ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް ކުނިކަހާ މީހުން ހޯދަން އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގައި ދެ އަހަރު ދުވަސް ވަންދެން ކުނި ކެހުމުގެ ވަޒީފާ އަދާ ކުރާނެ 200 ދިވެހިން ބޭނުން ވާ ކަމަށެވެ.
މީގެ ތެރެއިން 150 މީހުން ހޯދަން ބޭނުންވަނީ މާލެއަށެވެ. އަދި 50 މީހުން ހޯދަން ބޭނުންވަނީ ވިލިމާލެއަށެވެ.
އެ އިއުލާނުގައިވާގޮތުން، އެ މީހާކު ވަނީ ޖެހޭނީ އުމުރުން 50 އަހަރު ދަށުގެ މީހަކަށެވެ. އަދި އެ މީހާއަކީ އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި ސިއްހީ ގޮތުން ރަނގަޅު މީހަކަށް ވާން ޖެހޭނެއެވެ.
ވެމްކޯއިން ބުނީ، ވަޒީފާއަށް އެދި ހުށަަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ފޯމް މައި އޮފީހުގެ ކައުންޓަރުންނާއި އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ ހުށަހަޅަން ޖެހެއެވެ.
ވެމްކޯގެ އެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އޮތީ އަންނަ ބްރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. އެ ތަކެތި ހުށަހަޅަން ޖެހެނީ ވެމްކޯގެ މައި އޮފީހަށެވެ.
މުސާރަ އާއި އިނާޔަތް ކިހާވަރެއްތޯ. އަޅުގަނޑުމެން މިތިބީ ދާންތައްޔާރަށް. ވެމްކޯއަށް ވެސް އެނގިލައްވަންޖެހޭނެ، މާލޭގެ ގެދޮރުނެތްމީހަކު މަސައްކަތްކުރަން މާލެގޮސް އުޅެންޖެހޭނެ ހާލު. އެހެންވީމާ މުސާރައާއި އިނާޔަތް އެނގުމުން މިތިބީ ވަޒީފާއަށް އެދިގެން. ކުނިކެހުމާއި ކުނި ނެގުމަކީ އަޅުގަނޑުމެން ލަދުގަންނަ ކަމެއްނޫން.
ސާބަހޭ ދަރިޔާ
ވެމްކޯގާ ތިބި އުމުރުން ދުވަސްވީ މީހުން ވަޒީފާ އިން އެއްފަާރާތް ކޮއްމިފަދަ ދަޑިވަޅެއްގާ ވަރަށް ނިކަމެތި ގޮތެއް ތިހަދަށްވަނީ.
މުއްދަތު ކުޑަ އެވެ. ބިދޭސީން ނުގެންނާށެވެ.
ޥަރަށް ޜަންގަޅު ނިންމުމެއް. މިދުވަސްވަރު ގިނަ ދިވެހިންތަކެއްގެ ވަޒީފާ ގެއްލިދާނެ. ބިދޭސީން މަދުކޮށްފަ ދިވެހިންނަށް މިފަދަ އެކި ފުރުސަތުތައް ހޯދައިދިނުން މުހިންމު.
ބަލަ ދިވެހިންނޭ މިވަނީ ކިހިނެއް މިވާއެއް ޗެއްއެބައިގޭތަ އެއްކޯޅުން ވަކިކުރަނީ އަނެއްކޯޅުން ވައްދަނީ
ކުނި ކަހާމީހުން ކޮންމެރެޔަކު ނެރިގެން މަސައްކައް ކުރުވާއިރުގައި އެމީހުންނައް ރިސްކް އެލަވަންސްވެސް ނުދޭ. އެމީހުން ނަކައް ބަލާލުމެއް ނޯވޭ. ކޮވިޑް 19 ގެ ބިރިވެރި ހާލަތުގައިވެސް ކޮންމެރެޔަކު ކަނބަލުން އެ ބުރަ މަސައްކަތުގަ. އެމީހުން ނައް އެއްވެސް ލުޔެއް ނެއް. އެމީހުން ނާ ދޭތެރޭގައި ވެމްކޯއިން ކަންތައް ކުރަނީ ބަލައިގަނެވޭ ފަދަގޮތަކައް ނޫން.