މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިރޭ ވިދާޅުވީ ޖޫން މަހުގެ 25 ވަނަ ދުވަހު ހިންގި އެ ތިން އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހިންގި ތިން އޮޕަރޭޝަން ކަމަށެވެ.
ފުރަތަމަ އޮޕަރޭޝަނުގައި، ހުޅުމާލެއިން މާލެ އަށް ބަނގުރާ އެތެރެކުރަން އުޅުނު ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަނގުރާ ކޭސް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 26 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެ އިތުރުން ހުޅުމާލެ ފްލެޓެއް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
އަދިވެސް އޭގެ އިތުރުން ހުޅުމާލެ ފްލެޓެއް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެޖެންޑާ-19 ވަރަށްވެސް ތަފާތުދޯ ރާކޯރު ތަކުގައި ދިވެ ހިމުސްލިމުން ޣަރަގުވެގެން ދާމަންޒަރުބަލަން ހަމަތިބެންވީތޯ!
ބޮންދެއްގެ އަތެއް ނުވެ މިހާރު ތިކަހަލަ ކަމެއް ނުވާނެ. ސައިކަލުހަދާ ބައެއް ގަރާޖުތަކަކީވެސް މިހާރު އައްޑާ. އެކަން އެނގޭނެ ރޭގަނޑު 10 ގެ ފަހުން އަލިހުންނަ ގަރާޖުތައް ފާސްކޮއްލީމަ. އެކަމަކު ކާކުދޯ އެކަން ކުރާނީ؟
ޗައިނާފްލެޓްގެ ފުރާޅުތައް މަސްތުވާތަކެތީގެ ކިއްލާތަކަކަށް ބަދަލުވަމުންދާ ޚަބަރު ދަނީ އަޑުގަދަވަމުން