ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް އެއްހާސް ހަތްސަތޭކަ ސާޅީސް (161،740) ބެޑް ނައިޓް ކެންސަލްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ޤައުމާއި މުޙާތަބުކުރައްވަމުން ރައީސް ވިދާޅުވީ، މި ހިނގާ މާރޗް މަހުގެ ފުރަތަމަ 10 ދުވަސް ތެރޭ އެކަނިވެސް ރާއްޖެ އައި ފަތުރުވެރިންގެ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާ ބަލާއިރު، 22.8 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.
އަދި ރާއްޖެ އަކީ ކޮވިޑް 19އިގެ ސަބަބުން އެންމެ ބޮޑަށް އިގްތިސާދަށް އަސަރު ކުރާނެ އެއް ޤައުމުކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް އެއްހާސް ހަތްސަތޭކަ ސާޅީސް (161740) ބެޑް ނައިޓް ކެންސަލް ވެއްޖެ. މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވާ ނިސްބަތަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާ ކިޔާ ބަލާއިރު 12 އިންސައްތަ އާއި 35 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވެ." ރައީސް ވިދާޅުވިއެވެ.
ކުރިން ސަރުކާރުން އަންދާޒާ ކުރީ މި އަހަރުގެ ފަތުރުވެރިކަން 8 އިންސައްތަ ކުރިއަރާނެ ކަމަށް ނަމަވެސް ފަތުރުވެރިކަން އެ މިންވަރަށް ކުރި ނާރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޖީޑީޕީ ހުންނާނެ ކަމަށް ލަފާކުރި 7.5 އިންސައްތަ ކަމަށް ވާއިރު އެ ހިސާބުތަކަށް ވެސް ބަދަލު އަންނާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކޮވިޑް 19 އައި ގުޅިގެން، ޖީޑީޕީ ކުރިއަރާނެ ކަމަށް ބެލެވެ މިންވަރު 0.5 އިންސައްތަ އާއި -5.6 އިންސައްތަ އައި ދެމެދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާ އާއި ހަމައަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ގޮތުން ދަތިވި ނަމަވެސް، ކާޑުގެ ބާވަތްތައް ހުސް ނުވާނެ ކަމަށާއި، ބޭސް ވެސް ދަތިކަމަކާއި ނުލާ ލިބޭނެކަން ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި އާއްމުންނަށް ލިބޭ އެއްވެސް ޚިދުމަތަކަށް ދަތިކަން ނުފޯރާނެ ގޮތަށް ކަންކަން އިންތިޒާމް ކުރައްވާނެ ކަމަށް ރަައީސް ސާލިހު ވިދާޅުވިއެވެ.
ޢަދިވެސް ފަރަންޖީން އަންނަވަރު .ަދިވެގެން . އެހެންތާވާނީވެސް އަމިއްލަ ވިޔަފާރި ދައްވާރީ!!
ފުރާނަތަކަށްވުރެން ލާރި މުހިންމު ވެއްޖ
ދިރިތިބިންނަށް ހުރި އިބުރަތެއް! ކަލޭމެންނަކީ ކަލެމެންނަށް ވެރިކަން ނުލިބުނީތީވެ އޭރު އެ އޮންނަ ސަރުކާރަކަށް ދަތިކުރުމަށް ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓްކުރުމަށް ގޮވާ ދުނިޔޭގެ ޤައުމުތަކަށް ދަތުރުކުރި މީހުން! މިއަދު އޭގެ ހިތިރަހަ ތިއޮތީ ފެނިފައި!
ސިޔާސީ މީހުންގެ މުސާރައިގެ ވާހަކަ ނުދައްކަ އެވެ. އަދި މަޖްލިސް މުސާރައެވެ .
އަލްހަމްދުލިﷲ. ތިކަހަލަ ނާގާބިލު މީހުން އައިމަ ހުރިހާ ކަމެއްވެސް ވާނެ. ކަލޭ އިސްތިއުފާ
އަލަށް ބުކިން ހަދާވަރު މާގިނައޭ މާކުއްޖާ ބުނީ. ކޮބާ އެސޮރު؟ އެކަކު ގެއްލިގެން ހޯދަނިކޮށް ފެނުނުއިރު އަނެކަކު ގެއްލިއްޖެ.
ސޯލިބޭ ހާދަ ހާސްވެފަހެން ހީވެޔޭއެބަ ހަމަހާސްވީތަ ޔާމީނުގެ ވެރިކަމުގައި ސޯލިބޭމެންގޮވި ގޮވެލިފަތި މިއޮތީ ސޯލިބެޔަށް ލިބިފައި ދެން ކޮންކަމަކާތަ ހާސްވާންވީ އެމް ޑީ އެން އަދި ސަހިންދާ އެބަހުއްޓެއްނު މީހަކު ލިޔެލާ އެއްޗަކުން ކިޔާލާ އެއްޗަކުން އިގުތިސޯދު ފުނޑޭތަ ސޯލިބޭ އަގީދާ ވަރުގަދައިއްޔާ ސޯލިބޭ...
ދިރިތިބިންނަށް ހުރި އިބުރަތެއް! ކަލޭމެންނަކީ ކަލެމެންނަށް ވެރިކަން ނުލިބުނީތީވެ އޭރު އެ އޮންނަ ސަރުކާރަކަށް ދަތިކުރުމަށް ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓްކުރުމަށް ގޮވާ ދުނިޔޭގެ ޤައުމުތަކަށް ދަތުރުކުރި މީހުން! މިއަދު އޭގެ ހިތިރަހަ ތިއޮތީ ފެނިފައި!ހުންނާނީ ރާކަނި މަސް ކެވިފަ !1111