ތަހުޤީޤު ކުރަމުންދާއިރު، މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނޭނގެއެވެ. އަދި ވަގަށް ނަގާފައިވާ ފައިސާ ވެސް ހޯދިފައެއް ނުވެއެވެ.
ރާއްޖޭގެ ރަށްތަކުގައި ފަހަކަށް އައިސް މި ބާވަތުގެ ވައްކަމާއި ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ.
0 ޓޮލަރެންސް އިބޫގެ ސަރުކާރުގައިވެސް ތިޖޫރީ ފަޅާތަ އަހަރެން ހީކުރީ މިސަރުކާރުގައި އެބާވަތުގެ ކަންތަކެއް ނުކުރާނެކަމަށް
ތިޔައީ މިހާރު މިގައުމުގެ ސަގާފަތުގެ ތެރެއިން ހިގާކަންކަން ގޮވާލާނެ ކުށުގެ ރެކޯޑް އޮންނަމީހެކޭ އަނެއްދުވަހު ހަމަ އެމީހާ ހުންނާނެ އަނެއްކުއްކުރަން މަގުމަތީގައި މިހީހަނީ ގައުމީދޫނިހެން ރައްކާތެރިކަމާއެކު ލަވައިގައްި ކިޔާހެން މިނިވަންކަމާއެކު ވައްކަން ކުރާށެ މިތާ
ޢެކަމަކު ވަގުކަލޭގެވެސް އަދި އޭނަ ލޯބިވާ މީހަކުވެސް ބަލިވީމަ ހަމަ ދާންޖެހޭނީ ތި ހެލްތު ސެންޓަރަށް. ޢެވަރު ވިސްނޭނެ ނަމަ...