ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މާސްކް އަޅުއްވައިގެން ތިއްބަވައި، މަޖިލިހުގެ ޖަލްސާ މިއަދު ފަށައިފިއެވެ.
މަޖިލިހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައި ވަނީ ވަކި ޝަރުތުތަކާ އެކުގައެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަޖިލިހުގެ އިދާރާ އަށް ވަނުމުގެ ކުރިން ހުން ހުރިތޯ ޗެކް ކުރެއްވުމެވެ. އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި ބޭފުޅެއް ނަމަ، ޖަލްސާ އަށް ވަޑައިގަންނަވައިގެން ނުވާނެ ކަމަށް ވެސް އެޗްޕީއޭ އިން ޝަރުތު ކުރިއެވެ.
މަޖިލިހުގެ އިދާރާގައި ޖަލްސާ ބާއްވަން ނިންމުމާ ގުޅިގެން އެކަމަށް ގިނަ މެމްބަރުންތަކެއް އިޖާބަ ދެއްވިއެވެ.
އެގޮތުން ހުރިހާ މެމްބަރުން ހެން މަޖިލިހަށް ވަޑައިގެންނެވީ އެޗްޕީއޭ އާއި މަޖިލިހުގެ އިދާރާގެ އިރުޝާދާ އެއްގޮތަށް މާސްކް އަޅުއްވައިގެންނެވެ. އަދި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދާރީ މުވައްޒަފުން ވެސް ތިއްބެވީ މާސްކް އަޅުއްވައިގެންނެވެ.
މީގެކުރިން ބޭއްވި މަޖިލިހުގެ ޖަލްސާތަކާ ހިލާފަށް މިއަދުގެ ޖަލްސާގައި މެމްބަރުން ތިއްބެވީ ފުދޭ ވަރަކަށް ދުރުގައެވެ. މަޖިލިހުގެ އިދާރާ އިން ފެންނަ މަންޒަރަށް ބަލާ އިރު، ވަރަށް ބޮޑަށް ގައިދުރުކަން ފަރިތަ ކުރަމުން އަންނަ މަންޒަރު ފެނިފައިވެއެވެ.
އެޗްޕީއޭ އިން ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުން އެކަކު އަނެކަކާއި ދެމެދު ގައިދުރުކަން ބެހެއްޓުމަށާއި ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނެޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ ކަމަށެވެ.
އަދި ޖަލްސާކުރާ މާލަމުގައި ހުންނަ ގިނައިން އަތްލާ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓު ކުރުމަށް ވެސް ވަނީ އަންގައިފައެވެ.
ރާއްޖެއިން ކޮވިޑް-19އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. ސަރުކާރުން އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަން ދެން އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ކުރިން އޮތީ ހަމަޖެހިފައެވެ.
މަޖިލިހުގެ ޖަލްސާގައި މިއަދު އެޖެންޑާކޮށްފައި އޮތީ ކައުންސިލަރުންގެ ދައުރު ދިގު ދެންމުމާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލާ މެދުގައި ގޮތެއް ނިންމުމެވެ. ނަޝީދު މީގެކުރިން ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރެވެން އޮތީ މަޖިލިހުގެ އިދާރާގައެވެ.
މަޖިލިސް ބާއްވާނެތަނާއި ވަގުތު ކަނޑައަޅާނީ މަޖިލިސް އިދާރާއިން، މެމްބަރަކު މަސްއޫލިއްޔަތު އަދާކުރުމަށް ހުރަހެއްނެތި މަޖިލިސްއަށް އައުމާއި ދިއުމުގެ ހައްޤު 5/2013 އިމްތިޔާޒު ޤާނޫނުގެ 3ވަނަ މާއްދާގެ ށ އިން މެމްބަރުނަށް ކަށަވަރު ކޮށްދީފައިވޭ
އަންނި ކަންތައްކުރިގޮތް ރަނގަޅު. އެހެން އޮފީސްތަކުގެ މުއައްޒަފުންނަށް މާސްކު އަޅައިގެން މަސައްކަތް ކުރެވޭއިރު..މަޖިލީސް ބޭއްވެންވާނެ.
އަސްލުވެސްދޯ.. އެމީހުންވީމަ އޮންނާނެ ވަކި ކާރުވެސް... މަވެސް ދަން ޑިއުޓީއަައް.. އަމިއްލަމީހާ ބޮޑައް ސާފުތާހިރުކަން އިސްކުރަންވީ. މިތަން ހަމަ ހުޅުވާލާއިރަށް ދުފާފަ ރަތްކުޅު ޖަހާނެ
އަންނި ބުނެފި ނަމަ މައިމޫނާއަށްވެސް މަޖްބޫރު އޮފީސްތަކުގައި މަސައްކަތް ކުރަނީ އެތަނުގައި ލޮްކްވެގެން ތިބެއޭ
ގާނޫނުތަށް މުގުރާލީ ދޯ
ރައްޔަތުންނަ ވެސްއޮނަންވާނެ ދޯ މާސްކުއަޅާގެން ބޭރަދެވެންވާނެ..މިއީރާވައިގެން މިމީހުން ބޭރަ ނިކުންނަން ކުރިކަމެއް މީގެކުރީންވެސް ޖަލްސާ ބެއެއްވިޔެނޫން ކީއްވެ މިހާރުނުބެއެއްވެންވީ...
ގާނޫނާއި ޚިލާފުމިވަނީ އެގާނޫނު ތައް ހަދާފަރާތުން.. އެމީހުންނަށް ދަތިވީމަ ގާނޫނު ނުވޭ އެއްޗަކަށް.. އާންމުމީހާ ޚިލާފުވެއްޖެނަމަ އަދަބުލިބޭ.. މީ ތޯ އެޖެންޑާ 19 ގެ އިންސާފަކީ.. ހާދަ ހާވާ ޖާހިލިއްޔަޒަމާނުގެ އުސޫލުތަކެކޭ މީނާ މިގެންގުޅެނީ.. ބޮޑުންނަށް ގާނޫނު ނުހިގާ އެމީހުން ކުށް ކުށަކަށް ނުވޭ.. މީނާދޮގު ކިތަންމެ ވަރަކަށް ހެދިޔަސް އެކަމެއް ނުބެލޭ.. ހަމަ ދިވެހީން މިގޮތް ގަބޫލު ތޯ؟
ޚާއްޞަހާލަތަށް ޤާނޫނު ހެދުމުން އާންމު ކޮށް އަމަލު ކުރާ ހުރިހާ ގާނޫނެއް އެޙާއްސަ ހާލަތުގައި ހުއްޓުމުކަށް އަންނަކަންވެސް "އަލިހަންދްރޯ" އަށް ނޭގުނީބާ؟
މިހާރު ޕީޕީއެމް ކުދިންނަށް އަންނިވަރުގެ ރަނގަޅު މީހަކު ނުހުންނާނެ! އެއީ އެންމެ ދީންވެރި މީހާ! ޕީޕީއެމް ކުދިންނާ އެމްޑީޕީ އަންނި ފެކްޝަން ކުދިންނާ ގުޅި ލާމެހިއްޖެ! މިއޮތީ ވާ ދުނިޏެއެއް!
ޢުޗްޕީޢޭ ސަރުތަކުނެތްދޯ މާސްކުއަޅާކައް.. އެހެންގައުމުތަކުގައި މަޖުބޫރު ކަމެއް މާސްކުއެޅުން!!!
އަންނި ކުރިމަތީގައި އެޗް. ޕީއޭވެސް ޑީޕީވެސް ސައިޒްވާންޖެހޭނީ ، ސައިޒް ކުރާނެވެސްމެ