ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހެއް ކަމަށް ކޮވިޑް-19 އާ ގުޅޭ އެއްވެސް ކަމަކަށް ސަރުކާރުން ދޮގު ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ކޮވިޑް-19 ޖެހިފައިވާ މީހުން ރާއްޖޭގައި އެބަ ތިބި ކަމަަށާއި ނަމަވެސް ސަރުކާރުން އެކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެ ހުދު އޭނާއަށްވެސް އެތައް ބައެއްގެ ޝަކުވާތަކެއް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ލިބިފައިވާ ކަމަށެވެ. ނަމަވެސް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންނަށް ސަރުކާރުން އޮޅުވާ ނުލާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ފުރިހަމަ މައުލޫމާތު އެއްވެސް ފޮރުވުމެއް ނެތި ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަ ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ކަރަންޓީން ކުރި މީހުންގެ މައުލޫމާތާއި އެ ބައްޔަށް ޓެސްޓު ކުރެވުނު މީހުންގެ މައުލޫމާތުތައް ސަރުކާރުން ރައްޔިތުންނަށް ހިއްސާ ކުރަމުން ގެންދާ ކަމަށް އީވާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ކަންކަން ސިއްރު ކުރާ ކަމަށް ހީވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެގޮތަށް ރައްޔިތުންނަށް ކަންކަން ސިއްރުކޮށް ފޮރުވާފައި އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރާއްޖެއަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ މި ސަރުކާރުން އެކަން ރައްޔިތުންނަށް އެއްވެސް ފޮރުވުމެއް ނެތި ހާމަ ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ތަކުރާރުކޮށް އީވާ ވިދާޅުވިއެވެ.
ބައްޔާއި ގުޅިގެން އީވާ ވިދާޅުވީ އެ ބަލި ޖެހިފައިވާ ކޮންމެ މީހަކީ ސީރިއަސް ހާލަތަކަށް ދާ މީހުންނެއް ނޫން ކަމަށެވެ. އަދި އެ ބަލި ޖެހޭ އެންމެ މަރުނުވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ރޭ ވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު މިހާތަނަށް ފެނިފައި ނުވާ ކަމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
އޮޅުވާލައިގެންއައިސަރުކާރު
ލދނސަރުކާރު
އިންޑިއާގެމުސްލިމުންނާދެކޮޅުސަރުކާރު
ސަރުކާރުން ހަދާނެއެއްޗެއްވެސް އެނގެނީ މަޖިލީހަށްތަ.
ކަލޭމެން ދައްކާ ވާހަކަ ޤަބޫލުކުރި ދުވަސް މާޒީ ވެއްޖެ... މިހާރު އެނގޭ ތިޔަބައިގަނޑުގެ ހަޤީޤަތް
ނުކެރޭނެ އަންގާކައް ކަލޭމެން އެމީހަކު ދިރި ހުއްޓާ ވަޅުލަފާނެ ކަލެމެންނީ ލާދީނީމީހުން
ލުތުފީ އެމްބަސީގައި ފިލާއޮއްވާ އެހެން މީހުން ފަޅާއަރުވާލީމަ ދެން އެންމެންނަށް އެކަން އެންގި ގޮތަށްވެސް ތިމީހުން ކިޔާނީ ހަމަ ސިއްރުނުކޮށް އެންގުމޭ އެއީ. ލަދެއް ހުރި ބައެއް ނޫންވީމަ އަނގަ އޮތިއްޔާ އެއްޗެކޭ ކިޔާނެ.