ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ "ޑީލެއް ހަދަން" އުޅޭކަމަށް ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ އިސްވެރިޔާގެ މަގާމުން ދުރުކުރި އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްގެ އިސްވެރިޔާގެ މަގާމުން މުނާޒް ވަކިކުރި ފަހުން އޭނާ ގެންދަނީ ހޯމް މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އިމްރާން މިއަދު މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާއި ބައްދަލު ކުރެއްވުމުން މުނާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަޑުމަޑުން އެބަ ތިލަވާކަމަށެވެ."
"ދެން ފެންނާނީ އަދީބްގެ ބޮލަށް ހުރިހާ ކަމެއް ޖަހާފައި ގައުމަށްޓަކައި، ދީނަށްޓަކައި ހާމަކަން ބޮޑުކޮށް ސަރުކާރުގައި ތިބެގެން އަމަލީ މަސައްކަތް ފަށާތަން. އެމްޑީޕީ ހޭލާ" މުނާޒް ވިދާޅުވިއެވެ.
Madumadun eba thila vey. Dhen fennaanee Adheeb ge bolah hurihaa kameh jahaafa qaumahtakaa dheenahtakaa haama kan bodukoh sarukaaruga thibegen amalee masakkaiy fashaathan. Wake up MDP!! pic.twitter.com/5KE6OAfYVc
— Abdulla Munaz (@a_munaaz) February 24, 2020
މުނާޒް މިފަދަ ތުހުމަތެއް ކުރެއްވިއިރު އިމްރާނަކީ މީގެ ކުރިން އަދީބަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. އަދީބުގެ މައްޗަށް ބޮޑެތި މައްސަލަތަކެއްގައި މިހާރު ވެސް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އެމައްސަލަތަކުގެ ޝަރީޢަތް ކުރިއަކަށް ނުދެއެވެ.
އިމްރާން މިއަދު ޖަލަށް ވަޑައިގެން ޔާމީނާއި ބައްދަލު ކުރެއްވިކަން ކަރެކްޝަނަލް ސާވިސް އިން ކަށަވަރު ކޮށްދެއްވި ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމުން މުނާޒަށް ކަރެކްޝަންގެ ވެރިޔާގެ މަގާމު ދެއްކީ ޤާނޫނުގައި ބުނާ ޝަރުތުތައް މުނާޒްގެ ކިބައިގައި ހަމަ ނުވުމުން ޤާނޫނު ވެސް ބަދަލު ކޮށްގެންނެވެ. ނަމަވެސް ޖަލުގެ ކަންކަން ބޮއްސުންލައި، ބައި ގައިދީން ހަޅުތާލު ކޮށްފައި ވަނިކޮށް މުނާޒް މަގާމުން ދުރުކުރީ ޖަނަވަރީ މަހު ފަހުކޮޅު އެވެ.
ކުރިން ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުނާޒް ތުހުމަތު ކުރައްވާ ގޮތުގައި ކަރެކްޝަނަލް ސާވިސްގެ ވެރިޔާގެ މަގާމުން އޭނާ ދުރުކުރީ ކޯލިޝަންގައި ހިމެނެ ބަޔަކު ޖަލުގެ މަސްލަހަތު ގެއްލުވާލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.
މުނާޒް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ޖަލުތައް ބަލަހައްޓާ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
މުނާޒް ތިއީ ސިޔާސީގޮތުން ކާކުތޯ، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެއްވެސް އުރައްޕެއް، ތާއީދެއް އޮތް މީހެއްނޫން... ތިނޫނަސް ފުލުހުންގެ ވަޒީފާއިން ރިޓަރކޮށްފަ ޤަދަރާއެކު މުޖުތަމައުގައި އެބަތިއްބވިބޭފުޅުން، އަދި ރައްޔިތުންގެ އިހުތިރާމް އެބޭފުޅުންނަށް ލިބޭ..ރ ޔާމިން އެއްވެސް ކުށަކާއި ނުލައި ނުހައްގުން އަދަބު ދެނީ...މުނާޒަށްވުރެ މާގާބިލް ބޭފުޅެއް މިހާރުގެ ސީޕީއަކީ.. އަހުމަދު މުހސއްމަދު އަދި އިމްރާނާއި ދުވަހަކުވެސް ޗެލެންޖް ނުކުރެވޭނެ މުނާޒަކަށް....
ޑީލް ހަމަ ހަދަންވީ އިމްރާނޫ.. ލާދީނީ ހާލިގަނޑެއްގެ ތެރޭގަ ނުހުންނަވާ ކެރިގެން ނިކުންނަންވީ. ކާރީގަ ތިޔަ ތިބެނީ އަލީ ވަހީދު ކަރާމެންނާއި ނަހުލާ މެންނާއި ލާދީނީ ބޮކިފަތިތައް.. ތިތާ ހެޔޮ ނުވާނެ ތިވެރީން ކާރީގަ ހުންނަން.. ތިތިބީ ވަށައިގެން ދީނުގެ އަދި ރިވެތި އަޚުލާގުގެ ދުޝްމަނުން. ރަލާއި އޫރުމަހާއި އަންހެނުންގެ ކުޅިވަރުގެ އިމާމުން.. ތެޔޮބިޑި ބޮމުން ސަރުބަތު ބޮކިއަރުވާ މީހުން.. ދީނައް ފުރައްސާރަކޮއް ޖޯކުޖަހާ އުޅޭ ޝައިތާނުން.. ދެން ތި މީހުންގެ ތެރޭގައި އަލިފަކައްވެގެން މަނިކްފާނައް ހުރެވެނެތޯ.....އެހެންނުން
ބޮޑުތަނުން ފެއިލްވެފައިވާ މީހުން މީހުންނަށް ފާޑުކީމާ އަންނަނީ ހިނި. ސިފައިންގޭގައިވެސް ފެއިލްވީ. ކަރެކްޝަންގައިވެސް ފެއިލްވީ.
ކޮބާތޯ މައްސަލައެއް ހެދޭމީހުން ހަދާނެ ކީއްވާނީ
މިވަގުތު އެމްޑީޕީ އައްވެސް އަދި ސަރުކާރައް ވެސް އޮއް އެންމެ ފާއިދާ ބޮޑު ގޮތަކީ ރައީސް ޔާމީނު މިނިވަން ކުރުން އަދި ރައީސް ނަށީދުގެ ގެއްލިފައިވާ ތާއީދުވެސް އަންބުރާ ލިބުމަކީ އެކަށީގެންވާ ކަމެއް
ހަސަންބެއަށްހީވާނެއަބަދުވެސް ފުޅަށްބުޑުންދަންޏާ ކެޔޮގަނޑުކަޑާނެއޭ ކެޔޮގަނޑުކަޑާތޯބަލަންފުޅަށްބުޑު ބަލަބަލާހުއްޓާ ކެޔޮގަނޑުކަޑާކައިނި މުނުއިރުވެސް ފަތިސްނުވާތީއޮތީނިދިޖެހިފަދޯ؟
ޑީލެއްނޫން ހުރިހާ އެންމެންނިކުމެ މިގައުމު ސާފްކުރަން ޖެހިފަ މިއޮތީ ހުރީހާކަމެއް ބޮއްސުންލާފަ ވައްކަމާ ފޭރުމާ މަސްތުވާތަކެއްޗާ އިސްލާމްދީނަށް ފުރައްސާތަކުރުމާ ރައްވެހި ފަތިހުގަ ޒުވާނުން މަގުމަތީގަ ބެންޑުވާ ގޮތަަށް އިރުނާރާގެން މަގުމަތީގަ ބޮޑުން ގައުމު ވިއްކާ އެކިނަންނަމުގަ ގައުމުގެ ހަރުމުދަލާ ތިޖޫރި ބަހައި ހުސްކުރަނީ ދީނާއި މިފަސް ގަނޑަށް ލޯތްބެއް ހުރިއްޔާ އެބަޖެހޭ ގާދޫ ކޮލުންނިކުމެގެން ދިއުމުގެ ކުރިން ހޭލަން އެބުނާ ފަތިހަށް އިރުއރާއިރު ގައުމު އޮނާނީ ގެރިއާ ބުދާ ރަލާ ނާސިގެތަކުން ސަލާމަތް ނުވަހިސާބު ވޭކަޕް ދިވެހިން
ބަލަ މުނާޒޫ ކަތިވަޅިގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ގެއްލި މީހާ ބައިވީމަ ތިޔަ ޒާތުގެ ކޮސް ގޮވުން ނޫންކަމެއް ނުވާނެ ކަލެއަށް ދެނެއް.. ޖަލުގަ ހިންގި ޖަރީމާތައްބަލައި މި ތަލަބިގަރުގަނޑު އެބަޖެހޭ ޖަލަށްލާން..
މުނާޒު ކާރިން އަހާބަލަ ސިފައިން ގޭގަ އުޅުނު އިރު ޑިމޯޓް ކުޜީ ކޮން ފިލްމެއް ކުޅެގެން ހޭ؟
ނުކުރޭނެ އަހާކަށް މުނާޒު ސޯ ކޯ ފާވެދާނެ ހެހެހެހެހެ
ބަޢާވާތް ބަޢާވާތް ބަޢާވާތް...އިމްރާނަކީ ވަރަށްރަގަޅު މީހެއް. ޠާމީންވެސް އިމްރާން ގެއަށް ދޫކުރި، ވީމާ އެކަން އިމްރާނަށް އެގޭ. އަދި ޔާމީނަށް ލުއިތަކެއް ދިނަސް ނުދިނަސް އިމްރާން ވަކިކުރާނެ.. ވީމާ، ބުއްދިވެރިގޮތަކީ ބާރުްއޮތްއޮރު އަވަހަށް ޔާމީން ދޫކޮށްލުން. ބޭސްފަރުވާގެ ނަމުގައި ނަމަވެސް ގެއަށް ފޮނުވާލާ އަދި ބޭރަށްވެސް ފޮނުއްވާ. މިސަރުކާރުން ދެއްކީ ހުސް ހޮޅިވާހަކަ ކޮރަޕްޝަނޭ ކިޔައިގެން. ޢެއްވެސް މީހެއްގެ މައްޗަށް ދައުވާވެސް ނުކުރެވުނު...ސަރުކާރު އިސްތިއުފާ...
ޙަޤީޤަތްވާނީ ހަޤީޤަތަށެވެ. ހުރިހާކަމެއް ކުރީ އަދީބެވެ.
ދީނަށް ލޯބިކުރާ އަދި މިޤައުމުގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް ފުރުޞަތު ދިނުމަށް ބޭނުން ނުވާމީހަކު މިސަރުކާރަށް ތާއީދެއް ނުކުރާނެއެވެ. މިވެރިކަމުގެ ފަރާތުން ފެނިގެންދަނީ އެހެން ދީންތަކަށް ފުރުޞަތު ފަހިކުރުމަށް މަސައްކަތް ކުރަމުން ގެންދާތަނެވެ.
ރައީސް ޔާމީން އިސްވެ ޑީލެއް ނުހަދާނެ! ހެދިްޔާ ހެދީ ސޭކު!
"ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމުން މުނާޒަށް ކަރެކްޝަންގެ ވެރިޔާގެ މަގާމު ދެއްކީ ޤާނޫނުގައި ބުނާ ޝަރުތުތައް މުނާޒްގެ ކިބައިގައި ހަމަ ނުވުމުން ޤާނޫނު ވެސް ބަދަލު ކޮށްގެންނެވެ."
ދެން މުނާޒްގެ ވާހަކަ ހުންނާނެގޮތާމެދު ސުވާލެއްނެތެވެ. މުނާޒު ޖަޒުބާތުވީ. ފެންވަރުނެތީމަ މަގާމުން ދުރުކުރީ ހިންގޭނެ ކެޕޭސިޓީއެއްއނެތް.
ތިމާޔާއި ޙަވާލުވި މަސްއޫލިއްޔަތު އަދާނުވުމުން އެހެންމީހުންނާއި މާބޮޑަށް ޒާތީ ވަނީ، އިމްރާނު ރައީސް ޔާމީނާއި ބައްދަލު ކުރެއްވީ ދަންވަރު ވަގުވަގަށް ފިލައްވައިގެން ގޮހެއްނޫން، ހާމަކަން ބޮޑު ގޮތަށް ބައްދަލު ކުރެއްވީ، ބައްދަލު ވުމުގައި ދެއްކެވި ވާހަކަތަށް އަޑުއެހިބަޔަކުވެސް ތިބި އަދި އެބައްދަލުވުން ޔައުމިއްޔާ ކުރެވިފައިވެސްވާނެ މުނާޒު ބޭނުމިއްޔާ އޭގެ ކޮޕީއެއްވެސް ލިބިދާނެ، ތިކުރި ޓްވިޓުން އަގު ވެއްޓޭނީ ހަމަކަލޭ
ހަމަ ރަނގަޅަށް ތިހެދީ. މުނާޒް ވަކިކުރުން މާ ލަސްވި ކަމަށްވެސް މިހާރު ގަބޫލު ކުރެވޭ. ޖަލުގައި ހުރި ވަކި މީހަކާއި ތިހާ ހަސަދަ ލައިގެން އުޅޭ މީހަކު ޖަލު ބަލަހައްޓާ އިސްމީހާގެ ގޮތުގައި ހުރުމަކީ ޖަލުގައި ތިބި މީހުންނަށް ލިބޭނެ އަނިޔާއެއް. މުނާޒުގެ ނަޒާހާތްތެރިކަން ނެތްކަން އަމިއްލައަށް ފަލީހަތްވީ.
މުނާޒު ވަކި ކުރާނެކަން އޭރުވެސް އެނގޭ. ޢިންތިހާބާ ދިމާކޮއްފަ ޢިމްރާނު ހަދާ ޑީލުތަކާގުޅިގެން ބޮޑެތި މުޖުރިމުން ގެޔަށް ބަދަލު ކޮއްދޭން އެއްބަސް ނުވި ހިސާބުން ބޭރުކުރަން ހިފިކަން އަހަރުމެންނަށް އެނގޭ
ޖަލާށް އަންނަ ދުވަސްދުވަހުވެސް އަހަރުމެން ކުރިމަތީގަ އިމްރާނު އަންނިއަށް ބަވާފަ އެދަނީ. ޢެހެންވީމަ ޑީލު ހަމަ ޔަގީން
މިނިސްޓަރު ކާރީ އަހާބާލަ 30 މިލިޔަން ރުފިޔާގެ ގޮޅިބަރި މާފުށީގަ ތިއަޅަނީ އިއުލާނުކޮއްގެންހޭ؟ ކޮބާ މާލިއްޔަތު ގާނޫނޫ؟ އަދިވެސް އަނގަ...
ހެހެހެ. މުނާޒު ދެން އެންމެ ރަނގަޅުވާނީ ވެދިޔަ ކަންތައް މަތިން ހަނދާން ނައްތާލާ އަނގައިން ނުބުނެ ހުރެ ދިރިއުޅުމައިގެން ކުރިއަށް ދިއުން. ތިކަންތައްގަނޑުގެ ތެރެއަށް އަނބިކަނބަލުންވެސް ވަދެވަޑައިގެން ތިޔަ ސަކަރާތް ޖައްސަވާނެކަމެއްނެތް. ތިޔަ ކަމުން ހާސިލުވާނެ އެއައްޗެއްވެސް ނޯންނާނެ. މީހުންގެ ރުހުމެއްވެސް ނުލިބޭނެ. ތިޔައީ ވިސްނޭމީހުން ކަންކުރާނެ ގޮތެއްނޫން
މިހާރު ޢެބަ ތިލަވޭ. ޙުސްނުސުއޫދު ނަގާފަ، މަރުކޮމިޝަނަށް އެންމެ ކަމުދާ އެކަކު ތިޔައީ، މުނާޒު.
"ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމުން މުނާޒަށް ކަރެކްޝަންގެ ވެރިޔާގެ މަގާމު ދެއްކީ ޤާނޫނުގައި ބުނާ ޝަރުތުތައް މުނާޒްގެ ކިބައިގައި ހަމަ ނުވުމުން ޤާނޫނު ވެސް ބަދަލު ކޮށްގެންނެވެ." މިވަރުން މުނާޒުގެ ފެންވަރު އެބަ އެނގޭ. އެހެންމީހުންނާ ދިމާކޮށް ފަހަތުން ތި ދުވަނީ ލަދެއް ހަޔާތެއް ނެތީމަ.
ޔާމީން ނޫޅެ އިމްރޯނުކަހަލަ ގަޅިޔަކާއެކު ޑީލް ހަދާކަށެއް