ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީ އިން ގެނބުނު ތިން ކުދިންގެ ތެރެއިން ސަލާމަތްވި ރާއިފް ސަލާމަތް ކުރުމުގައި މެދުވެރިއަކަށްވި ހަސަން ދީދީ އަށް "ވަގުތު" އިން ކޮންމެ މަހަކު ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
ހަސަން އަކީ އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހްރޫމް ވެފައިވާ ބޭފުޅެކެވެ. ތިން ކުދިން ގެނބެމުންދާ މަންޒަރު ފެނުމުން ހަސަން ވަނީ ފަސްޖެހުމެއް ނެތި މޫދަށް އެރި ރާއިފް ސަލާމަތް ކޮށްފައެވެ. ނަމަވެސް ރާއިފް ސަލާމަތް ކުރުމަށް ފަހު ހަސަން ބަލާލިއިރު އަނެއް ދެކުދިން ގެއްލިއްޖެއެވެ.
ހަސަން އަށް މާލީ އެހީއެއް ދޭން ނިންމީ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ހަމައެކަނި ސެޓްފިކެޓަކުން ނުވަތަ ހަނދާނީ ފިލައެއް ދިނުމުން އަގުވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ކަމަކަށް ވާތީ ކަމަށް "ވަގުތު" އިން މައުލޫމާތު ދެއެވެ.
"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މިއަންނަ މަހުން ފެށިގެން ކޮންމެ މަހަކު ހަސަން އަށް "ވަގުތު" އިން މާލީ އެހީއެއް ދޭނެ ކަމަށާއި ހަސަން އަށް ދޭނެ މާލީ އެހީގެ މައުލޫމާތު ހިއްސާ ކުރާނީ ހަމައެކަނި ހަސަން އާއި ކަމަށެވެ.
"މިއަންނަ މަހުން ފެށިގެން އިރާދަ ކުރެއްވިއްޔާ ހަސަން ދުނިޔޭގައި ހުރިހައި ދުވަހަކު އަޅުގަނޑުމެން ހަސަން އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭނަން. އަދި ޖުލައި މަހު އައްޑޫގައި އޮންނަ ވަގުތު ފުޓްސަލް މުބާރާތުގައި ހަސަން އަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އަޅުގަނޑުމެން އަރުވާނަން." އޮފިޝަލް ވިދާޅުވިއެވެ.
"ވަގުތު" ގެ އޮފިޝަލް ވިދާޅުވީ ހަސަން އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއް މަޤުޞަދަކީ އާދަޔާއި ހިލާފު ހިތްވަރު ކުރާ ހަސަން ފަދަ ފަރާތްތަކަށް ހިތްވަރުދީ އެހެން މީހުންނަށް އެހީތެރިވުމުގެ ރޫހު އެންމެންގެ ތެރޭގައި ވެސް އަށަގެންނެވުމުން ކަމަށެވެ.
ހަސަންގެ އަގު ވަޒަން ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވެސް މާދަމާ ހަފްލާއެއް ބާއްވަން ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ.
"ވަގުތު" އަކީ މީގެ ކުރިން ވެސް އިޖުތިމާޢީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ނޫހެކެވެ. ބަލި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ބަލި މީހުންގެ ވާހަކަތައް މީޑިއާ މެދުވެރިކޮށް ގެނެސްދީ އެމީހުންނަށް އެހީތެރިވެވޭނެ މަގު އާންމު ރައްޔިތުންނަށް ފުރަތަމަ ތަނަވަސްކޮށްދިން މީޑިއާ އަކީ ވެސް "ވަގުތު" އެވެ.
އައްޑޫ ސީޓި އަށް ނިސްބަތްވާ "ވަގުތު" އަކީ މިހާރު ރާއްޖޭގެ ދެވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ އޮންލައިން ނޫހެވެ. ދުވާލަކު "ވަގުތަށް" ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.
މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުން އެއީ މުޅިދުނިޔޭގެ އެންމެންގެ ފުރާނަ ސަލާމަތް ކޮށްދިނުން. އެހެންކަމުން އެފަދަ މީހަކަށް މާތްﷲގެ ޙަޒްރަތުގައި ވަރަށްބޮޑު އަޖުރު ވާނެ.
އަލްހަމްދުލިއްލާހި
މާޝާﷲ
ސާބަހޭ ވަގުތު ނޫހަށް!
ޙަސަންގެ އަމިއްލަ ދިރިއުޅުމާއި ބެހޭ ލިޔުމެއް ގެނެސް ދެއްވުން އެދެން!
ދިސް މޭން ޑިސާވް ޝަހީދު އުމަރު ޖަވާދު މެޑަލް... ?♂️
ވަގުތު އިން ތިކުރަނީ ރަނގަޅު ކަމެއް، އެކަމަކު ވަގުތު ނޫހުން އެހެން މީހުންނަށް ދޭން ޖެހޭ ރުފިޔާ ދީބަލަ، ދަރަނި އަދާ ކޮށްފަ ތިކަހަލަ ކަންތަށް ކުރާނީ
ތާޢީދު
ވަގުތު ނޫހަށް ކާމިޔާބާ ކުރިއެރުން ދެއްވާންދޭ
ރޮވިއްޖެ ....
ފުރަތަމަ ބަލަންވީނު މުވައްޒަފުން ކުރާ މަސައްކަތުގެ އުޖޫރަ ފުރިހަމަ އަށް އަދާ ކުރެވޭތޯ. ޙަފްތާކު އެއްފަހަރު ބުނެ ކިޔައިގެން ހާހެއްހާ ރުފިޔާ ތި ދެވެނީ އެ ވެސް މަސް ދުވަހައްވުރެ ބޮޑުކޮށް ޕެންޑިންގަ އޮވެ. ޓިތަނުގަ ކިތައްމެ ދުވަހަކު ވަޒީފާ އަދާކުރިޔސް ބެންކަކުން ލުއި ލޯނު ގަނޑެއްވެސް ނެގޭގަށް ނޯވޭ މުސާރަ ޖަމާކުރި ސްލިޕެެއް ދެވެން ނޯންނާތީ...ދެން އެ ފަކީރަށް ވެސް އެ ގޮތަށް އެހީވާން ތި އުޅެނީ؟ ފުރަތަމަ މުވައްޒަފުންގެ ހައްގު އަދާކޮށް ނިންމާ..ނޫނީ ޓްރައިބިއުނަލަށް ދާން ޖެހިދާނެ.