ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްފަހު، މާލެ ސަރަޙައްދާއި ބަލި ފެތުރިފައިވާ ރަށްރަށުގެ މިސްކިތްތައް ހުޅުވޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކޮށްފިއެވެ.

ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ފޭސްތަކަކަށް ބަހާލައިގެން އަމަލުކުރާނެ އުސޫލު ބަޔާންކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓެއްގައި ބުނެފައިވާ ގޮތުން މާލެ ސަރަޙައްދުގައި އާއި ކޮވިޑް-19 ފެތުރިފައިވާ ރަށްރަށުގެ މިސްކިތްތައް ހުޅުވާނީ ޖުލައި މަހު ފެށޭ ފޭސް-2 ގެ ދަށުންނެވެ.

އެގޮތުން ފޭސް-2 ގެ ފުރަތަމަ ދެ ހަފްތާގައި މިސްކިތްތައް ހުލުވާލި ނަމަވެސް ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ނުލިބޭނެއެވެ. ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ލިބެނީ މި ފޭސްގެ ތިންވަނަ ހަފްތާއިން ފެށިގެންނެވެ. ނަމަވެސް މިސްކިތްތަކުން ވުޟޫ ކުރުމާއި ފާޚަނާ ބޭނުން ނުކުރެވޭނެއެވެ.

މި ފޭސްގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުގެ ކުރުމުގެ ހުއްދަ ލިބިދިން ނަމަވެސް މިސްކިތުން ބޭރުގައި ޖަމާޢަތް ހެދުން މަނާވާނެއެވެ. އަދި މިސްކިތްތެރޭގައި ޖަމާޢަތުގައި ތިބޭއިރު، ތިބެންވާނީ މާސްކު އަޅައިގެން ކަމަށް އެޗްޕީއޭގެ ޑޮކިއުމެންޓުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ މިސްކިތުގައި ނަމާދުކުރުމަށް މުސައްލަ ގެންދަން ޖެހެއެވެ. އަދި ނަމާދުކޮށް ނިންމާފައި މިސްކިތުން ފައިބާ މީހުން، ނިކުންނަންވާނީ ސަފު ހަދައިގެން ގައިދުރުކޮށްތިބެ ކަމަށް އަންގާފައި ވެއެވެ. މީގެ އިތުރުންވެސް ކޮވިޑް-19 ގެ ރައްކާތެރި ފިޔަވަޅުތަކަށް، މި ހުއްދަ ލިބިގެންދިޔަ ނަމަވެސް ސަމާލުކަން ދޭންވާނެއެވެ.

މިސްކިތްތައް އާ އާންމު ހާލަތަކަށް ގޮސް، ޝަރުތުތަކެއް ނެތި ޖަމާޢަތުގައި ނަމާދުކުރުމާއި، މިސްކިތްތަކުން ވުޟޫކޮށް ފާހަނާ ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް ލަފާކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެއީ މިހާރު އޮތް ހާލަތު އިތުރަށް ގޯސްނުވެއްޖެ ނަމައެވެ.

މާލެ އިން ކޮވިޑް-19 ފެނުމުގެ ކުރިން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އަތޮޅުތަކުގެ މިސްކިތްތައް ބަންދު ކުރީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ ހަފްތާގައި ވަނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިސްލާމީ ގިނަ ގައުމުތަކުގެ މިސްކިތްތައް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައެއް ގައުމުތަކުން މިހާރު ދަނީ މިސްކިތްތައް ހުޅުވާލަން ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަނަމަނަ

    ޔަހޫދީންގެ ގާތުންދަސްކޮއްގެންއައިބަޔަކު ކަނަންތައްކުރާނީ ތިޔަބުނިއުސޫލުންކަން ވަރައްސާފްކޮން އެގޭ

    16
    2
    • އައްދޭ

      ޔަހޫދީން ކައިރިން ދަސްކޮށްގެން އައިސްދޯ ދެޙަރަމް ބަންދުކޮށްގެން އެތިބީ ވެސް. އެގުނުގޮްތް މާސާފެއް ނޫނެއްނު.

      2
      2
      • އީތޭން

        ހިރިހާ ތާކަށް ހައިރިސްކް ބޭފުޅުން އުޅުއްވާ ގޭގޭގަ އުޅުއްވާ ފަރާތްތަށް ދުރުވޭ... ހުރިހާ ތާކަށް، ދީމަލަކަށް ހައިރިސްކް މީހުންނާ މުސްކުޅި ބޭފުޅުން ވެސް ދުރުވޭ.... ހައިރިސްކް ބޭފުޅުންނަށް ރިސްކް ބޮޑު ވާ ހުރިހާ ތަނެއް ބަންދު ކޮށްފަ ބަހައްޓާ.. މަޖުލީހުގަ ވެސް އުޅޭ މުސްކުޅި އުމުރު މަތީގެ ބޭފުޅުން، މަޖުލީސް ވެސް ހުޅުވައިގެން ނުވާނެ... ރިސްކީ ކަމުން

  2. ސޔމ

    މިސްކިތަށް ވެސް ދެވެންވާނެ.

    15
    1
  3. ޤައުމު

    މިސްކިތުންތަ ތިޔަވަބާއެއް ޖެހެނީ ؟؟؟
    މީހަކު ބީތާވިޔަސް ތީ ބޮޑުވަރު
    ޙަމަ އެކަނި ނަމާދު ނުކުރެވެނީ
    ޜިސޯޓުތަކުގަވެސ 400 މީހުން އެއްފަހަރާގޮސް ކަނީ މޭޒުތައް ވަށައިގެން އޯކޭ!
    ޢެކަމަކު މިސްކިތަކަށް ނޭރޭ !

    19
    1
  4. ޓަކޮތިޗޮ

    ބަނގޮމެން ފެންވަރަނިވެސް މިސްކިތުން ކަމަމެއް ނުއެނގެނިތަ

    1
    1
    • ކިއާން

      ބަންގަލަދޭޝް މީހުން ފެންވަރަނީ އެމީހުންނަށް ދީފަ ހުންނަ ކުދި ހޮރުތަކުގަ ހުންނަ ފާހާނާއިންނާ ޕަބްލިކް ޓޮއިލެޓުން.... ބަންގަލަދޭޝް މީހުން ގެންނަ ދިވެހިންގެ ފެންވަރު ދަށްކަމާ އިންސާނިއްޔަތު ކުޑަކަން ހާމަ ވަނީ ..

  5. ޏ

    އެހެން ތަންތަން ހުޅުވަނީ ކީއްވެ؟ އެހެން ތަންތަނަށް ވެސް ދާނެ މުސްކުޅި މީހުންނާ ހައި ރިސްކް މީހުން ?

  6. Anonymous

    މުޅިޤައުމު ލޮކްޑައުންކޮށް ސަރުކާރުބަންދުކޮށް މީހުން ތަންތަނުގަ ބަންދުކޮށްގެން ގެންގުޅޭއިރު ވިސްނާލިބާ ރައްޔިތުންގެ ނިކަމެތިހާލަށް އެންމެނަކީ ސަރުކާރުން މުސާރަދޭ ބައެއްނޫން އެކިމީހުން ކާންބޯންކުރަނީއެކިމަސައްކަތް ރެއާދުވާލު މަސައްކަތްކޮށްލިބޭ މަދު ފައިސާކޮޅުން ކުލި ދައްކައި ކަރަންޓުބިލާ ފެންބިލްދައްކައ އެހެނިހެން ޒަރޫރީބޭނުން ތައްކުރަމުން ދަނިކޮށް 3 މަސްވަނދެއްމަސައްކަތެއްނުކޮށް ތިބެންޖެހިފައިމިވަނީ ސަރުކާރުން ޒައްރެއްގެ މިންވަރުވެސްދެނީކީނޫން ކުލިނުދެއްކި ކުއްޔަށްއުޅުން ތަނުން ނުކުންނަންޖެހިފަ ކާނެއެއްޗެއްނެތް އަދިވެސް ބަނދުގައި ބައިތިއްބަނީ މަގުމަތިކޮށް ބަނޑަށް މަރަންތަ؟ ޕާޓީކުދިންނަށް ދައުލަތުގެ ބަޖެޓުން ފައިސާދިނަސް ގިނަ ބަޔަކަށް އެއްވެސް އެހީތެރިކަމެއްނުލިބޭ

  7. ރައްޔިތުމީހާ

    މިއަންނަ އަހަރު ޖެނުއަރީއަށް ލަސްކޮށްނުލެވޭނެތަ؟ މިދެން ކިހާބޮޑުވެއްޖެ ކަމެއްތަ؟ މިސްކިތުންތަ ތިޔަ ބުނާ ކޮވިޑެއް ފެތުރެނީ! ތިބުނާ ގައިދުރުކަމެއް ބަހައްޓައިގެން މިސްކިތުގަ ނަމާދު ނުކުރެވެނވީ ކީއްވެ؟؟ އެކަނި ނަމަވެސް ނަމާދު ކުރަން މިސްކިތަށް ދެވޭވަރު ކޮއްލަދީ! ހެޔިނުވާނެ! މީ މުސްލިމުންނޭ!

  8. ކާފަބޭ2020

    މާލޭގެ 4 މިސްކިތަކުން 18ފަންކާ 1 މައިކު ވަގަށްނަގައިފި ގިނަފަންކާތަކެއް އެކަކުއެކަނިގެންދެވިދާނެބާ؟ އެންމެބޮޑެތި ސައިޒުގެފާ ރުގާހަ ރުކު ރާފަންކާވީމަ ބޮޑަށްޤަބޫލުކެ ރެވެނީ އެއްބަޔަކުކު ރިކަމަކަށް 1 މިސްކިތުން11ފަންކާ؟؟؟؟