ނަސްލީ ތަފާތު ކުރުން ބޮޑުކުރާނަމަ ރާއްޖެތެރޭ މީހުން މާލެ ހިފަން ޖެހިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ގޮތައް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) މާލޭގެ ހާލަތު ސިފަ ކުރެއްވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ސައުދު ވިދާޅުވީ މާލެ އަކީ ވަކިބައެއްގެ ތަރިކައެއް ނޫންކަމަށާއި ގްރޭޓާ މާލެ ތަރައްޤީ ކުރުމަށް ނެގި ލޯނުތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހި ރައްޔިތުންގެ އެސެޓް ކަމަށެވެ.

"ނަސްލީ ތަފާތުކުރުން ބޮޑުކުރާނަމަ ރާއްޖެތެރޭ މީހުން މާލެ ހިފަން ޖެހިދާނެ. މާލެ ދަފްތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓްރީ އަށް ބަދަލު ވުމަށް ގޮވާލަން." ސައުދު ވިދާޅުވިއެވެ.

ދެކުނުގެ ރައްޔިތުން އަނެއްކާވެސް "ސުވާދީބް ސަރުކާރެއް" އުފައްދަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ސައުދު މިއަދު ވަނީ ދެއްވާފައެވެ.

"ރާއްޖެތެރޭ މީހުންގެ ފައިސާ އިން މާލެ ތަރައްޤީކޮށްފައި އެރައްޔިތުންނަށް ދަތިކޮށް ފުރައްސާރަ ކުރާނަމަ ދެކުނު ރައްޔިތުން އަނެއްކާވެސް ސުވާދީބް ސަރުކާރެއް އުފައްދަން ޖެހިދާނެ." ސައުދު ވިދާޅުވިއެވެ.

"ސުވާދީބް ސަރުކާރަކީ" ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދެކުނު ހަތަރު އަތޮޅުން ދިވެހި ސަރުކާރާއި ވަކިވެ، އިއުލާން ކުރި ވަކި ސަރުކާރަށް ދިން ނަމެވެ.

"ރާއްޖެތެރެ" އާއި މާލޭގެ ބަހުސް އަކީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރިފަހުން ދޭތެރެ ދޭތެރެއިން ވަރަށް ހޫނުވަމުންދާ ބަހުސްއެކެވެ. ރައްޔިތުންގެ މަޖިލިސްގެ ބައެއް ޖަލްސާތަކުގައި ބައެއް މެންބަރުން ވަނީ މިމައުޟޫގައި ހޫނުގަދަ ބަހުސްތަކެއް މީގެ ކުރިން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. މާލަސްވެއްޖެ

    މމ މާލޭގެ ވެރިކަން އޮތު މުން މާލޭ މީހުންވަނީ ރާއްޖެތެރޭ މީހުންނަށް ހޭއަރުވާލާފައި. ބަދަލު ލިބިދޭންޖެހޭ. ގިނަޚިދު މަތުގައި ތިބީ ރާއްޖެތެރޭ މީހުން

    62
    23
  2. Anonymous

    ޓޭކިޓް އީޒީ ހުރިހާ ބޭފުޅުން. ރާއްޖެތެރެ މާލެތެރެ ކިޔާނެކަމެއް ނެތް. ކޮންމެ ރަށެއްގެ މީހުން ވެސް އަނެއް ރަށެއްގެ މީހުންނަށް އިހްތިރާމު ކުރީމާ ރަގަޅުވާނެ. އެއްރަށުން އަނެއް ރަށަށް ބަދަލުވާ މީހުން ބަދަލުވާ ރަށު މީހުންްގެ ބޮލަށް އަރައި ނުގަނެ އެރަށު މީހުންނަށް އިހްތިރާމު ކުރީމާ ރަގަޅުވާނެ. މާލޭ މީހުން އައްޑޫ ގައި އުޅޭނަމަ އައްޑޫ ކަލްޗަރ އަށް އިހްތިރާމް ކުރަންވާނެ. ހަމައެފަދައިން އައްޑޫ މީހުން މާލޭގައި އުޅޭ އިރު މާލޭގެ ކަލްޗަރ އަށް އިހްތިރާމް ކުރަންވާނެ. މައްސަލަ ނުކުންނަނީ ތިމާ މީހާ އަށް ތިމާމީހާ އޮޅިގެން ހައްޤުތަކޭ ކިޔައި ދުއްވައިގަތީމާ. އެންމެނަކީ ވެސް ރަތްލޭދައުރުވާ އިންސާނުން.

    71
    8
    • Anonymous

      ލޮލް!މާލޭގައޮންނަނީ ވަކި ކަލްޗާއެއްތަ؟ހައްހައްހާ!

      32
      5
      • ސަމް

        މާލޭ ކުޑަކުދިންގައި ގައި ކުއްޖާ އަށް އުނދަގޫވާވަރަށް ރަން ބަނދެފައެއް ނުުހުރޭ. ތިމާގެ މީހުންގެ މެދުގައި ކައިވެނި ކުރުން ވަރަށް މަދު. ހަމަ ދެމިސާލު މިބުނެލީ.

        9
        110
        • އޭ ތިބުނީ ތެދު

          އަސްލުވެސް ތިބުނީ، މާލެ އާ ރާއްޖެތެރޭގެ ތަފާތު ހާމަކޮށްދޭ ލާމަސީލު މިސާލެކެވެ.

          1
          2
        • ތެދުފުޅެއް

          ރަން ބަނދެފައެއްނުހުރޭ. އެކަމަކު ތިމާއަށް ލިބޭ ދަރިފުޅު، ދަރިފުޅުގެ އަމާ ވިހޭ ވާހަކަ ބުނީމާ ފަސްމަތީގައި ހުރެފައި ނުގޮހެއް ނުހުންނާނެ. ދަރިފުޅު މަރުވި ވާހަކަ ބުނީމާ ފަސްމަތީގައި ހުރެފައި ނުގޮހެއް ނުހުންނާނެ. މާލޭ މީހާ މާލޭ މީހަކަށް ވަނީ މިސިފަތައް ފުރިހަމަވީމާ ތޯއްޗެއް!

        • Anonymous

          މާލޭމީހުން ވަރަށް ކަންނެތްވާނެ!ބަޔަކު ދާއޮހޮރުވާ މަސަތްކޮށްގެން ހޯދާ ލާރިން ކުލިދިނީމާ ކައިގެން ބޮއިގެން އަރާމުގަ އުޅެނީ ނުވިތާކަށް ކައްކާކަށްވެސް ނޭގޭ އިއްޒަތްތެރިކަމުން ކަންނެތް ކަމުން އެހެންމިހުންލައްވާ ގުލާނު ކުރުވަނީ! އެކަމަކު ތެއްލިފަތް ބަނބުކެޔޮފޮތިކުދިގުޅަރިހާކުރު ނުލިބިގެންވަރެއްހުރެޔޭދޯ ރަންވެސް އެޅޭނީއެޅޭވަރު މިހުނަށޭ އަސަރެކޭކޮށްލާނީ

          92
          • އެމްޑީޕީ ބުރޯ

            ކަލޭމެން ބުރަ މަސައްކަތް ކުރީމަ މާލޭ މީހުން ބުރަ މަސައްކަތް ނުކުރާނީތަ. ހަމަ ބުރަ މަސައްކަތުން ހޯދާ ލާރި ކޮޅުން ގޭގޭ ވެސް ހަދާފަ ހުރީ ކަލޭމެން ވެސް ބުރަ މަސައްކަތް ކުރަންޏާ ކީއްވެތަ އަމިއްލަ ގެދޮރު ނުހަދާ ވަޒަން ތަރައްގީ ނުކޮށް ބަހައްޓާފަ މާލެ ތި އަންނަނީ؟.. ތެދު ހަގީގަތަކީ ވެސް ކުށް ކުރުން މިހާރު ގިނައީވެސް ރާއްޖެތެރޭގަ ބޮޑެތި މުޖުރިމުން ފިލާ ތިބެނީވެސް ރަށްފުށުގަ ވައްކަމާ މީހުން މެރުމާ މާރާމާރީ ވެސް ގިނައީ ރާއްޖެތެރޭގަ ކީއްވެތަ ކަންކަން މިހެން ހުންނައިރު މާލެ އަންނަނީ ކަންކަން އިސްލާހު ނުކޮށް.. ؟ ހަސީލަތް ނުބައި މީހުންނާ މުނާފިގުން ވެސް ގިނައީ ރަށްފުށް ތަކުގަ. ޒުވާބެއް ކުރަނޏާ ކަނޑިކި ކަކުލަށް ވުރެން މައްޗައް ހިއްލާފަ މީހުންނާ ދިމާލަށް އައުގުރާނަ ގޮވަން ދަންނަނީ ވެސް ރާއްޖެތެރޭ މީހުން. މިއޮތީ ހުސް ވާހަކަ ތިހެން މާލޭގެ ވާހަކަ ދައްކާ އިރު ތިމާމެންގެ ކަންތައްތައް ހުންނަގޮތް ބަލާފަ ކިޔާ އެއްޗެއް ކިޔާ އަދި މި ނިމުނީކީ އެއް ނޫން މިހެން ކިޔަންޏާ ކިޔަންވީ ހުސް ކަންކަން.

          • ލޮލް

            މަސައްކަތް ނުކޮށް ލާރިލިބޭ ކަމަށް ވަންޏާ ކަލޭ ވަކި މަސައްކަތް ކުރާނަންތަ؟ ލޮލް....ބަޔަކަށް ދައްކަން އަމްދަކުން މާލެމީހުން ރަނެއް ނާޅާނެ ހެހެހެ

    • ކަނަމަނަ

      މީއަދި ކާކު މާމޮޅުވެގެން ނަސޭހަތްދޭން

      19
      33
  3. މުޙައްމަދު

    އަނދުން އަޅައިގެން ތިކަލަ ބޮލުރޮޑި ކެނޑިފައިތިބޭ މީހުން މިހާރުވެސް ތިބީ ރާއްޖޭތެރޭ މީހުންގެ ތައްޕާހުގަ ލަދެއްނެތީމަ އަނގަ ފުޅާކުރަނީ

    83
    13
    • ޢލަި

      ޙަހަހ އަނދުން އަޅަގެން ދޯ ހަހަހ އަނދުން އެޅީމަ ވާނީ އެކަހަލަ ގޮތެއް ވަރއްއަވަހައް ތިސޮތު ސައޒްވާނެ އޭރުމުޅިގާގަ ހުނާނީ އަނދުން

      32
      2
    • ރަށުމީދާ

      ތައްޕާހުގަ ތިބީ ކޮންބައެއް ކަން ވަރަށް ސާފު، މިމަހުގެ ގޭގެކުލި ދައްކަން އުޅޭ އަވަހަށް، ލޮލް!

      4
      11
  4. ބެއްޔާ

    ތީވަކިބަޔަކަށް ވަކި ފިރުރަކަށް މެޖޯރިޓީ ލިބޭ ކޮންމެފަހަރަކު ކުރާ ކަމެއް. ޚާއްޞަކޮށް މަޖްލީހުގެ ރައީސްކުރުވާކަމެއް ރާއްޖެތެރޭ މީހުން އަމަލުކުރަނީ ކިހިނެއްތޯބަލަން. އިންތިޚާބަށްވީމަ ރާއްޖެތެރޭ މީހުން. އިންތިޚާބު ނިމުނީމަ ކުޅަނދުހަމނުވާ ބައެއްކަމަށް މިވަނީ.

    60
  5. Anonymous

    އިންޑިޔާ ސިފައިން ބޭރުކުރަން އުޅުނިއްޔާ މާތާހިރުވާނެ

    137
  6. Anonymous

    ޗައިނާއިން ބުރިޖުއެޅިއޭކިޔާފަ ޗައިނާ ސިފައިންވެސް މިރާއްޖޭގަ ވަކިހިއްޕާލައިގެން ނުތިބޭ! އެކަމަކު އިންޑިޔާ ސިފައިން މިރާއްޖޭގައި ވަކިހިއްޕާލައިގެން ނުފައިބާން އެތިބެނީ ކީއްވެ؟ ސ.ގަމުގައި ތިބޭ އިންޑިޔާ ސިފައިންގެ އަދަދެއްވެސް ނޭގޭ!އެމީހުންނަށް ބޭރުންއަންނަ ފޮށިފޮށިގަނޑުތައް ކަސްޓަމްސް އިން ބަލާފާސްކުރުމުގެ ހުއްދައެއްވެސް ނެތް!އެފޮށިގަނޑުތަކުގައި ހުންނަނީ ކޯޗެއްކަމެއްވެސް ނޭނގޭ!އެހެންވީމަ ރާއްޖެ އިންޑިޔާއަށް އަޅުވެތިވެފަވާ މިންވަަރު އެބަފެނޭ ވަރަށް ރަނގަޅަށްވެސް!އައްޑޫގަ އަޅާއެނިމެނީ މިލިޓަރީ ބޭސް!އެހެން ރަށެއްގެމީހުންނަމަ މިހާރު މަގުމައްޗަށް ނުކުމެ އެކަންތައް ހުއްޓުވާ އެމީހުން ފައްސާލާފަނޫނީ ހަމަނޭވާނުލާނެ! ކޮބާތޯ މިރާއްޖެއަށް ހެޔޮއެދޭ ދަރީން؟ އަޅުވެތިވަންދެން ބަލަންތިބެންވީތޯ ؟

    119
    1
  7. Anonymous

    މާލެއަކީ ރާއްޖެތެރޭ ރަށެއްނޫންތަ؟ އަނެއްކާ ރާއްޖޭން ބޭރުރަށެއްތަ؟ ބޮލުރޮދި ކެނޑިފަތިބޭމީހުން ދައްކާވާހަކަތީ!އިންޑިޔާ ސިފައިން ފައްސަން އުޅެބަލަ!އެހެންނޫނީ އެމީހުން ހެންހީވަނީ ތިހިފުމެއްހިފާނީ

    26
  8. ހހހ

    ބަލަ ރާއްޖެތެރެ މީހާ ނިކަމެއްޗޭ ކިޔާ އިރު މާދަމާވެސް ގޮސް ވަންނާނެ ބޮޑެތި ގޯތި އެބަހުއްޓޭ ކޮންމެ މީހެއްގެ. މާލެ މީހާ ގޮސް ވަންނަނީ ކޮންތާކަށްތަ؟

    23
    8
  9. ާައަހުމަދު

    ސައުދޫ ހަދާން ނައްތާލާ ނުވާނެތިކަމެއް، ތަފާތުކުރަނީކީނޫން ވިލިގިލިން މާލޭމީހުންނަ ގޯތިލިބޭތަ ނޫނީ ފުލެޓު ލިބޭތަ، އެންމެން މާލެ އައިމަ ރައްތަރަށްގީއެއް ނުވާ.

    25
    21
  10. އަދާލަތު

    އަމާންކަމާއި، މިނިވަންކަމާއެކު މާލެއާއި ރާއްޖޭގައި ދިރިއުޅެވެންވާނީ، ހަމައެކަނި ޤާނޫނާއި، ޤަވަޢިދާޚިލާފަށްއުޅޭ ބަންގާޅީ ޖާހިލުންނަށް. ދިވެހީންނަކަށް މުސްތަޤުބަލްގައި ފުރުޞަތެއްނެތް. އޮނަރަބުލް ސަޢުދުވެސް މިއުޅޭ ޖަނަވާރު ސިސްޓަމްގެ ބަންގާޅީން ބޭރުކުރެވޭތޯ އެހީވެދެއްވާ. އެމީހުން ބުނާގޮތުގައި، އޯޕަން ވިސާ. އޯޕަންވިޔަފާރި. މިއީ ބިރުވެރި ޤައުމުގެ މުސްތަޤުބަލަށް ބިރުވެރިކަމާއި، ނުރައްކަލުން ފުރިގެންވާ ކަމެއް. އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤުބަލެއްނެތް. މާތްވެގެންވާ އިސްލާމްދީނުގެ ވަޙުދަތު ގެއްލިދިޔައީ.

  11. ދެރަކަމެއް

    މާލޭ މީހުންނަށް ނެތީތޯ މާލޭގަ ހަމަޖެހިލައިގެން ދިރިއުޅުމުގެ ހައްގެއް؟ ހައްތަހާވެސް ނިކަމެތިތޯ ވާންވީ؟ ރާއްޖެތެރޭ މީހާ އެކޮޅުކޮޅުން އޮންނާށެކޭ ނުބުނޭ އެކަކުވެސް ތަފާތު ކުރަނީޔޭތިކިޔަނީ

    10
    7
  12. ރައްޔިތުން

    ގައުމު ބައިބައި ކުރުން މިއީ ޒޮއިނިސްޓް ޕްރޮޕަގެންޑާ، އެމްޑީޕީގެ މި އުކުޅު މި ބޭނުން ކުރަނީ، ޕާރޓީ ސިސްޓަމް ހަދައިގެން މަންމަ އާއި ދަރި އާ ޖައްސައިފި، މިހާރު މާލެ މީހާ ރާއްޖެތެރޭ މީހާ ކިޔައިގެން މި ދިވެހިންގެ ގުޅުން ތައް ހީނަރު ކުރަނީ، އޭރުން ތާ އެމީހުން ބޭނުން ގޮތަކަށް އުޅުނަސް އެކަމާ ދެކޮޅަށް އެކަތިގަނޑަކަށް ވެގެން ނުކުންނާނެ، އަޑު އުފުލާނެ ބައެއް ނުތިބޭނީ

    14
    1
  13. އާދަމް މޫސަ. ކެލާ

    މާލެ ތެރޭ ބައެއް މީހުން އަދިވެސް ބޭނުންވަނީ ރަށްރަށު މީހުން ކުޑަސިޓީ ހައްދައިގެން މާލެ އަރާ ގޮތަށް ހަދަން. އަހަރެން މާލެ ކިޔަވަން އައިސް ހުރިގޭ ދައްތަ ބުނީ އެކޮއިތީ ރާއްޖެ ތެރޭ ކުއްޖެކޭ ބަރާބަރު އެއް ކުޅަނދު މަދުވާނެޔޭ. އެހެންވީމަ ކިތަންމެ ވަރަކަށް ކިޔަވިޔަސް މާކަ ގިނަ މާކުހެއް ނުލިބޭނެޔޭ. ދުވަސް ކޮޅަކުން ބައްޕަ މާލެއައިމަ، މަ އަހަފިން އެއީ ތެދެއްހޭ؟ ބައްޕަ ބުނީ އެމީހުންގެ ދެ ކުޅަނދު މަދުވީމަ އެހެން ބުނަނީއޭ، ކިޔަވައިފިއްޔާ ކޮންމެ މީހަކަށް ވެސް މަތިން މާކުސް ލިބޭނެޔޭ، ކިޔަވާށޭ. އަހަރެން އެމްއީއެސް ނިންމައި ބޭރުން ސްކޯލަރޝިޕެއް ވެސް ލިނުބު. ނަސީބު އަތުގައި ނުހިފި. އެކަމު ދައްތަގެ ދަރިންނަށް ވުރެ ހުރިހާ ގޮތަކުން ރަނގަޅު އަހަރެން. މާލޭގެ ކުއްޖަކާއި އިނގެން ދަރިން ލިބި، އަލް ހަމްދު ﷲ.

    7
    2
  14. އަލީ

    ސައުދު އެހެން ކަމަކާ އުޅޭ

    9
    12
  15. ލޮލް

    ރާއްޖެތެރޭ މީހުން ދެން އިތުރަށް މާލެއިން ހިފަން ޖެހޭ ތަނެއް އެބަހުރިތަ. .މިހާރުވެސް ތިހުރީ މާލެ ހިފާފަ ރާއްޖެތެރޭ މީހުން. ކުލީ ސިފައިން ހެން ހުސް ރާއްޖެތެރޭ މީހުން. ދެން އިތުރަށް ކޮން ބޯކިބާ ފޮއްޗެއް ހުރީ މާލޭގަ ހުހައް.

    9
    9
    • ރަށުމީދާ

      ނޭންގެ! އަދި ލަދެއްވެސް ނުގަނެއްނު ހިފާ ވާހަކަ ދައްކާކަށް، ކިޔަވާށޭ، ބަލިވެގެނޭ އޭއްޗެކޭ މީއްޗެކޭ ކިޔާފަ އަރާ މިތާތިބެގެން އަދި މިތަން ތަރައްގީ ކުރަނީ އަހަރުމެންގެ ލާރިންނޭ އެބަކިޔައެއްނު، ތިލާރިގަނޑުން އަމިއްލަ ރަށް ތަރައްގީކޮށްބަލަ، ނޮހޮރޮއްޕާނެއް!

      4
      11
  16. ހަނަފަސް

    މާލޭމީހުނައް ފުއްޕެނީ ދެނުކުނު އަތޮޅުތަކު މީހުންކަމެއްނެތީމައެވެ. މާލޭމީހެކޭ މަމީ މާލޭގަ ގެދޮރުއެބަހުއްޓޭ ބުނާއިރައް ދެކުނު މީހުން ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިކަށިވޭ، މީތަޖުރިބާގެ އަލީގަ ބުނާ ވާހަކައެއް

    5
    9
  17. ސައިމާ

    މިކަލޭގެއަށް ފައިސާ ހޯދަދޭން މިކަލޭގެ ވިޔަފާރިތައް ހިންގަދެނީ މާލޭމީހުންތޯ ނުވަތަ ރާއްޖެތެރޭ މީހުންތޯ މީނައާ ސުވާލުކޮށްބަލަ.

    5
    2
  18. ސމ

    މިއަދުންބެ ރާއްޖެތެރޭގެ އެއްވެސްރަށަކަށް އެރިޔަނުދޭތި!

    7
    2
  19. ދަންޑަހެލު

    ޜިޕަބްލިކް އޮފް މާލެ ރިޕަބްލިކް އޮފް ރާއްޖެތެރެ ކިޔަން ޖެހުނީމާ ދެންވާނީ ކިހިނެއް؟ ހުރިހާ ވަސީލަތެއް އޮތީ ކޮންތާކު! ކޮސް ނުގޮވާ ! މިއީން ދިވެހީންގެ ރާއްޖެ! މިގައުމު ޕޯޗްގީޒުންގެ ދަށުން ސަލާމަތް ކުރީކާކު؟މާލެ އަކީ ދިވެހިންގެ ވެރިރަށް!

    5
    2
  20. Anonymous

    މާލެ އޮންނަނީ ރާއްޖެއިން ބޭރުގައި ތޯ. ރާއްޖެތެރެ މާލެތެރެ މީ ކޮންތަފާތެއްތޯ.
    މާލެ ރާއްޖޭގެ ސަރަޙައްދުން ބޭރުގައި އޮންނަނަމަ އެންމެ ރަގަޅު ރާއްޖެތެރެ ކިޔަން ނުވަތަ އެހެން ޤައުމެއް ގައި އޮންނަ ނަމަ. ކިޔަންޖެހޭނީ ރަށްފުށު މީހުން
    ރަށްފުށު އެންމެން އެބައެއްގެ ރަށަށް ގޮސްފިނަމަ ބިމުކުލިން ނާޖާއިޒު ފައިދާ ނަގާ މާލޭ މީހާ ދަރަނިވެރިވާނެ. ފަޤީރުވާނެ. އަނަރޫފަވާނެ އަގުބޮޑެތި ފޯނާއި ލަގްޒަރީ. ދިިރިއުޅުން މާލޭ މީހުންނަކަށް ނޫޅެވޭނެ. އަތުންފައިން މަސައްކަތްކުރަން ކެރޭ މަދު މާލޭމީހެއް އުޅެނީ.

    6
    2
  21. Alibe

    ތިޔަ އަނދުންގަޑު މާދަން ކަންނޭގެ ޓެކްސީ ކުރަންފަށާނީ. މުސްތަފާބެ ނެއްތަ ބާ ކާރުގަނޑެއް.

    6
    2
  22. ރާއްޖެ ތެރޭ މީހާ

    ހުރިހާ ރަށަކށްވެސް ދޭންޖެހޭ ޙިދުމަތް ހަމަ ހަމައށް ދީފަ ތިވާހަކަ ދއްކަބަލަ. އޭރުން އަހަރުމެން ތިތަނަށް ދޭތޯބަލަން . ތީވަރަށް ދާން ހިތްވާ ތަނެއްވިއްޔަ! ލޮލް....
    އަހަރިމެންގެ ވަޒަން މާ ހިތްގަިމު އަހަރުމެންނށް . ނަމަވެސް ތި ކޮންކްރީޓށް ދާނަ މަޖްބުރު އެބަ ކުރޭ ވިއްޔަ.

    8
    2
  23. މުހައްމަދު

    މާލޭގެ އޯޑިޓެއް ހަދާބަލަ މިހާރުވެސް މާލޭގައި ގިނަވާނީ އެހެނިހެން ރަށްރަށުގެ މީހުން. . ދެންކޮން ހިފުމެކޭ މިކިޔަނީ.

    5
    2
  24. ވަރަށް ވާހަކަ

    ކުޑަސިޓީ އުވާލުމާއެކު ތިބުނާ ރާއްޖެތެރޭމީހުން އަރާ މިއޮތީ މާލެ ހިފާފަ، މިހާރު މިތަނުންނޫނީ ދަތްކޮއްޓާ އިލޮށިކޮޅެއް ލިބޭ ކަމަށްވެސް ނުވޭ، މިމީހުންގެ ލާރިން މާލެ ތަރައްގީކުރިވާހަކަ ދައްކަން ލަދެއްވެސް ނުގަތެއްނު، ކީއްވެތަ އެލާރިން އަމިއްލަ ރަށް ތަރައްގީ ނުކުރީ؟ މީހަކު ނުބުނޭ މިތަނަށް އައިސް މާލެމީހުންގެ ގެދޮރުކުއްޔަށް ހިފައިގެން މިތާ އުޅޭށެކޭ، ހަމަ ރަށުގަ އަސާސީ ތައުލީމު ލިބިގެން މަހަށް ގޮސް ގެން އުޅުނީމަ ނިމުނީމު، މިމީހުންނަށް މާލެ އެރޭ ގޮތް ހަދާދީ ފުރުސަތުތައް ފަހިކޮށްދިނީމަ ބަލާބަލަ ހުރި ލަދުކުޑަކަން، މާލެ ހިފާނަމޯ، ތަރިކަމުދަލެއްހެއްޔޯ....މާލޭ މީހުން ނިސްބަތުން މަދަކަސް މަޑަކުން ނުތިބޭނެ، އެބައެއްގެ ރަށް ވާނީ ހަމަ އެބައެއްގެ ތަރިކަމުދަލަށް، ގިނަ ވާހަކަ ނުދައްކާ!

    3
    9
  25. އެމްޑީޕީ ބުރޯ

    މި ބޯގަޅި ސައުދު ކީއްވެތަ މުޅި އާއިލާގޮވައިގެން މާލެއައިސް މާލޭގަ ވަޒަންވެރިވެގެން މިއުޅެނީ؟ ގއ.ވިލިގިލީގަ އުދުހެނަ ބައްތެއްލާ ބަލަން ހުރިނަމަ! މީނާގެ މުޅިއާއިލާއަށް ސަރުކާރުގެ ސިޔާސީ މަގާމުތަށް ހޯދާދީގެން އުޅޭއިރު އަދި އެވަރުންވެސް ބަނޑުނުފުރިގެން މިއުޅެނީ! މާލޭގެ ނިކަމެތި ރަށްޔަތުންނަށް ލިބެންޖެހޭ ބޯހިޔާވަހިކަމުގައިވާ ހުޅުމާލޭ ފްލެޓްތައްވެސް ކައްވާލެވޭތޯ މިނުލާފާ ޖައްބާރުމީހާގަނޑު މިއުޅެނީ !?

    2
    1
  26. ސާބަހޭ

    ހިފަންޖެހިދާނެއެއްނޫން. މިތިބީ ހިފައިގެން. ތިޔަ ބުނާ މާލޭގެ އިއްޒަތްތެރި ބޭބޭފުޅުންގެ ގޭގެ ބައިބަޔާއި ތަންތަން މިތިބި ގަނެގެން ފަސްކުޅަނދު މަދޭ ގޮވަގޮވައި ތިއްބާ. ދަރިންނާއި އިދެގެން ދަރިކޮޅަށް ވަދެ މިތިބީ ފަސްކުޅަދު މަދޭ ގޮވަގޮވައިތިއްބާ. ތިޔަ ވާހަކަދައްކާ އިއްޒަތްތެރި މާލޭ މީހާގެ ގޭގައި ތިބި މާލޭ މީހާގެ އެއްބަޑުއެއްބަފާ މީހުންވެސް ރާއްޖެތެރޭ މީހުން ތިބީ އަތުލައިގަނެގެން. އެ މީހަކަށް ދަރިއަކު ލިބި ދަރި މަރުވެގެން ވަޅުލިއިރުވެސް، އެދަރިފުޅު އޮތް ފަސްގަނޑުގައި ހުރެފައި ގޮވާލީމާ އަޑުއިވޭހިސާބުގައި ހުރެފައި އެތަނަށް ދާން ގޮވާލީމާ ދާންވެސް ނޭނގުނު މީހަކަށް ލިބިފައި ހުރި ހަރުކަށި ދަރިއެއްގެ ކިބައިގައި އެއަށްވުރެ މާވަރުގަދަ ހަރުކަށިކަމެއް ހުރެފައި މާލޭ މީހުންނޭ މާލޭ ބިމޭ ގޮވާއިރު ތިމާ މީހާއަށް ޖެހިފައި ހުރި ނިކަމެތި ހާލު ތިމާއަށް ނޭނގޭ ކަމީ ތިމާގެ މުރައްކަބުޖާހިލުކަން ފިޔަވައި އެހެން ކަމެއް ނޫން.

    1
    1
  27. ނަމަ

    ސައުދު ބަންގާލީން މާލެ ހިފައިފި މިހާރު މާލަސްވެއްޖެ މިހާރު

  28. އަސްޤަރު ސިއްދީޤް

    މިހެރަ ސައުދު ކިޔާ ކަނޑުކޮހަކަށް ނޭނގޭތަ މިނޫން ވާހަކައެއްދައްކާކަށް ބަލަގަ ކަލޭވެސް މިހާރު މާލެއިން ބިންކޮޅެއް ލިބޭތޯކުރާމަސަތްކަތް އަހަރުމެން ގއ ވިލިގިލި އެންމެނައްވެސް އެނގެއޭ! ކިހާބޮޑު ދުއްޕާނެއްތަމީދެން! ?

    2
    1
  29. އަދުންބެ

    ސ ސާބަހޭ ސަޢުދު

    3
    1
  30. މުޖްތަބާ

    މާލެ މީ ރާއްޖޭން ބޭރު އޮތް ތަނެއްތަ...

    2
    1
  31. ވިސްނާ

    ތިހުރިހާ މީހުނަށް ތިހުރިހާކަމެއް ފެނި އެނގޭއިރު ތިހެން ކިޔާލަ ކިޔާލާ ތިތިބެނީ ކިހިނެއްވެފަތޯ އިންޑިޔާ މީހުނަށް ހުރިހައި ބާރެއްލިބެން ދެންތޯ ހާއސަކޮށް އައްޑޫމީހުން މިކަމާ އުޅެން ވެއްޖެނޫންތޯ؟

    1
    1
  32. އެދުރު

    ބަލަ.ރާއްޖެ ތެރެ ތަރައްގީ ނުވުމަކީ އެއީ މާލޭމީހުންގެ މައްސަލައެއް ނޫން.ތަންތަން ތަރައްގީކޮށް ވަސީލަތް ތައް ގާއިމް ކުރަނީ އެއިރެއްގަ އޮންނަ ސަރުކާރަކުން.

    2
    1
  33. އެމްޑީޕީ ބުރޯ

    ކަލޭމެން ބުރަ މަސައްކަތް ކުރީމަ މާލޭ މީހުން ބުރަ މަސައްކަތް ނުކުރާނީތަ. ހަމަ ބުރަ މަސައްކަތުން ހޯދާ ލާރި ކޮޅުން ގޭގޭ ވެސް ހަދާފަ ހުރީ ކަލޭމެން ވެސް ބުރަ މަސައްކަތް ކުރަންޏާ ކީއްވެތަ އަމިއްލަ ގެދޮރު ނުހަދާ ވަޒަން ތަރައްގީ ނުކޮށް ބަހައްޓާފަ މާލެ ތި އަންނަނީ؟.. ތެދު ހަގީގަތަކީ ވެސް ކުށް ކުރުން މިހާރު ގިނައީވެސް ރާއްޖެތެރޭގަ ބޮޑެތި މުޖުރިމުން ފިލާ ތިބެނީވެސް ރަށްފުށުގަ ވައްކަމާ މީހުން މެރުމާ މާރާމާރީ ވެސް ގިނައީ ރާއްޖެތެރޭގަ ކީއްވެތަ ކަންކަން މިހެން ހުންނައިރު މާލެ އަންނަނީ ކަންކަން އިސްލާހު ނުކޮށް.. ؟ ހަސީލަތް ނުބައި މީހުންނާ މުނާފިގުން ވެސް ގިނައީ ރަށްފުށް ތަކުގަ. ޒުވާބެއް ކުރަނޏާ ކަނޑިކި ކަކުލަށް ވުރެން މައްޗައް ހިއްލާފަ މީހުންނާ ދިމާލަށް އައުގުރާނަ ގޮވަން ދަންނަނީ ވެސް ރާއްޖެތެރޭ މީހުން. މިއޮތީ ހުސް ވާހަކަ ތިހެން މާލޭގެ ވާހަކަ ދައްކާ އިރު ތިމާމެންގެ ކަންތައްތައް ހުންނަގޮތް ބަލާފަ ކިޔާ އެއްޗެއް ކިޔާ އަދި މި ނިމުނީކީ އެއް ނޫން މިހެން ކިޔަންޏާ ކިޔަންވީ ހުސް ކަންކަން.