ދިވެހިންގެ ބަޔަކު ނަމާދަށް ޖޯކު ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
މިހާރު މީސްމީޑިއާގައި މި ވީޑިއޯ ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ މާލޭ އޮފީހެއްގެ ތެރޭގައި މީހަކު ނަމާދު ކުރަން ހުންނަ މަންޒަރެވެ. އެވަގުތު އޭނާ އާއި އެކު އެތަނުގައި ތިބި އިތުރު ބަޔަކު އެކަމަށް ޖޯކު ޖަހައި އޭނާގެ ކުރިމަތީތައި ތިބެ ވީޑިއޯ ކުރަމުންދިޔަ މަންޒަރު ފެނެއެވެ.
އަދި އޭނާ އެ ނަމާދު ކުރުމަށްފަހު "ފަތިސް ނަމާދު ޤާއިމްކުރާނެހެން ހީނުވާ" ކަމަށާއި ދެން ފެންނާނީ އޭނާ "ފަތިހުގެ ފިނިފިނި ވައިރޯޅިއާއެކީގަ ފަތިހުގެ ނަލަނަލަ އަންހެން ކުދިން އުފުލުމަށް ދެކޮޅަށް ދުއްވާ މަންޒަރު" ކަމަށް ވީޑިއޯކުރާ މީހާ ބުނެއެވެ.
މި ވާހަކަތައް ދައްކަމުން ދިޔައިރު، ނަމާދަށް ހުރި މީހާ ހެމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ނަމާދަށް ހުރި މީހާ ކުރިމަތީގައި ބަޔަކު ތިބެ މަލާމާތްކޮށް ވާހަކަ ދައްކައި ވީޑިއޯ ކުރަމުން ދަނިކޮށް، އޭނާ ވަކި ހިސާބަކުން ނަމާދު ކުރުން ހުއްޓާލުމަށްފަހު ވީޑިއޯ ކުރަމުންދިޔަ މީހާގެ ފަހަތުން ދުއްވައިގަންނަ މަންޒަރު ވެސް މިހާރު އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ.
މި ވީޑިއޯ މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު، ވީޑިއޯއިން ފެނިގެންދާ މަންޒަރާއި މެދު ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިއީ ނަމާދަށް މަލާމާތް ކުރުމުގެ ގޮތުން ބަޔަކު ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ ކުރިންވެސް މީސްމީޑިއާގައި ދިވެހިން ދީނަށް ފުރައްސާރަކުރާ މިފަދަ މައްސަލަތައް ފެންމަތިވެފައި ވެއެވެ. އެގޮތުން އެކި ނަންނަމުގައި ހަދާފައިވާ ޕޭޖުތަކުން ދީނަށް ފުރައްސާރަކޮށް ދައްކާފައިވާ ވާހަކަތަކާއި ހަދާފައިވާ ފޮޓޯތައް އާންމު ކޮށްފައި ވެއެވެ.
ސުބުހާނަﷲ، ހު ރި ހިތާމައެއްގެ ބޮޑުކަމާއެ. ރަސޫލު ޒަމާނުގެ ގައުމުތަކަށް މާތްﷲގެ ކޯފާ އައީ ފަހުން ދުނިޔެއަށް އަންނަބަޔަކަށް ޢިބު ރަތެއްގެ ގޮތުގައި.
އަހަރެމެން މިކަމާ ދޭތެރޭ ވިސްނާ ވިސްނާ ތިބެން މިޖެހެނީ. މިކަހަލަ ކަންކަން ކުރާ މީހުނަށް ފިޔަވަޅެއް ނޭޅޭނެ. މިވެރިން ބޭނުންވާގޮތް މީ.
ތީ ކަލޭ މެން ނަށް ތައުހީދު ފަހުމު ނުވާތީ އުޅެވޭގޮތް. ކަލޭމެންނަށް ހަލާކު ހުރި. ﷲ ކަލޭމެންނަށް ލަޢުނަތް ލެއްވުމުގެ ކުރީން ތައުބާވެލައްވާ. ތައުހީދަށް ރުޖޫޢަ ވެލައްވާ. ޑިމޮކުރަސީ ކުފުރާއި ޝިރުކުން ބަރީޔަ ވެލައްވާ. ﷲ ގެ ކޯފާ އަންނާނީ ކިހިނަކުން ކޮންގޮތަކުން ކޮންވަގުތަކު ކަމެއް ނޭނގޭނެ.
ހާދަ ރުޅި އެކޭ ޑިމޮކްރަސީ ދެކެ ތި އަންނަނީ
ޑިމޮކްރަސީ އަކީ އިސްލާމް ދީނާ ދުރު ކަންކަން ހިމެނޭ އަދި ކަނޑައެޅިގެން އިސްލާމް ދީނުގެ އަސްލުތަކާ ކހިލާފް ކަން އޭގައި ހިމެނޭކަމެއް ޑިމޮކްރަސީ އަކީ ދެކެ އެއް ނޫން ރުޅި އަންނަނީ ޑިމޮކްރަސީ ގެ ނަމުގައި އިސްލާމުދީނައް ހަޖޫ ޖަހާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކޮއް މާތްﷲ ބާއްވާ ލެއްވި އާޔަތް ތައް ދޮގުކުރާތީ ރުޅިއަންނަނީ
ޑިމޮކްރަސީ އެއް ނޫން މުހީންމީ، ﷲ ގެ ކޯފާދެކެ ބިރެއް ނުގަނޭތަ. މި މީހުންނަށް ހެޔޮވިސްނުން ދެއްވާށި.
ތައޫހީދު މީ ކޯޗެއް ކައްމެ ގިނަ ދިވެހިންނަށް ނޭނގެ، ފުރަތަމަ ދިވެހިންނަން އިނގޭން ވީ ތައުހީދަ ކީ ކޮބާކަން...
ވަރައް އުފާވާނެ ލާދީނީ މީހުންތައް ދެންމި ފެށެނީ ފަހުގެ އަލާމާތްތައް މިކަހަލަ މީހުންގެ ކިބައިން ސަލާމަތް ކުރައްވާށި
އަބަދުވެސް މޮޔައިންނާ ބޯގަޅިންނާ ޖާހިލުނ އުޅޭނެ
މިއީ ބިރަކާނުލާ މަޖާކުރާ ސަރުކާރުވީމަ އެކަންކުރާބަޔަކަށް އެގޭނެ، އެއްވެސް އަދަބެއް ނުލިބޭނެކަން އެހެންވީމަ ޖޯކުޖަހައި އިސްލާމްދީނަށް ދިވެހިން އޮތްލޯބި ނައްތާލާނެއެވެ. މިއީ ވަރަށް ރޭވިގެންކުރާކަމެކެވެ. ޑިމޮކްރަސީގެ ނަމުގައި މިހާރުވަނީ ރާއްޖޭން އެއްބައިވަންތަކަމާއި ދީނީޢިލްމުވެރިންނަށް ކުރާ އިތުބާރު ގެއްލުވާލާފައެވެ.
އެޖެންޑާ 19 ވަ ރަށް ތަފާތުވާނެ...
ތި ވީޑިއޯގަ ތިފެންނަނީ ބެލެވޭ ގޮތުގައި ދިވެހިންގެ ތެރެއިން ވަރަށް އާއްމުކޮށް ހިނގާކަމެއް ނަމާަދަށް ހުއްޓާ މަޖާކޮށްލުމުގެ ގޮތުން ނަމާދަށް ހުރިމީހާ ހެއްވާލެވޭތޯ އެއުޅެނީ. މިކަހަލަ ކަންތައްތަކުގައި އަސްލު އިންޓެންޝަނަކީ ނަމާދަށް ނުވަތަ ދީނަށް ފުރައްސާރަ ކުރުމެއް ނޫން. އެކަމަކު އެކުރެވެނީ ރަނގަޅުކަމެއް ނޫންކަމާއި އެއީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ ކަމެއްކަން އެފަދަ ފަރާތްތަކަށް ނޭނގެނީ. ދީނީގޮތުން ހޭލުންތެރިކަން އިތުރު ކުރަންވީ.
ތިޔަބއިމީހުން ކުޑަ ކަމެއްގެ ގޮތުގައި ހީކުރާ ނުވަތަ ދެކޭ ކަންތައްތަކަކީ ﷲގެ ހަޟްރަތުގައި ވަރަށް ބޮޑުކަމަކަށް ވެދާނެއެވެ.
ނުވިސްނޭވަރުގެ ކުޑަކުދިންތަ މިއީ. އަޖާއިބެއް. އަޅެ އުފަންވުމުން ހެޔޮނުބައި ކިޔަިއިދޭންޖެހެނީ މައިންބަފަިއން. ދެން ބޮޑުވުމުން އިތުރަށް އިގެން ބޭނުންވާ މީހުން އަމިއްލަޔަށް ހޯދާ. ހެވާ، ނުބައި ނޭގޭވަރުގެ ބައެއްނޫން.
ލަފާކުރެވެނީ ކޮންމެވެސްޓެކްސީސެންޓަރެއްގެތެރެހެން ހަމަޔަޤީނުންވެސް ތިޔަފުރައްސާރަކުރިމީހުންނާވެސް " މަރު" ބައްދަލުކުރާނެ! ﷲއަށް ހިތުގެޚާލިޞްކަމާއެކު ތައުބާނުވެހުއްޓާ އެ މަރާބައްދަލުވެއްޖެނަމަހުރިހިތާމައެއްގެ ބޮޑުކަމާއެވެ. ﷲއެއުރެންނަށް ހެޔޮވިސްނުންދެއްވާށި! އާމީން!
ށުބުހާނަﷲ ހު ރި ހިތާމައެއްގެ ބޮޑުކަމާ
سبحان الله ބިރުވެރިކަން ހިތަށް ވައްދަވާ ހެޔޮވިސްނުން ދެއްވާށި أمين
ޤިޔާމަތް ދުވަސް އަންނާނެކަމަށް ޤަބޫލު ނުކު ރާ މީހުން ﷲއަށް ބި ރުވެތި ނުވާ މިންވަ ރު މިހި ރަ ފެންނަނީ. މިފަދަ ޢަމަލުތައް ކު ރާ މީހުންނަށް ޙައްޤު އަދަބު ދޭން ޖެހިލުން ނުވާ ބަޔަކު މި ޤައުމުގެ ވެ ރިން ކަމުގައި ލައްވާށި. ޢާމީން.
ޢަހަރެންނަށް ފެންނަ ފެނުމުގައި މިތަނުން މި ފެންނަނީ އެކުގައި އެކަކު އަނެކަކަށް މަޖަކޮށް ސަމާސާ ކުރާ އުޅޭ ބަޔަކު ކުރި ކަމެއް. ވީޑިއޯ ކޮށްފަ އެގޮތަށް ވާހަކަ ދެއްކި ފަރާތަކީ ދީނަށް ފުރައްސާރަކުރާ ފަރާތެއްގެ ގޮތުގައި ފާހަގައެއް ނުކުރެވޭ. ޢެކަމަކު މީހަކު ނަމާދަށް ހުއްޓައި އެމީހަކު ހެއްވާލުމަށް ކަމެއް ކޮށްގެން ނުވާނެ. ދެން މި ނޫހުން އެބަ ބުނޭ ނަމާދަށް ހުންނަ މީހާހެޔޭ. މޫނުމަށްޗަށް ހިނިތުންވުމެއް އައީ. ނަމާދަށް ހުރި މީހާ އިސް އުފުލާ ބަލައިވެސް ނުލާ. މިވީޑިއޯ އަކުން ދީނަށް ފުރައްސާރަ ކުރާ މަންޒަރެއް ނުފެނޭ. އެކަމަކު އެކަކު އަނެކަކަށް މަޖާކޮށް ޖެއްސުން ކޮށް ހެއްވާލަން މަސައްކަތް ކުރުމުގައި ނަމާދަށް ތިބޭ ވަގުތު މިކަހަލަ މަޖާ ކޮށްގެން ނުވާނެ. ވީޑިއޯ ކުރި ކުއްޖާއަށް އެވަރު ނޭނގުނީ ކަންނޭނގެ.
ކޮބައިތަ ފުރައްސާރަ ކުރުމަކީ
ރަސޫލާގެ ޒަމާނުގަ އެކަލޭގެފާނުންގެ ސަޙާބީންނަށް ބަޔަކު ހަމަ މަޖަލަކަށް ހަދައިގެން ކުރި ފުރައްސާރައެއް އެކަމުގައި ދީނުގެ ވާހަކަ ނުވެސް އާދޭ އެކަމަކު އެކަން ﷲ ޤުރުއާނުގައި ސިފަކުރައްވާފައިވަނީ ﷲ އަށާއި އެކަލާނގެ އާޔަތްތަކަށާއި އެކަލާނގެ ނަބިއްޔާއަށް ފުރައްސާރަކުރުން ކަމުގައި ... އެހެންކަމުން މަޖަލަކަށްވެސް މީ ކުރަން ހެޔޮވާވަރު ކަމެއްނޫން
ބުރޯ ތީތި ކަޑައޭ.
ކީއްކުރާނީ މި މުޖުތަމައުގައި ތިކަން ހުޓުވާނެ ބަޔަކު ނެތް. ވަރުގަދަ ދެ މުއަސަސާ އޮންނައިރުވެސް މިކަހަލަ ކަންކަމުގައި ވާއެއްކަމެއްވެސް ނެތް. ވިކި ހުސްވެފަ. ކަމެއް ކުރަން އުޅުނަސް ނުވާނެ. މި ރާއްޖޭގެ ހެތްކާބެހޭ ޤާނޫނު އިސްލާހު ނުކުރާހާ ހިނދަކު ނުވާނެ. ނުވެސް ކުރާނެ. މި މުޖުތަމައު އަކީ ދީން ނަމަކަށް ބާއްވައިގެން އުޅޭބައެއް. މިކަހަލަ ކަންކަން ވީމަ. ސޯސިއަަލް މީޑިޔާއަށް ފަތުރާލީމަ އެ ނިމުނީ. އެއްވެސް ޒިންމާއެއް ނޯންނާނެ. މީހަކު އެއްޗެކޭ ބުނެފާނެތީ ނޫނީ މީހަކު ބަދަލުގައި އަނިޔާއެއް ދީފާނެތީ ނުކެރޭނެ ކަމެއްކުރާކަށްވެސް. ކީއްކުރާނީ މަތިން ބާވައިލައްވާފައި އޮތް ވަރުގަދަ ޤާނޫނާއި އެއްގޮތަށް އަމަލު ނުކުރެވޭ ބަޔަކަށް ކޮންކަމެއް ވާނީ. ތިކަހަލަ ކަންކަން ޓިކްޓޮކް ހަދާލާ އެކަން ކަމަށް ޖޯކް ޖަހާލީމަވެސް ކާކުކަން އެންގޭއިރުވެސް. އެކަމަށް ފިޔަވަޅެއް އަޅާނެ މީހަކު ނެތް. ހިންދީ ފިލްމުތަކުގައި ވާހެން އަމީތާބް ހެދޭނަމަ މިކަންކަން ރަނގަޅު ކޮއްލާނަން
މި މީހުން ހޯދާ ހައްޔަރުކޮއް އަދަބު ނުދީ އެއްގޮތަކައްވެސް ދޫކޮއްގެން ނުވާނެ.. ތިބި ތަނަކުން ވަދެއޮތް ހޮރަކުން ނެރެންޖެހޭނެ. ދީނައް ޖޯކުޖަހާފަ ތިޔައެން ނުތިބެވޭނެ.. ރާއްޖޭގައި ހަގީގީ މުސްލިމުން އަދިވެސް އެބަތިބި.
އަޅެ މިކަހަލަ ކަންކަމުގައި އަމަލު ކުރާނެ ގޮތާއި ބެހޭގޮތުން ކިހިނެއްކަން ކަންތައް ކުރާނީ. މިކަންކަށް ބިލެއް ހުށައަޅާލަން ކެރޭމީހަކު މަޖިލީހުގައި ހަމަ ނެތީތަ. ކަން ކަން ދޫކޮއްލައިގެން ތި ތިބެނީ ކަންކަން މި ޤައުމުގައި ގޯހުން ގޯހަށް ދާއިރުވެސް. ވޯޓް ބޭނުންވީމަ ލިބޭނެވިއްޔާ ދޯ. އެހާވެސް ގަމާރު އަހަރެމެން ރަތްޔަތުން. ލާރިޔާހެދި މޮޔަވެފަ.
މިކަހަލަ ޖާހިލުން ގިނަވުމަކީ ޤައުމެއްގެ ހަލާކު މިކަމާ މިލާދީނީ ބައިގަނޑު ނިކަަންބާރައް???ޖަހާނެ
ހިތާމަހުރިކަމެއް މާތްﷲ ގެކޯފާއަށް ބިރުވެތިވޭ ޔާﷲ މިނުލަފާ މީހުން އިބަރަސްކަލާނގެ ގަދަފަދަ ހިއްޕެވުމަކުން ހިއްޕާދޭވެ އާމީން
މީ ކޮންބަޔެއްތޯ ؟ ޢެއްވެސް ގޮތެއްފޮތެއްނެތް ބަޔެއް.ވަލު ހއވނންނަށް ވުރެން ނުބައި.
ސިޔާސީ މަންފާ ހޯދަން އެއްވެސް ބަކަކު ދީން ހަތިޔާރަކައް ނުހަދާތި. ޢެފަދަ މީހުންނައް ހެޔޮ ވިސްނުން ދެއްވާށި. ޢަދި ތިކަން ކުރި ބަކަކައްވެސް ހެޔޮ ވިސްނުން ދެއްވާށި.
ތި މީހުން ހިފާހައްޔަރު ކުރަން ޖެހޭނެ.
މިކަހަލަ ތަންދޮރު ނޭގޭ ޖާހިލުން ގިނަވެއްޖެ ކަމުގައި ވަނީ ނަމަ އެތަނެއް ހަލާކުވުން ގާތިީ
ޢާއްމުވެ ކޯފާއެއް ނުފޮނުއްވާފާން ދޭވެ ޔާ ﷲ ޔާ ﷲ ހާދަ ބ ރުވެ ރިޔޭ .....
މިގައުމުގަ ލާދީނިއްޔަތު ފެތުރުމަށް ހިއްވަރުދޭ އެމްޑީޕީ ގެ ލާދީނީ އަދި ލާގައުމީ ވެރިކަން އައުމަށްފަހު މިކަންކަންވަނީ އިތުރުވެފަ...މާތްވެގެންވާ އިސްލާމްދީން ގެ ރުކުން ތަކަށް ހަޖޫޖެހުމުގެނުބައިކަމާއި ގެއްލުން ތިއަމަލުކުރި ބަޔަކާ އަރާހަމަކުރާނެ ދުވަހެއް އަންނާނެ އެދުވަސް އައުމުގެ ކުރިން ތައުބާވެ އިސްލާހުވެވޭތޯ ބަލާ..އިންސާނުންނަށް އިޚްތިޔާރު އޮތުމަކީ އެމީހުން ކުރާ ހުރިހާ އަމަލްތަކަކަށް ޖަޒާ ނުލިބޭނެ ކަމެއްނޫން..
ސުބުޙާނައްﷲ. އެެއްވެސް ބިރުވެރި ކަމެއްނެތި ނާމާދާ މެދު ތިޔަ ކަންތައް ކުރީ ހާދަހާ ބިރުހުރި ގޮތަކަށޭ.
ތީ ކަލޭ މެންނަށް ތައުހީދު ފަހުމު ނުވާތީ އުޅެވޭގޮތް. ކަލޭމެންނަށް ހަލާކު ހުރި. ﷲ ކަލޭމެންނަށް ލަޢުނަތް ލެއްވުމުގެ ކުރީން ތައުބާވެލައްވާ. ތައުހީދަށް ރުޖޫޢަ ވެލައްވާ. ޑިމޮކުރަސީ ކުފުރާއި ޝިރުކުން ބަރީޔަ ވެލައްވާ. ﷲ ގެ ކޯފާ އަންނާނީ ކިހިނަކުން ކޮންގޮތަކުން ކޮންވަގުތަކު ކަމެއް ނޭނގޭނެ.
ތީއަޅެމޮޔައިންތަ ނޫނީ ނަމާދަކީ ކޯއްޗެއްކަން ނޭގޭވަރުގެ ކުޱަކުދިންތަ ﷲ ގެ ގަދަފަދަ ވެގެންވާ ކޯފާއަށް ބިރުވެތިވެ އެކަލާނގެ ޙަޟްރަތަށް އެނބުރި ރުޖޫއަވެ ތައުބާ ވުމަށް ގޮވާލަން
ފަހަރެއްގަ ވެދާނެ ހަމަ ހަގީގަތުގަވެސް ނަމާދު ކުރަން ހުރި މީހާ ނަމާދު ކުރަނީ ކަމަށްވެސް ކައިރީ ގައިތިބި ދެ ޝައިތޯނުން އޭނަ ރުޅި އަރުވައިގެން ނަމާދު އޮޅުވާލީ ކަމަށްވެސް މިއީ ވަރަށް ބިރުހުރި ކަމެއް އަތުވެދާނެ ކޯފާ އަކަށް ބިރުވެތިވޭ . ރާއްޖޭގައި ވަރަށް ގިނައިން ހިނގާ ކަމެއް ހެޔޮލަފާ މީހުންނަށް ފުރަށް ސާރަ ކުރުންވެސް އެގޮތުން ސްކޫލް ތަކުގައި މަސައްކަތްކުރާ ޝޭހުންނަށާ ދީނަށް ލޯބިކުރާ ޒުވާން ކުދިންނަށްވެސް އެހެން ސްޓާފުންގެ ފަރާތުންވެސް ގޮންޖެހުން ކުރިމަތިވޭ ބުލީ ކުރުމާ އަންހެންޓީޗަރުން ފިރިހެންޓީޗަރުންގެ ހުން ހުރިތޯ ބެލުންފަދަ ކަންތައް ކުރޭ މިދައްކަނީ ހިގާފައި ހުރި ހަގީގީ ވާހަކަ އެވެރިން ނަށް ހީވާކަހަލަ ތިމާ މެންވަރު މޮޅު ތަހުޒީބު ބަޔަކު ނެތޭ އަޅުގަނޑު ބުނާނީ ޖޯކުއެޖަހަނީ އަމިއްލަ ނަފްސު ތަކަށޭ ﷲ ފިޔަވާ ނަސްރުދޭނެ އެހީތެރިވާނެފަރާތެއް އެކަކަށްވެސް ލިބިގެންނެއްނުވެޔޭ ﷲއީ ޢަޒީޒްވަންތަ ހަކީމްވަންތަ ހުރިހާ އުނިސިފަޔަކުން ހުސްދުރުވެވޮޑިގެންވާ ބާރުތަކުގެވެރި ފަރާތެވެ ﷲ އިރާދަ ކުރަށްވައިފިނަމަ ފަޅި ސިކުންތެއްގެ ކުރިންވެސް އުގޫބާތް ދެއްވަން ކުޅަދުންވަންތައެވެ އަޒާބަށް ކޯފާ ޔަށް ބިރުވެތިވާށެވެ ތީ ޖޯކެއްނޫން މަޖަލެއްވެސްނޫން ޝައިތޯނާގެ ނުބައި ރޭވުމެއް ޝައިތޯނާ ސުވަރުގެއިން ބޭރުކުރެވުނީ ވެސް ސަޖިދަ ކުރުމާ ދެކޮޅު ހަދާ ބޮޑާ ވުމުގެސަބަބުން ގިނަގިނައިން ސަޖިދަކުރާ މީހުންދެކެ ޝައިޠޯނުން ބިރުގަނޭ ﷲއާ އިންސާނާ އެންމެ ގާތްވެ ކައިރިވެގެންދާ ވަގުތަކީ ވެސް އިންސާނާ ސަޖިދާ ގައި އޮންނަވަގުތު ވީމާ ބިރުވެތިވެ ފާފަ ފުއްސަވައިދެއްވުމަށް ދަންނަވާ
ސުބުހާނަﷲ
މީވަރަށް ދެރަ ހީތާމަ ހުރިކަމެއް! ކީއްތޯ ކުރާނީ ހަމަ އެޖެންޑާ 19 ތަފާތުވަނީ! މިޤައުމާއި ޙަވާލުވެގެން ތިބި މަދުބަޔަކު މިކަމާ އުފާކުރާނެ!
ސުބުޙާނަﷲ.އަސްތަޤުފިރުﷲ.ބުނާނިވެސްކީކޭ. މިފަދަ މީސްތަކުންގެ ކިބައިން ސަލާމަތް ކުރައްވާށި
ފެންނަގޮތް ނަމުގައި ކޮމެންޓް ކު ރި ފަ ރަތް އެބުނި ތެދަކަށް ވެދާނެ...ސަމާސަ އަކައް ވިޔަސް އެކަހަލަ ކަން ކަން ކު ރުމަކީ ވ ވ ވ ނުވިސްނޭތީ ކު ރާ ކަން ކަ ން.....
އެ ބައި މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި ......
މިފަދަ ވާހަކަތައް ނޫސްތަކުގަޖެހުން ރަގަޅެއްނޫން. އެފަދަ ކަންކަމައް މަލާމާތްކޮއް ނުރުހުމުގެ ބަސްތައް ބުނާމީހުންނައް އެކަލާންގެ ވަރުގަދަ ވޭންދެނިވި އަޒާބުނުލިބި ނުދާނެކަން ހަމަޔަގީން. މީސްތަކުންނޭ ބިރުވެތިވޭ. މިހާރު މިދުނިޔެ ދެކެމުންމިދާހާލަތަކީ މިކަމުގެ މިސާލައެއް. ކޮބާތޯ އެބުނާ ސުޕަ ޕަވަރުތައްކަމައް ދައުވާކުރާމީހުން.
ތި ލާދީނީ ވީޑީޔޯ އާންމުކުރި މީސްމީޑީއާ ޕްލެޓްފޯމަށް ރިޕޯޓްކުރޭ
މިހާރު ބައެއް މުރުތައްދުވެފައި ތިބި ދިވެހިންގެ ކަންތައް މާ މައްޗަށް ދަނީ! ???
ކާފިރު ވެފައި ތިބި ދިވެހިންނަށް ''ދިވެހިން'' މި ލަގަބު ކެނޑެން ޖެހޭނެ އަދި އެމީހުންނަށް ރާއްޖޭގެ ރައްޔިތުކަން ވެސް ނުލިބޭނެ!
މި ވީޑިއޯއަށް ކޮމެންޓް ކޮށްފ އިން ބޭފުޅާއަށް ތެދުމަގު ދައްކަވާށި.
މި މީސްމީހުން ނިސްބަތްވާ ޕާ، ޓީ އޮޅުން ފިލުވާލަ ދިނުން އެދެން ،
މިކަން މިކުރަނީ އިސްލާމް ދީން ދިފާއު ކުރުމުގައި ވަރަށް ކުރީ ސަފުގައި އުޅުއްވާ ބޭފުޅުން ރަމަޞާން މަހު އެއްޖިންސުން ގުޅުން ހިންގުމާ، މިފަހުން ކުޑަކުދިން ރޭޕްކުރުމާ މިފަދަ އެތައްކަމެއް ، ކުރަމުން މިދަނީ ޕޯޑިއަމް ކުރިމަތިން ދީން ދިފާއުކުރާ ގުރޫޕް ، ކިހާ ހިތާމަ ހުރިކަމެއް މީ
ސުބުޙާނައްﷲ އެެއްވެސް ބިރުވެރި ކަމެއްނެތް މިމީހުންގެ ހިތަށް އީމާން ތެރިކަން ވައްދަވާ ހެޔޮވިސްނުން ދެއްވާށި أمين
ދިވެހިންގެބަޔަކު މަތީފަންތީގަ ތިބެގެން މިގައުމު އެހެންދީންތަކައްހުޅުވާލުމައް ވަރައްހީލަތްތެރި ކޮއް ރާވަމުން އެބަގެންދޭ ގާނޫނުހަދާމަޖުލިސް މިއަދުވަނީ އެބައި މީހުންގެ ކޮންޓުރޯލް އޮތްތާކައްވެފަ ތިފަދަ ކަންކަންކުރާމީހުންނަކައް ބިރެއްނެތް ތިމާގެ އަބި މީހާ މޫނުއަޅަން ނަސޭހަތްދީފިނަމަ ވެސް އެއީ އަންހެނުންގެ ހައްގުތަކައް އެރުން ހަރުކަށިފިކުރު މިގައުމުގެ އިލްމުވެރިންނައްވެސް މީގެބިރު އޮތްވަރުން ބަސްހުއްޓިފަ ތިބެންޖެހިހްޖެ ޔާﷲ މިގައުމު ލާދީނީ މީހުންގެ އަތްދަށުން ސަލާމަތްކުރައްވާންދޭ..އާމީން
އިސްލާމިކް މިނިސްޓަރ ނިދާފަ. މިކަންކަން ކުރި މީހުނައް ހައްގު އަދަބު ދޭން ޖެހޭނެ. އެހެން ނޫނީ ރައްޔިތުން ނުކުމެ އަދަބު ދޭން ޖެހިދާނެ.
އެޖެންޑާ 19 ތަފާތުވާނެ.
ތި ކަލޭގެ އެންމެ ފަހުން ފެނުނީ ޕީ ޕީ އެމް ކެމްޕެއިން ޖަގަހައިން......
އެއްކަލަ ބެލޫންތައް ވަގުތުން ދޮގުހަދަން ފެށީ
ބަލަ މަގޭ ބޮޑުބޭބެ އެކޭ ތިޔަ ވީޑިޔޯގަ އެހެރަ ހބލ ވަނީ.. އޭނަ ޕީޕީއެމް ޖަގަހައިގަ ނިދަން ވެސް އުފަލުން އޮވެދާނެ.. އޭނަ ޕީޕީއެމް ވިއްޔާ މަރުދޭނެ،، ދެން މާ އިނގިގެން ތެދާއި ދޮގާ ވަކިވާ މީހަކަށް ހެދިގެން ބެލޫނޭ ކިޔައިން ކޮމެންޓު ކުރާއިރު ސިކުނޑިޔެ ކިޔާފަ އިންނަނީ ސައިބޯނި ބޮތްކެއްބާ އޭ ހިތަށް އަރާ.
ސުބުހާނަﷲ. މިގައުމު ހަލާކުވެގެންް މިއޮތް ދަނީ. ބަލާތި ތިމީހާގެ ދިފާޢުގަވެސް މާދަމާ މަޖްލީސް ނުކުންނާނެ.
ތައުލީމަށް ކޮކަޑިލާފައި މީޑިއާއިން ގައުމުގެ ދަރިންގެ އަޚުލާޤު ބައްޓަން ކުރަން ދޫކޮށްލީމަ ވާނީ މިހެން. ނަމާދު ކުރުމޭ ބުންޏަސް ގިނަ މީހުންގެ ހިތަކަށް ނުވަދޭ، ތިމަންނާ މިހުންނަނީ ގަދަ ކީރިތި ވަންތަ މާތްﷲ އާއި ވާހަކަ ދައްކަން ކަމެއް. ތިމާ މާތްﷲގެ ޙަޟުރަތުގައި އެދޭ ކަންކަން މަލާއިކަތް ބޭކަލުން ނޯޓު ކުރައްވާ ކަމެއް އެނގުނަސް، އެމީހުންގެ ހިތަކަށް އެކަމެއް ނުވަދޭ.
ކުޑައިރު އަހަރުމެން ވެސް ނަމާދަށް ތިބޭ ކުދިން ހެއްވާލެވޭތޯ ބަލަން. އެއީ އެއްޗެއް ނޭނގޭއިރު. އެއީ ގޯސް ކަމެއްކަން މައިންބަފައިން ހަނދާން ކޮށްދޭތީ ހުއްޓުނީ. ލަފާކުރެވޭ ގޮތުގައި މީ ހެޔޮ ނުބައި ކިޔައިދޭނެ ބަޔަކު ނެތި ބޮޑެތިވެފަ ތިބި ކުދިންކޮޅެއް.
ތިޔަކަންތައް ބަލަންޖެހޭނެ ތި ގޮތައް ދީނަށް އިހްތިރާމް ކުޑަވާގޮތައް ކަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
ފުލުހުންހުންގެ ހުވާ އެންމެ ފުރަތަމަ އިންސާނީ
ޙައްގު އެމީހުން ކޮންމެކަމެއްކުރުމުގެ ހައްގު އެމީހުންނަށް ލިބިގެންވޭ ވީމާ ފުލުހުންނަކަށް
ޢެމީހުން ހައްޔަރެއް ނުކުރެވޭނެ ވަރަށްސަލާން
ކީކޭ ބުނާނީ?
ހުރި ނުބާކަން ބަލާބަލަ???
ތީ އެމްޑަބްލިއު އެސްސީ ގެ ފެންވަރު
ސާބަސް..ތަންކޮޅެއް ބޮޑުވަރު. ދީނާ ނުބެހިބަލަ.
ތި މީހުންނަށް ލަޢުނަތް ލެއްވި!! ތިމީހުން ހީކުރަނީ ތީ ވަރަށް މަޖާ ކަމެއް ކަމެއްގެ!!މަޙްޝަރު ދުވަހު