ކޮވިޑް-19 އާގުޅިގެން ހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑިޕީން ހިންގަމުންދިޔަ ހުރިހާ ކެމްޕޭން ހަރަކާތްތަކެއް ހުއްޓާލައިފިއެވެ.
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެމްޑިޕީން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިދިޔަ ބުރާސްފަތި ދުވަހު ދެެއްވި އިރުޝާދުތަަކަށް އެމްޑީޕީންމަރުޙަބާ ކިޔާ ކަމަށާއި، އަދި ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރެވިފައިވުމުން، އެ ޕާޓީގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލާފައިވާ ކަމަށެވެ.
"ކޮރޯނާ ވައިރަސް އާގުޅިގެން ރައްޔިޔުންގެ ކިބައިން ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި މި ޕާރޓީގެ މެމްބަރުންނާއި އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތްކަމުގައި ދަންނަވަން". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އަދި އެމްޑީޕީމް ވަނީ މި ދަނޑިވަޅުގައި، އިންތިޚާބުގެ ކެމްޕޭނުގެ ޙަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް މި ޕާރޓީގެ ހުރިހާ ކެންޑިޑޭޓުންނަށާއި ކެމްޕޭން ޓީމުތަކަށް އަންގާފައެވެ.
ކޮން ދޮގެއް... ބަރާބަރަށް ކެމްޕެއިން ދަނީ ކުރިއަށް
ދެން ކޮން އިރަކުތަ ފަށާނީ
ވަރަށް ރަނގަޅު ނިންމުމެއް، އެކަމަކު ހުންނާއްނަނީސް އެއްމެފަހުން އެސޮރު ރަޖާލީތަ، ރާއްޖޭގެ ދިރިއުޅޭ އެއްމެން މި ބޮޑު ނުރައްކާ ވަބާއިން ސަލާމަތްކޮށް ދުޅަހެޔޮ ޞިއްހަތެއްގައި ބޭތިއްބުމަށް ބާރުއަޅާ ސަރުކާރުން އަޅަމުންދިއަ ފިޔަވަޅުތަކަށް ފާޅުގައި ދެކޮޅުހަދަމުން އެދިއައީ ކޮން ސިޔާސީ މަންފާއެއް ނެގުމުގެ ބޭނުމުގަބާ؟ ރައީސް އިބޫ ޞޯލިހަކީ ކަމެއްކުރެވޭ މީހެއްނޫންކަން ރައްޔިތުންނަށް ދެއްކުމުގެ ބޭނުމުގަބާ؟
ތިޔައީ ވ. ދެރަކަމެއް .މަރުވިޔަސް ތިޔަކަން ހުއްޓާލާއިގެން ނުވާނެނު. ނަޝީދޭ ކިޔާ މީހަކު ބުންޏެއް ނޫންތަ ކަރަންޓީން ކުރާކަށް ނުޖެހެއޭ ރަޖާލާކަށް ނުޖެހެއޭ. ދުނިޔެއެއް ނުހުއްޓުވޭނެއޭ ރާއްޖޭއެއް ނުހުއްޓުވޭނެއޭ. ކިބިނެއްވޫބާ ގަދަ ބަސް ބުނެފަ މައިތިރިވޫ.އިޓާލީގައި އެންމެ ގަދައަށް ފެތުރިގެން އުޅުނުއިރު ވެސް މީހުންގެނައޭ ލާރިއާހެދި.