ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ވީހާވެސް މަދުން ޕްލާސްޓިން ބޭނުން ކުރާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެ ޕާޓީން ކުރިއަށް ގެންދަން ބޭނުން ވަނީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.
އަފްޝަން ވިދާޅުވީ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ހުރިހާ ރަށެއްގައި ކުރިއަށްދާ އިރު، ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރުމަށް ނިންމާފައިވާ އިރު، ބޭނުން ކުރާ ތަކެއްޗަކީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި އެއްޗެއްސަށް ހެދުން މުހިންމު ކަމަށެވެ.
އަފްޝާން ވިދާޅުވި ގޮތުގައި ރަށްވެހި ފަތިހަކީ ފުރިހަމަ ގޮތުގައި ރައްޔިތުން ބާރުވެރި ކުރުވައި ފުރިހަމަ އަށް ރަށްވެހިވުމުގެ މަގްސަދުގައި އެކުލަވާލި ކެމްޕެއިނެކެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީން ރަސްމީކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ޕާޓީން ވަނީ ހުރިހާ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުމަށް ނިންމައިފައެވެ. އަދި ބައެއް ދާއިރާތަކުގެ ގޮނޑި އެމްޑީޕީ އަށް މިހާރު ވަނީ ކަށަވަރުވެފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓުން ފިޔަވައި އިތުރު ބަޔަކު އެ ގޮނޑިތަކަށް ވާދަކޮށްފައި ނުވާތީއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް ހަތަރެއްގައެވެ.
ތިޔަ ލާދީނީ ބައިގަނޑު ގެންގުޅެނީ ބިއްލޫރި ފުޅިއެއްނު. ބޯ އެއްޗެހި އަޅާފައި ހުންނަނީ ބިއްލޫރި ފުޅިއަށް ވީމާ ޕްލާސްޓިކްގެ ބޭނުމެއް ނެތް
ކަރުދިގު ބިއްލޫރިފުޅި
ކައިޒީން އަށް އަންގާލާތި މިވާހަކަ ......
ފޮޓޯއަށް ބަލާލުމުން ހީވަނީ ކަރުތާފެނަށް އެރި ހުރިހެން.
ތަނެއްގަ ރުކެއް ގަހެއް ހުރިއްޔާ އެވެސް ކަނޑަނީ!އެކަމަކު ތިމާވެށީގެ ބައްޕަ ހެދިގެން އުޅޭނެ! މިހާރު މިއުޅޭ ބަންގާޅީންނާ އިންޑިޔާމީހުން މިތާނގެ ރުކެއްގަ މިރި ގަބުޅި ކާއްޓެއް ނުބަހައްޓާ އަޅައިގެން ދަނީ ނުވިތާނކަށް މަސްވެރިކަންވެސް ކުރަނީ!ދުނިޔޭގެ އެއްވެސް ގައުމެއްގާ ދިވެހިންނަށް އެތންތަނުގެ ރުކާއިގަހުން އަދި ކަނޑުތަކުން މިނިވަންކަމާއެކު މިމީހުންއުޅޭގޮތަށް ނުއުޅެވޭނެ!އެކަމަކު ރާއްޖޭގަ މިއޮތީ ބިދޭސީންގެ ބާރު މިހާރު!ޕްލާސްޓިކަށްވުރެ ގެއްލުން ކުޑަބާ؟
ތި ރައްވެހި ފަތިސް ޕޯސްޓަރުގައި ތިހުރީ ހަމަ ތެދު ހަގީގަތް ފެންނަން!ތަރައްގީއަކީ ދައްކާލާ އަވާމެންދުރެއް!ހަގީގަތެއްނޫން!ހީވާނީ ފަތިސްވެއްޖެހެން!އެކަމަކު މެންދަންވެފަ އަބަދު އިރެއްނާރާ ސަރުކާރުމީ އަބަދުވެސް އޮއްސިފަ މިތިބެނީ އެހެންމީހުންގެ ބައްތީގެ އަލިކަމުގަ
ދީނަށް ފުރައްސާރަ ކުރުން އިތުރު ކުރަނީ އެމް ޑީ ޕީ އަށް ހަލާކު ހުރި !