ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ހާލަތާއި ގުޅިގެން ވެސް ސަރުކާރުގެ ވައުދުތައް ފުއްދަން އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު މިރޭ ބާއްވަމުން ގެންދާ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުންކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމު ކުރަން ވެސް ހުރަހެއް ނެތް ކަމަށެވެ. "އޭގެ ތެރެއިން ގިނަ މަސައްކަތްތަކަކީ ދައުލަތުގެ ބަޖެޓުން ކުރަން ހުރި މަސައްކަތްތަކެއް ނޫން. އެއީ ލޯނާއި ހިލޭ އެހީން ކުރަން ހުރި މަސައްކަތްތައް. އެހެންކަމުން މިހާރު ވެސް އެވައުދުތައް ފުއްދަން އެއްވެސް ހުރަހެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަވަދިނެތި އުޅުއްވަނީ އެމްޑީޕީގެ ވައުދުތައް "ރަނުން ރަނަށް ފުއްދައިދިނުމަށް." ކަމަށާއި ވައުދުތައް ފުރިހަމައަށް ފުއްދައި ދެވޭނެ ކަމަށެވެ.
އެމްޑީޕީން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ "އިންސާފު ގާއިމު ކޮށްދޭނަމޭ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނެ ފަނޑިޔާރު ގެއެއް ބިނާކޮށްދޭނަމޭ. ޖޭއެސްސީ އަކީ ސިޔާސީ ވިސްނުމަކުން ނުވިސްނާ ހަމަހަމަކަމާއި އެކު ފިޔަވަޅު އަޅާ ތަނަކަށް ހަދާނަމޭ." ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އިން ފިޔަވަޅު އަޅަމުން ގެންދަނީ ހަމައެކަނި ޕީޕީއެމްގެ ފިކުރަށް ތާއިދު ކުރާ ފަނޑިޔާރުންނަށް އެކަނި ނޫން ކަމަށެވެ. "އަޅުގަނޑުމެންގެ އެކުވެރި މާކުރަތު މެޖިސްޓްރޭޓަށް ވެސް ފިޔަވަޅު އަޅައި، އޭނާ ވެސް މަގާމުން ވަކިކޮށްފިން. އަޅުގަނޑުމެންގެ ވައުދަކީ ނަޒާހަތްތެރި އިހްލާސްތެރި ފަނޑިޔާރުގެއަކަށް ފަނޑިޔާރުގެ ހެދުން. އަޅުގަނޑުމެން މިތިބީ އެއެއަޒުމުގައި. އެބަފެނޭ އިންސާފުގެ މަގު ކާމިޔާބު ކުރެވެމުންދާތަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ފުލުހުންގެ އާޤާނޫނެއް ފާސްކުރަން ކުރަމުން ގެންދާ މަސައްކަތައް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ "ފުލުހުންގެ މުއައްސަސާ އިސްލާހް ކުރުމަކީ ފުލުހުންނާއި އަޅުގަނޑުމެންނާއި މޫނު ކެނޑޭނެ ކަމެއް ނޫން." ކަމަށެވެ. ފުލުހުން ރައްޔިތުން ބިރުގަންނަ ބަޔަކަށް ހެދުމުގެ ބަދަލުގައި ފުލުހުންނަކީ ރައްޔިތުން ލޯބިވާ ބަޔަކަށް ހައްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނޯކަރުން" ކަމަށާއި، މަސައްކަތް ކުރަމުން ގެންދަނީ އެކަން ހަނދާންކޮށް ތިބެ ކަމަށެވެ.
ފަނޑިޔާރު ގެއަށް ކަލޭމެންގެނައީ އުތަމަ ޖަމްއިއްޔާގެ މެމްބަރުން އެއީ ކަލޭމެނަށް ކުރެވުނު ކަމަކީ،،،،، ކަލޭމެނައް ފުއްދޭނޭ އދން ވައުދެއްނޫން..
މިމީހުންނަށް ކަމެއްނުވެގެން މިއުޅެނީ ހުރަހެއްނެތީމަތާދޯ. ސަޅި
މިހާރު ކަލެއަށް ނުފުއްދިއޮތީ އެންމެ ވައުދެއް. އެއީ ރައީސް ޔާމީނު 2023ގައި ރިޔާސީ އިންތިޚާބުގައި ބައިވެރި ނުވެވޭގޮތްހެދުން. ސްޕްރީމްކޯޓްގައި މިހާރުތިބި އެމްޑީއެން ގްރޫޕުން އެކަންކުރާނެކަމަށް ބެލެވޭ. އެހެން ހުރިހައި ވައުދެއް މިހާރުވަނީ ފުއްދައިދީފަ. ބާކީ މިއޮތްދުވަސްކޮޅުގައި ޕާޓީކުދިންނަށް ކުޑަކޮށް ލާރިކޮޅު ބަހާލައިހެދީމާ ފާސްވާނެ.
ކަލޭގެ އޮތީ ހުސް އަނގައެއް... ޤާބިލް ކަމެއްނެތް... ބޮޑުތަނުން ފެއިލް.
މަކަރުވެރިކަލޭގެ ދެއުޅިއެއްނުވާވާހަކަދައްކަންފެށީ
އޭ ބޯގޯސް ކަލޭދައްކާވާހަކައެއްމީހަކުއަޑެއްނާހަނެ
މަޑުންހުރޭ......ރޯނުއެދުރު...ބޮއްޅަބޭ.....ސޮނިބޭ..
ާކަލޭ އަށް ކޮން ވައުދެއް ފުއްދޭނީ.ކަލޭ އަށް ހައްގު މަގާމަކީ ޖަލު..އިންޝާﷲ
އެހެންވެދޯ އެހާ ދޭތެރެ ކައިރި ކައިރިން އޮޅުން ބޮޅުން އަރައިގެން އެދަނީ؟
މޮޅު ވާހަކަ ނުދައްކާ. ރައްޔިތުން ދެން އޮތް ކުޅިގަނޑުުގައި 15 ކުޅި ކުރިއަށްކުޅޭނެ
ކޮން ވައުދެއްތޯ ފުއްދޭނީ ޙުދުތިމާމީހާޔާ ތިމާމީހާގެ އަނބިދަރިންގެ ހައްގުތައް ރައްކާތެރިކޮއް ނުހިތިބަޔަކައް ރަށްރަށުގައި ގޯތި ދޫކުރަން އިއުލާން ކުރި އިރު ކޮބާތޯ މިމާލޭގެ ރައްޔިތުންގެ ހައްގާ ޙުދު ތިމާމީހާގެ އަނބިދަރިންނައް ގާނޫނުއަސާސީންލިބިފައިވާ ހަމަހަމަ ކަމުގެ ހައްގު ރައްރަށުގައި ގޯތި ދެވެންޏާ މިމަލޭގެ ރައްޔިތުންނައްވެސް ދެވެންޖެހޭނެ ކޮންގާނޫނެއްގެ ތޯ އޮތީ ވެރިރަށުގަ ސިޓީތަކުގަ އުޅޭމީހުންގެ ހައްގުތައް ހަނިކުރެވޭނޭނޭ ދެންއަރާ ވައުދޭބުންޏަކަސް ރައްޔިތުންނެއް ގަބޫލެއްނުކުރާނެ މާލޭގެ ރައްޔިތުންނައް ގޯތިދޭން ވައުދުވެގެން ވެރިކަމައް އައީ 100އަކަފޫޓްގަ ދަތިހާލުގަ އާއިލާ ގޮވައިގެން އުޅޭ ކަން ތިމާމެންނައްް އެނގެޔޭ އެކަން ހައލުކޮއްދޭނަމޭ ކޮން ހައްލެއްތޯ ކޮއްދެވޭނީ ސަރުކާރު ތަކައް އާމްދަނީ ހޯދާ ވަސީލަތަކައް ރައްޔިތުންހެދީމާ ދެން ކޮން ވައުދެއްތޯ ފުއްދޭނީ ފުލެޓް ގެސްޓް ހައުސްވިޔަފާރި ތިކުރަނީ ނިކަމެތި ރައްޔތިތުންނަށް ވޯޓްލާންވީމަ މާލޭގެ ރައްޔިތުމީހާ ކަމުދަނީ ގޯއްޗެއްދޭންވީމަަ ކަމަކުނުދޭ
ޥާނެތަ ތިކަން ހާދަގަބޫލް ނުކުރެވޭ
އަދިވެސއ ހަމަރަޢިއްޔަތަކު ގުނބޯ ހެެއދޭތޮބަލާ
ނަޝީދު އަކީ އަބަދުވެސް ބަސްނާހާ ކުއްޖެއް މިހާރު މާސްކު ނާޅާ އުޅެނީ ޑޮކްޓަރުންނަށް ގޮންޖަހަން.
ކުއްޖެއްތަ؟ ބލ އެއް
މިއޮއް ހުރިހާ ދުވަހު ކޮން ހުރަހެއްތޯ އޮތީ ، ވެރިކަން ވެއްޓުނީމަ ބުނާނެ ކޮވިޑާ ހެދިޔޭ ، ކަލޭގެ އަނގަޔަކުން ނާރާނޭ ބުއްޅަބޭ.
ކަލޭގެ ތަންދޮރު އެބައެނގޭ ސްކޫލު ކުދިންތަކަކަށް އިގްދިސޯދު ކިޔަވައިދިނުމުގެ ނަމުގައި ނަގައިދިން ޑޮލަރު ފިލާވަޅުން ވެސް?
ވައުދުފުއްދަން ހުރަހެއްނެތް ފުއްދުނު ވައުދެއްވެސް ނެތް ދެން ބާރަށް އަތްޖަހާ ހަމަ ހިނިއަށްނަނީ ކަލޯ މޮޔަވިޔަސް ތީ ބޮޑުވަރު ޓީ އެމް އޭ އިން 27 މިލިޔަން ޑޮލަރ...
މިމުނާފިޤު ކަލޭގެ ދައްކާވާހަކަ އަހަންވާނީ ދެކުނުކޮޅުން
ހިޔަޅުގެ މަކަރުވެރިކަން މި ރޯގާ އަށް ލިބިފައިހުރީ
ވަންކަން ކުރަން ހުރަހެއް ނެތޭ ބުނަން އުޅުނިކޮން އެހެން ބުނެވުނީކަމަށްވާނީ
ހަހަ.އިންސާފުލިބޭނީ މިވަރަށް.ފަހަރުގަ ޕާޓީ ކުދިންނަށް އިންސާފު ލިބިދާނެ.އެކަން ވަރަށް ރަނގަޅަށް އިނގޭ ސަފާރިގަ ޕާޓީކުރި މީހުންގެ މައްސަލަ ދިޔަގޮތުން.
ތިބޭފުޅާއައް އެނގިލައްވާތޯ މިހާރު ވެވުނު ވައުދުތަކަކީ ކޮބައިކަން ރައްޔިތުންނައް މަލައިމާތް ކުރުން ނޫންކަމެއް އެބަ ކުރައްވަންތޯ؟
ވައުދެއްނުންފުއްދޭނީ ރައްޔިތުންގެހަމަބުއްދި ދާނީ އެއިރުން ހުސްއަނގަ ތަޅާކަނުހުރެވޭނެ
ވައުދާ ހުވާކުރީމޭ އެ ހަނދާނުގައި ބުނާ ހެން މަނިކުފާނު އަދިވެސް ވެރިކަމުގެ ދަހިވެތިކަމުގައި މަކަރުވެރި ހީލަތްތެރި ދޮގު ވާހަކަ ދައްކަނީ.
ވަޢުދުތައް ފުއްދުމަށް އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް މިތިބީ އެވަޢުދުތައް ފުއްދުމަށް ކުރަންވީ މަސައްކަތެއް ނޭނގިފައެވެ. އަހަރެމެން ބޭނުންވަނީ ވެރިކަމެވެ. ދޮގުހެދުމަކީ އަހަރެމެންގެ އާދަކާދައެވެ. އޮޅުވާލުމަކީ ފަލްސަފާއެވެ. މަކަރުހެދުމަކީ ޘަޤާފަތެވެ.
ކޮބައިތަ؟ އެޖެންޑާ 19 ގައި މާލޭ ސަރަހައްދުން މާލޭ މީހުންނަށް ދޭން ބުނި ގޯތި؟.. މިކަން ވެސް ހަނދާންނެތް މިހާރު! އަނެއްކާ މިކަމާ މަޖިލިސްގައި ވޯޓްވެސް ނަސީދު މެން ދިނީ ދިމާ އިދިކޮޅައް! މަލޭ މީހުންގެ ވޯޓުން ހޮވެ ތިބެ! ދެން މަވޯޓް ދިނުން ސަލާން!
އަލޅާނިމިފަ ހުރިތަނެއް ބަހާލަން ނޭގުނު ދެއަހަރުވީ އިރުވެސް....
ކަލޭމެންގެ އެއްވެސް ވަޢުދެއް މިހާތަނަށް ފުއްދިފައެއް ނެތެވެ. ކަމެއް ކުރިޔަސް ކުރަނީ ޔާމީންގެ ވެރިކަމުގައި ފައްޓާފައި ހުރި ކަމެކެވެ.
1. މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރު
2. ރާއްޖޭގެ 6 ސަރަޙައްދެއްގައި 100 މެއިލްދުރުގައި އަޅާ ޕްލެޓަފޯމުތައް
3. ގއ ގދ ގައި ތަރައްޤީކުރާ 5000 އެނދުގެ ޓޫރިޒަމް
4. ރާއްޖޭގެ 5 ސަރަހައްދެއްގައި އަޅާ ޓްރީޓްޕް ހޮސްޕިޓަލްތައް
5. ވިހާތަނުން ދޭ ފޮށި
6. އައްޑޫގައި ކަނޑުހުރަސްކޮށް އަޅާ 4 މެއިލްގެ ބްރިޖް އދި ހިންނަވަރާ ނައިފަރު ގުޅާލާ 4 މެއިލްގެ ބްރިޖް
7. އޯވަޓައިމް ލިމިޓް ދޫކޮށްލުން
8. ދެއަހަރުގެތެރޭގައި އަލަށް ހަދާ 25 ރިސޯޓް
9. ސިވިލްސާވަންޓުންގެ މުސާރަ ދެގުނަކުރުން
10. މިނިމަމްވޭޖް
11. ނާސްތާ ( ނަމެއްގައި ފަށާފަ ހުއްޓާލާފަ)
މިއީ މަދު މިންވަރެކެވެ.
8.
ވައުދު ފުއްދުމުގައި އޮތް އެންމެ ބޮޑު ހުރަކީ ކަލޭ، ކަލޭތިއީ އެއްވެސް ރައްޔިތަކަށް ހެވެއް އެދިގެން އުޅޭ މީހެއްނޫން، ތިއީ މިގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް