ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަމިއްލަ ހަރަދުގައި ގއ. އަތޮޅު ފަރެހުޅުދޫގައި ގާއިމް ކުރަން ނިންމާފައިވާ ޑީކޯ ޗެމްބަރު އެޅުމުގެ ހުއްދަ ދެވެން ނެތް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ޑީއާރުޕީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޖާބިރުގެ އަމިއްލަ ހަރަދުގައި ގއ. އަތޮޅުގައި ހުޅުވޭ އެންމެ ފުރަތަަމަ ޑީކޯ ޗެމްބަރު ގއ. ފަރެހުޅުދޫގައި އަޅަން ތައްޔާރުވަމުންދާތީ ސަރުކާރުން އެކަމުގެ ހުއްދައަށް ތަކުރާރުކޮށް އެދުމުން ޖަވާބުގައި ފިޝަރީޒް މިނިސްޓްރީން އެއީ ސަރުކާރުގެ ޕޮލިސީގައި ހިމެނޭ މަސައްކަތެއް ނޫން ކަމަށް އަންގަވާފައިވާ ކަމަށެވެ. ހިލޭ މަސްވެރިނަށް އެފަދަ ޚިދުމަތެއް ކޮށްދޭން އުޅުމުންވެސް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެކަމަށް ހުރަސް އަޅުއްވާކަން ޑީއާރްޕީން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާއި ހިތާމަކުރާ ކަމަށް ޑީއާރުޕީގެ ޓްވީޓްގައިވެއެވެ.
GA Farehulhudhoo gai DecoChamber eah gaaimkurumah #DRP Leader Hon @chairmanjabir (varuvaa ah 10aharah nagaifaavaa rashugai) DecoChamber elhumuge huhdhayakah ethakeah faharu edhumun mihaaru javaabugai miaee Policy noon kamah. Masverinnah hiley saabahah mihidhumai dhinumahves 1/2
— DRP (@drpmaldives) July 4, 2020
ޖާބިރުގެ ހަރަދުގައި ގއ އަތޮޅުގައި އެންމެ ފުރަތަަމަ ގާއިމްކުރާ ޑީކޯ ޗެމްބަރު ގއ. ފަރެހުޅުދޫގައި އެޅުމުގެ ތައްޔާރުވަމުންދިޔައިރު، އެތަނުގައި ފިޝަމަން ކްލިނިކް ޗެމްބަރެއްގެ އިތުރުން އައިސީޔޫ ޔުނިޓަކާއި، ވެންޓިލޭޓަރު ފެސިލިޓީ އާއި އައިސޮލޭޝަން ފެސިލީޓީ އާއި ކަރަންޓިން ފެސިލިޓީއެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. އެ ކްލިނިކުން މުޅި ރާއްޖޭގެ އެންމެހާ މަސްވެރިންނަށް ހިލޭ އިމަޖެންސީ ހިދުމަތް ދެއްވާނެ ޖާބިރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ހުވަދު އަތޮޅުގައި ޑީކޯ ޗެމްބަރެއް ގާއިމް ކުރުމުގެ މަސައްކަތަށް ސަރުކާރުގެ ހުއްދަ ލިބިފައި ނުވާއިރު މަސްވެރިކަން ކުރަން ނިކުންނަ މީހުން ޑީކޯ ވެގެން ހާލު ދެރަވާ މައްސަލަ ވަނީ ވަރަށް ބޮޑު ވެފައެވެ. އަދި މިފަދަ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދުވެސް ގިނައެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ، އެން ހޯދަން ފީނުމުގައި މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަކޮށް، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް މިހާރު ފެށިގެން ކުރިއަށް ދާނެ ކަމަށް ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައެވެ. އެ މައްސަލަ ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހުއްދަ ދެއްވިއްޔާ ހެދޭނެބާ؟ ކާށިދޫގައި އެޅި ފަސްތަރިހޮޓަލުގެ ބިންގާ ގަނޑަށް ވީހެން ވާނެކަމަށް ލަފާކުރެވެނީ. ބިންގާގަނޑު ވަޅުޖަހާ އަދި ގަސްތައް އަދި އަދައްވެސް ފަޅަމުންދަނީ ނަމަވެސް މަނިކުފާނުގެ ތިޔަ ހިތްވަރަށް ހަމަ ސާބަސް. އަދި ކޭބަލްކާރު ނޭޅޭނެ ކަމަކަށް ނުބަލަން. އިގޭތޯ. ------ ކޭބަލްކާރު ކޭބަލްކާރު ކޭބަލްކާރު
ހޫނ! އަމިއްލަ ހަރަދުގައި އަޅަން އުޅުނު ކޭބަލް ކާރަށް ވެސް ، އަދި ހެލިކޮޕްޓަރަށްވެސް ، ތިޔަ ބުނާ ޗެމްބަރަށް ވެސް ހުއްދަ ނުލިބިގެން ވައުދު ނުފުއްދިގެން އުޅޭވާހަކަ ދެއްކުމަކީ ދާއިރާގެ ރަށްޔިތުން އަދި މާ އުފާވާނޭ ކަމެއް.