ރައްޔިތުންގެ މަޖިލިސް ހިންގާ އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް މަޖިލީހުގެ ސޯޝިއަލް ކްލަބުން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލިހުގެ ސޯޝަލް ކްލަބުން މަޖިލިހުގެ އާ އިމާރާތުގެ ޓެރަހުގައި ރެސްޓޯރަންޓެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެ ކްލަބުން މަޖިލިހުގެ އިދާރާގައި ޖިމެއް ވެސް ގާއިމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލިހުގެ ޔައުމިއްޔާ އާއި ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މަޖިލިހުގައި އެ ކްލަބުން ހެންސެޑް ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ސޯޝަލް ކްލަބުގައި ތިބެނީ މަޖިލީހުގެ މެންބަރުންގެ އިތުރުން މުވައްޒަފުންނެވެ.
ނަޝީދު ވިދާޅުވީ މަޖިލިސް އިދާރާގައި ހުޅުވާ ރެސްޓޯރަންޓު ހުޅުވުމަށް ފަހު ދާއިރާ ރައްޔިތުންނާ އެކު ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދައްކާލަ "ކޮފީ ބޯލަން" އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.
އަދި އެ ރެސްޓޯރަންޓުގެ މޭޒުތައް ފަރުމާކޮށްފައި ވާނީ ވެސް މަޖިލީހުގެ މެންބަރުންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށާއި ރެސްޓޯރަންޓު ހުޅުވުމަށް ފަހު ކޮންމެ މެންބަރެއްގެވެސް މުވައްޒަފުންނަށް އެތަނަށް ވަދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އަދި އެއްވެސް މެންބަރަކު މުވައްޒަފުން ގެނައުމުގެ އިންތިޒާމް ހަމަނުޖައްސަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނަށް ހާއްސަ ކޮޓަރިތަކެއްވެސް އެތަނުގައި ގާއިންކޮށްފައިވާ ކަމަށެވެ. އަދި އުންމީދަކީ ޖަލްސާތައް ފެށުމުގެ ކުރިން މުގައްރިރުން މަޖިލީހުގެ މުވައްޒަފުންނާއި ވާހަކަ ދައްކައި ކޮމެޓީތައް ކުރިއަށް ގެންދާނެ ގޮތްތައް ރާވާފައި އޮތުން ކަަމަށް ނަޝީދު ވިދާޅުވިއެވެ.
އެ.އެމް.ފ ހުލުވަ ބަލަ ކުރާނެ ކަމެއް ނެތިޔާ
24 ގަޑި އިރުހަމާއިގާއި ތިބެން ބޭނުންނުވާ ބޭބޭފުޅުންނަށް ހާއްސަ ޖާގައެއް އިނުންމުހިމު
ބޮޑުވަރު
ވިޔަފާރި ކުންފުންޏަކަށް ބަދަލުވީ ދެއްތޯ ؟ އަދި ވާނެ ކޮންމެ މެންބަރަކަށް އެދުދާންކޮޅެއް ބަހަށްޓަވަން
ހަމަހިނިއަންންނީ
ތިވަރުން ދަންޏާ އަދި ތިތާގަ ނާސީކުލަބަކާއި ބޮވެންޖެހޭ ތަނެއް ހުޅުވާނެ
ކަމެއް ވާއިރަށް މަޖިލީހުގަ ހުންނަ ތަކެއްޗަށް ގެއްލުން ދިނުމާއި މެމްބަރު އެކަކު އަނެކަކަށް އިޚްތިރާމް ނުކުރުމުގެ މާޒީ އެއް އޮތް ތަނެއް. ޖިމް ގެ ސާމާނު މީހުންނާ ދިމާލަށް އުކަން ފަހެއް ނުޖެހޭނެ. ރަގަޅު ކަމެއް ނޫން. އެހެން ތަނެއްގައި ސަރުކާރު އެންމެނަށް ބޭނުން ކުރެވޭ ގޮތަށް މަހު ފީއެއް ނަގާގޮތަށް ޖިމް އެއް ހެދުން ރަގަޅު
ބާއެއްވެސް ހުޅުވާލަބަލަ. ކުއްޅަވަށް ފެކްޓްރީއަކާއި ހުއިފިލަޑާ ފާރމެއްވެސް ބޭނުންވަނެ. ނައިޓްކުލަބެއްވެސް އަދި ޖުވާކުޅޭތަނެއްވެސް ވަރަށްބޭނުންވޭ
އަދި އެއް ތަން މަދެންނު އެތަން ހުޅުވީމާ ހަމަވާނީ
ރެސްޓޯރަންޓުހަދަނީ އެތަން ހެދުމުގެ ބޭނުމުގަ
ގުޅަ ބަޖިޔާ ހަދާ ތަނެއްވެސް!ތަން ކޮޅެއް ަަަަަަަަަަަަަަަަަ
އަގު ހެޔޮކޮއް....އަތް ފޯރާ ފަށުގަ!
މަސާޖްޕާލައެއް ވަ ރަށް މުހިއްމު ކަމެއް ފިހާޜައަކަށް މުހިއްމީ މަސާޖް ޕާލައެއް، ޖަލްސާތަކުގަ ގިނައި ރު ތަކެއް ވަންދެން މެމް ބަޜުން ތިބީމަ ތިބޭނީ ރިލެކްސް އަކަށް ބޭނުންވެފަ މަސާޖް ކޮށްލީމަ ވަ ރަށް ހަމަ ޖެހުން ލިބޭނެތާ މަސާޖް ކޮށްދޭން ތިބެންޖެހޭނީވެސް ޅަފު ރައިގެ އަންހެން ކުދިން
ތި ތަނުގަ ކެސިނޯ އެއް ހަދަން ޖާބިރު ކާރީ ބުނެބަ
ވަރަންފެނޭ މަސާޖް ޕާލާއަކާ ބާއެއްވެސް ހުންނަން އޭރުން ފުރިހަމަ އިތުރަންވާނީ
ރައްޔިތުން ބަޑަށް ޖައްސާފައި، ވިޔަފާރިތައް އިދަޖައްސާފައި ރައްޔިތުންގެ ފައިސާ ތަޅާ ބުރުވަނީ.
މުލީއާގޭގައި ހުޅުވައިގެން އުޅުނު ކަހަލަ މަސާޖްޕާލާއެއް ނުހުޅުވާނަންތަ!
ތިތަނުން ހުރިހާ ފާހިޝް އަމަލެއްވެސް ކުރެވޭ ގޮތައް ހުންނަން ޖެހޭނީ.
ޖާބިރުމެން އަންނިމެން ނުޖެހޭނެ ދޯ ބޭރަށް ނިކުންނާކަށް ހިނދުކޮޅުގަ ހުންނަން މަޖިލިސް ބާރ އިން ލިބޭނެ ޑްރިންކްސް
މިސްކިތެއް ހުޅުވަންނީނުން ހުރިހާ މެމްބަރުން އެއްކޮށް ޖަމާއަތުގަ ނަމާދު ކުރެވޭ ގޮތަށް
މިހާ ގައުމު މާލީ ދަތިކަމެއްގެ ތެރޭގައި އޮއްވަ ކޮށްލަން އެންމެ މޮޅު ކަންތައް. އިސްރާފު. މާރަނގަޅުވާނެ އެފައިސާއިން ނިކަމެއްޗަކަށް އެހީވިޔަސް.
ސުވިމިން ޕޫލެއް ވަރަށް މުހިންމެވެ
ރަންގަޅު! މަސްކައްކަން މަސްކައްކަން ރެޑީވަނީ! ގުޑް، ގުޑް!
ރައްޔިތުންނަށް ފައިދާއެއް ހުރި ކަމެއް މި މީހުން ނުކުރާނެ.. މިރާއްޖެއަށް ފާވެފަ ހުރި ބަލާއެއް...
ޢަނބިދަރިންގެ އެކައުންޓަށް ހުރިހާ ނާޖާއިޒު ފައިސާއެއް ޖަމާކޮށްގެން ތިބެވޭގޮތަށް ޤަވާޢިދު ބަދަލުކޮށްގެން މަޖިލިސްގޭގައި ރިޝްވަތު ނަގާނެތަންތަން ހަދަނީ .
ތަނެއް އިތުރުކުރަންޔާ މިސްކިތެއް އަޅާބަލަ ފުރަތަމަ، ހުރިހާ މެންބަރުން އެއްކޮށް ޖަމާއަތުގަ ނަމާދުކޮއްލާ ނަމޫނާ މަންޒަރެއް ދައްކާލަބަލަ ނިކަން.އަހަރެމެން ތިބޭނަން އަތްޖަހަން.
މަސާޖު ޕާލާއެއްވެސް ހައްދަވާ އަންހެން، ފިރިހެން މެންބަރުން އެހާބުރަކޮށް އުޅުއްވާއިރު ފިލްބޮޑީ މަސާޖެއްވެސް ބޭނުންފުޅުވާނެ ނޫންތޯ
މަޖިލިސް ރަނގަޅުވާނީ ޕާރޓީ ކުދިން ބޮނޑިބަތް ކައްކާ ތަނަކަށް ހެދީމަ
ޖަންގަލީގައި ޖިމު ހުރޭތަ؟