ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު"ގެ ފްލެޓުތައް އަންނަ މަހު ފަހު ކޮޅު ހަވާލު ކުރެވެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން އާތިފާ ވިދާޅުވީ މިހާރުގެ ހާލަތަށް ބެލުމަށްފަހު އުއްމީދު ކުރެވެނީ އަންނަ މަހުގެ ތެރޭގައި ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރެވޭނެ ކަމަށެވެ.
"ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ނިންމިއެވެ. މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރު އާތިފާ ވިދާޅުވީ އެ މަސައްކަތް ނިމެން ދެ ހަފްތާ އަށް ވެފައި ވަނިކޮށް ކޮވިޑް-19 ގެ ސަބަބުން އެ މަސައްކަތް މެދުކެނޑިގެން ދިޔަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީ ސަރުކާރު އޮފީސްތައް ހުޅުވުމަށް ނިންމުމާއި އެކު އެ މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
"އެސަސްމަންޓެއް ނުނިމޭ. އެސެސްމަންޓް ނިމެން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފަ އޮއްވާ ބަންދުވެގެން އައީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ހުޅުވޭތާ ދެ ހަފްތާ ތެރޭގައި އެސަސްމެންޓް ނިމި، ލިސްޓު އިއުލާން ކުރެވޭވަރު ވާނެ ކަމަށް،" މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމު މިހާތަނަށް ސްކްރީންކޮށްފައިވާ ކަމަށެވެ. ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ ލިސްޓު އިއުލާންކުރަން ފްލެޓް ކޮމިޓީ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫއުގެ 7000 ފްލެޓް މި އަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ގެންނަން މި ސަރުކާރުން ވިސްނިއެވެ. ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެއެވެ. އެކަމަކު، ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އަދަދު މަދު ނުކުރުމަށެވެ.
އަލްޙަމްދުﷲ
ހިލޭތޯ؟ ކުލިއަށްތޯ؟ - އިގްތިސާދު ރަންގަޅު ކޮށްލީ ތޯ ނޫނީ ؟!
ތިފުލެޓުތައް ބަހަނވާނީ އެފުލެޓުތަކުގެ ހައްގުވެރިންނައް މުއީޒު ބެހިހެން ބަހައިގެންނުވާނެ އަޅުގަނޑުމެން މިތިބީ ވަންނާނެ ތަނެއްނެތިފަ އަވަހަށް ތިތަން ތަން ހަވާލު ކޮއްދެއްވުން އެދެން
މުއިއްޒު ބެހީ ބޭއިންސާފުންނޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް. އެމްޑީޕީ އެންމެ އިސްކޮށް އުޅުނި މަދަންނަ އެކްޓިވިސްޓުންނަށް ވެސް ފްލެޓް ލިބިފައިހުރީ. ދެން ކޯންޗެކޭ ކިޔާކަށް. ތިއުޅެނީ މުޅި އެތި ގަނޑުބަޑު ކޮއްލާ އަނެއްކާވެސް ކަލޭމެން ބޭނުންވާ މީހިންނަށް ދީ ބޮޑު ފިތުނައެއް އުފައްދަން
މުއިއްޒު އަށްވުރެ މިސަރުކާރު އަދުލުވެރިވާނެތަ؟ ތިހުރީ ސިކުނޑީގައި ރީނދޫލެވިފަކަމަށްވާނީ. ކޮރަޕްޝަން ނޫން އަމަލެއް މި ސަރުކާރުން އަދި ހިންގާފައިނުވޭ.
މުއިއްޒު ފްލެޓް ނުގަވާއިދުން މީހަކަށް ދިންމަ އެމީހަކުއެއީ މޑޕ މީހަކަށްވާނީ..އެއީ ޕޕމގެ ސަރުކާރުން ފްލެޓް ބައިމީހުންނަ ބެހިނަމަ މޑޕ މީހަކަށް ލިބިގެންނުވާނެ..އިންސާފުން ބެހީމަ ހުރިހާ ޕާޓީއެއްގެ މީހުންނަވެސް ލިބިފަހުރީ..މިސަރުކާރުން އިންސާފުން ބަހާ ކަދުރުވެސް ރައްޔިތުންނަކަށް ނުލިބޭ ޕާޓީ މީހުން ރަހަ ބަލައިފަނޫނީ..އިންސާފުގެ ވާހަކަ ނުދައްކާ މޑޕމީހުން..އަހަރެމެން ކަޑައެޅިގެން ދެކޮޅު ކަލޭމެންގެ އިންސާފާ..
އާތިފާއަކަށް ތި ވާނުވާއެއް ނޭނގޭނެ.. ތިޔަ ހަލުވާއެއްޗެއް ހަލުވަނީ ރައީސް އޮފީހުގަ އޮންނަ ފުލެޓު ކޮމިޓީއިން.. އެބައި މީހުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްގެން ނޫނީ ސާފު މަޢުލޫމާތެއް ނުލިބޭނެ..
ކޮބާތަ ޒުވާނުންގެ ބައި؟
އަހަރެމެން ގެއަކަށް ނާދޭ ހާލަތު ބަލާކަށް!
އަދި ނެފަށާ 4 ކެޓަގަރީ އެބައޮތް. އާތިފާ ތާހިރެއްނު މަޖިލިހުގައި ދޮގުބޮނޑިހަދާލިލެއް. ހުސް އިބިލީސް. އެޗް 8 އެންމެ ފަހުން ހޭކީ. އެވެސް ހަމަ ހެލުވީ. އެމީހުން ޞެނުން ގެއަކަށް ދިޔައީ. މިފެށެނީ ވަރުގަދަ ފިތުނަގަނޑެއް. ލާހިކެއްނޫން ކުރީ ލިސްޓަށް ދީގެން ނޫންގޮތަކަށް ތިކަން ހައްލުކުރާކަށް. އެއަށްވުރެ އަދުލުވެރި ނިންމުމެއް މިސަރުކާރަކަށް ނުނިންމޭނެ. މިހާރު ރައްޔިތުންގެ ތެރެއިން 70 ހާސް މީހުން ތިބީ ތިހަލާ ބޮނޑިބަތްގަނޑު އުދުންމަތިން ބާލަންދެކަށް.
މިދަޑިވަޅުހައި ރައްޔަތުންމިތިބީ ވަރަށްނިކަމެތިހާލުގައި ސަރުކާރުން ރައްޔަތުންނަށް ލުއިގޮތެއް ހަމަޖައްސަވައިދެއްވުން އިއްޒަށްތެރި ރައީސްލުޖޫމްހޫރިއްޔާގެ އަރިއަހުން ނުހަނުއިހުުލާސްތެރި ކަމާއެކުދަންނަވަން ރައްޔަތުންގެހާލާމެދު މަނިކުފާނުވަނީ ރައްޔަތުންނައްޓަކައި ކީރިތިކުރައްވާފަ މިކަމުގައިމަނިކުފާނުގެ އިހުލާސްތެރިކަން ފެންނާނެކަމާމެދު އެއްވެސް ސައްކެއްނުކިރަން ސުކުރިއްޔާ ރައީސުލްޖޫމްހުރިއްޔާ އިބުރާހިމްމުހައްމަދުސޯލިހު
ތިޔަ ގޮތަށް ކިތައް ތާރީޚް ދީފިންތޯ ފްލެޓް ކޮމެޓީން ދެމެންބަރަކު އިސްތިއުފާ ދިން ސަބަބު މަޖިލީހުގެ ކޮމެޓީން ބަލަން ކެރޭނެތޯ ... ސަބަބު ވަރަށް ސާފުކޮށް ބޭފުޅަކު ކިޔާދެއްވެވި ... އިންސާފުން އެއްކިބާވާލެއް ބޮޑުކަމުން ޒަމީރު ގަބޫލު ނުކުރާތީ އެބޭފުޅުން އިސްތިއުފާ ދެއްވެވީ ކުރިން އޮތް ލިސްޓް މާރަނގަޅޭ މިހާރު ހަދާލިސްޓަށް ވުރެ އެބޭފުޅާ ވިދާޅުވީ އިސްތިއުފާ ދެއްވި ބޭފުޅުން މަޖިލީހުގެ ކޮމެޓީއަށް ގެންދެބަލަ ނުކުރޭނެ...
އަނެއްރާޅު ބޯމަތިވަނީ މީހުން ފަށެއް ހައްގު ނުލިބިގެން ހަޅޭއްލަވާނެ ބަލަން ތިބޭތި މިއީ ވަރަށް ވާހަކަ މިކަން ވަރަށް ސާބިތުކަމާއި އެކު ފެންނާނެ ދެން އުފައްދާނެ އެކަން ބަލަން އަނެއް ކޮމެޓީ ބަލަންތިބޭތި ... ކުރިން އޮތް ލިސްޓް މާރަންގަޅު ކަމުގައި އެތެރެކޮއިލުގެ ބޭފުޅަކު ބުނުއްވި.....
ފްލެޓާނުކުޅޭތި. 80 ވަރަކަށް ހަސްމީހުން އުތުރި އަރާނެ. ޤާނޫނީ ގޮތުން ލިބިފަ އޮތް އެއްޗެއް ފްލެޓަކީ ސަރުކާރު ގެ ހިންގުން ބަދަލުވުމަކީ ސަރުކާރުގެ ނިންމުމަށް އަސަރުނުކުރާނެ ކަމެއްކަން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ހާމަވާނެ. ހޭބަލި ބުރާންތިން މަތީ މަގާމުތަކުގައި މިހާރުތިބީ. ދިވެހިންނަކީ އަދިރިއަނދިރިން ފަހާލި އަދި ދޮންބަނޑާެައިންގެ ދަރިންކަން ހަނދާނުގައި ބަހައްޓާތި.
އެކަމުގެ އެންމެ ޗަރުގަދަ ހެތްކަކީ، ކުރީ ސަރުކާރުން ނެގި ލޯނަށް މިސަރުކާރުންވެސް ފައިސާ ދައްކާ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ގައުމުގެ ސަރުކާރު އެއީ. ސަރުކާެުގެ ކޮންމެ އެގްރީމަންޓަކީ ސަރުކާރު ހިންގުމާ ހަވާލުވާ ބަޔަކު ދަމަހައްޓަންޖެހޭނެ އެއްޗެއް. ފްލެޓް ލިބުނުކަމުގެ ލިޔުމަކީ އެއްބަސްވުމެއް. ސަރުކާރުން ކުރި އޮފަރ އަކަށް އެކްސެޕްޓްކުރީ. ސަރުކށރުން ދިން.ލިޔުމަކީ ކޮންސިޑަރޭޝަނެއް އޭގައި ހިމެނޭ އެއްޗެއް. މިހާެު ހިންގާ މީހުން އެއަށް އިޙްތިރާމް ކުރަންޖެހޭނެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައޮތީ ކުރީ ސަރުކާރުން ނިންމާފަ އޮތްގޮތަށް ހައްގުވެރިންނަށް ފުލެޓް ދޭނެވާހަކަ. ދެން ހަވާލުކުރުމުގެ މަސައްކަތެއް ނޫންތޯ ކުރަންވީ. ބަހަނާއެއް ދައްކާކަށް ޖާހައެއްނެތް.
ކޮބާ ސިވިލް ސަރވިސް އަށް ދޭފްލެޓްތައް؟
ވީތަނެއްނޭނގެ. ދިރިއުޅުމުގެ ހާލަތެއް އަދި ޕޮއިންޓް ދީފަހުރިގޮތެއްވެސް ޗެކެއް ނުކުރޭ. މިސަރުކާރުން ބޭނުންވާ ބައެއް އެލިސްޓަށް ވެއްދުން ނޫން ކަމެއް ނުކުރޭ. ދެން އުޅެނީ. އަލަށް އިތުރު ކުރި މީހުންގެ ބަދަލުގައި ކަނޑާލި މީހުނަކީ ކޮންބައެއްތޯ ބެލުމުގައި. އިލްމީ އަމުދުން ގާނޫނީ ވަކީލެއް އަދި ފައިސާ ލިބޭ މީހެއް ހުރިތޯއާ މަޖްލިސް މެންބަރަކާ ގުޅުން އޮތްތީ ބެލުމަމަށް.މިކިޔަނީ ދިރިއުޅުމުގެ ހާލަތު ބަލަނީއޭ.
ލޯބިކަން
ތިތަންތަން ގައުމު ކަރަންޓީން ފެސިލިޓީއަށް ބޭނުންކުރިނަމަ! ނޫނޭ.... ބަޔަކު މުއްސަންޖެއްނުވާނެ ދޯ! ސޮރީ ބުނެވުނީތީ!
ބޭކާރުވާހަކަ ނުދައްކާ ޔާމީން ވެރިކަމުން ވަކިވިއިރު ހައްގުފަރާތްތަކައް އަދިމިހާތަނައްއޮތީ ފުލެޓު ދީފަ، މިހާރު އަންނި ވެރިކަމައްއަރާ އަންނިގެ މީހުނައް ބައިއަޅާނިންމީ މިހާރުތި.
ކަލެނޭ މިސަރުކާރުގައި ދޮގުވެރިއެއްނޫން މީހެއްވެސް ނެތީތަ؟ ދިރިއުޅުމުގެ ހާލަތު ބަލަން އަންނަން ގުޅި. އެކަމަކު 3 މަސްވީއިރުވެސް ދައްކާނުލި. އަހަރު ނިމުނީ އަންނާނެކަމަށް އުއްމީދުކޮށްކޮށްހުއްޓަ. އެބައޮތް ފްލެޓް ލިބުނު ލިޔުން. ހެކިން އެބަތިބި ދިރިއުޅޭ ނިކަމެތި ހާލު އެނގޭނެ. ލިޔެކިޔުން އެބަހުރި. މިސަރުކާރުން އަހަރެމެންގެ ހައްގާ ކުޅެފިނަމަ ކޯޓްތަށް ފުރެންދެން މައްސަލަވަންނާނެ. އެކަން ހަނދާންބަހައްޓާތި.
ﷲއަށް ހަމްދު ހުރި. ރައީސް ޔާމީނަށް ޝުކުރިއްޔާ. ބޭނުންވަނީ މަނިކްފާނުގެ ޒައާމަތާއި އިތުރު ތަރައްގީ.
ތި ފުލެޓްތައް މިހާރު ލިއުން ހަވާލުކުރި ދިވެހިރައޔަތުންނަ ހަވާލުކޮށްބަލަ ދިރިއުޅުމުގެ ހާލަތު ބެލިއަސް ވާނެ އެއްކަމެއް ވެސް ނޮއޮންނާނެ ކުރިންވެސް ފުލެޓް ދޫކޮށްފަ ހުރީ 40 ޕޮއިންޓް ލިބިފަ ހުރި މީހުންނަނޫން 90 ޕޮއިންޓް ލިބުނީމަ ށަރުތު ހަމަނުވޭ
ޢަންނަ ކޮން މަހެއްގެ ފަހުކޮޅު ވާހަކަތޯ؟
އަހަރެން މާލޭގައި ކުއްޔަށް އުޅޭތާ މިހާރު 34 އަހަރު ވެއްޖެ، ކުއްޔަށް ގާތްގަނޑަކަށް 4 މިލިއަންވަރު ޚަރަދު ކުރެވިއްޖެ، ފުލެޓް ދޫކުރަން ފެށީއްސުރެ ފުލެޓެއްލިބޭތޯ ފޯރމް ލައިލައި ހުއްޓާ ދަރިޔަކު ލިބި، އެކުއްޖާގެ އުމުރު މިހާރު 24 އަހަރުވެއްޖެ، ރާއްޖޭގެ އެއްވެސް ރަށެއްގައި ގޯއްޗެއް ނެތް، އަދިވެސް ހަޤުވާވަރު ނުވަނީތޯ...؟؟؟
އެންމެ ގިނައިން ލިބުނީ އެންޑީޕީ މީހުންނަ ދެންކޯއްޗެކިޔާނީ.....
ތި ފުލެޓްތައް ލިބޭނީ ރީދޫ ބައިގަނޑަށް
ދަތިހާލުގާއުޅޭތީފުލެޓުލިބުނީމަ ފުލެޓުކުއްޔައްދީގެން ވިޔާފާރިކުރަންފުރުސަތުލިބުނަދީގެންނުވާނެ މިހާރުވެސްދީފަހުރި ގިނަފުލެޓުތަކެއް 18000 ރުފިޔާ އައް ކުއްޔައްދީފަ ގޮސް ލަންކާގަ އުޅޭމީހުން މަދެއްނޫން މީންކަމެއްބަލާބައެއް ނުތިބޭ އިގޭބައެއްނުތިބޭ މިކަން ކަމައްހައްލެއް ލިބެންވެއްޖެ...
Inshaafuge magun ehkibaave nulahvaa..hahguverinnah dhehvaaa..thibaa javaabu dhaary vaan jehee dhuvahu hadhaany kihineh baa? Visnavaa lahvaa........ hahgu goi ihuthiyaar kurahvaa..bodu meeheh nuvatha nufoojugadha meeheh belumeh nethi hahguvaa meehun nah dhehvaa...