ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކި މިންވަރު މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ މިއަހަރުގެ 16ވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 23ވަނަ ދުވަހާއި ހަމައަށް ދައުލަތުން ވަނީ 448.5 މިލިއަން ރުފިޔާ ދައުލަތުން ނަގާފައިވާ ލޯނުތަކަށް ދައްކާފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރު ދައުލަތުން ލޯނުތައް ހޭދަކޮށްފައި ވަނީ 418.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު މިވަނީ މިދިޔަ އަހަރަށް ވުރެ އިތުރަށް 30.2 މިލިއަން ރުފިޔާ ލޯނުތައް ދެއްކުމަށް ހޭދަކޮށްފައެވެ.
ސަރުކާރުން ނަގާ ލޯނުތައް ދެއްކުމަށް ސަރުކާރުން ހާއްސަ އިސްކަމެއް އަންނަނީ ދެމުންނެވެ. އެގޮތުން 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ލޯނުތައް ދެއްކުމަށް އެކަނިވެސް ސަރުކާރުން ވަނީ 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
ރާއްޖޭގެ އިގްތިސޯދަށް ވަނީ ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ މަހުން މަހަށް ދަަށްވަމުން އަންނައިރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 23ވަނަ ދުވަހާއި ހަމައަށް ދައުލަތަށް ލިބުނު އާމްދަނީގެ އަދަދަކީ 5.3 ބިލިއަން ރުފިޔާއެވެ.
ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ދަށްވެފައި ވާތީ ސަރުކާރުން ވަނީ ލޯނުތައް ދެއްކުން ފަސް ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް މީގެކުރިންވެސް ބުނެފައެވެ.
ދައްކަންޖެހޭ އެއްޗެއް ދަންކަންޖެހޭ މުއްދަތުގަ ދައްކަން ޖެހޭނީ. އިތުރުވިޔަސް މަދުވިޔަސް. ކުރިން ނެގި ބައިގެ ބޮޑުބައި ހިލަވެއްޔާ ސިމެންތިއާ ތާރުން ފެންނަން ހުއްޓަސް ފަހުން ނެގި ބައި މިދަނީ ޖަމަލު ފޮޑިއަށް.