ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފަރާތުން މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ލިބުނު ވާހަކަތައް މިރޭ ފެންމަތިވެގެން ދިޔައިރު، އެކަން ގިނަ ބަޔަކަށް ވެގެންދިޔައީ ކުއްލި ސިހުމަކަށެވެ. އެނގިފައިވާ ގޮތުން އަލީ ވަހީދުގެ ފަރާތުން މިފަދަ ގޯނާތަކާއި ކުރިމަތިވި ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ސީދާ ބައްދަލުކުރައްވައި ކަން ހިނގައިދިޔަގޮތް އެމަނިކުފާނާއި ޙިއްސާކޮށްފައެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި މުވައްޒަފުންގެ ފަރާތުން ރައީސަށް ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން އެމަނިކުފާނު ވަނީ ވަގުތު އެކަމާއި މެދު ފިޔަވަޅު އަޅުއްވައި، އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން މުވައްޒަފުން ރައީސާއި މި ވާހަކަތައް ޙިއްސާ ކުރެއްވިއިރު، ރައީސްގެ އަރިހުގައި ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީވެސް ހުންނެވިއެވެ.
މި މައްސަލަ އާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސާއި މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީއަށް ހުށަހަޅާފައިވާ ކަމަށެވެ. "މިކަމާ ގުޅިގެން މިނިސްޓަރ ޢަލީ ވަހީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި" ކަމަށް ހޫދު ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ރައީސްގެ އަރިހުގައި، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ފަރާތްތަކުން އެފަރާތްތަކުގެ ވާހަކަ ޙިއްސާ ކުރަމުންދިޔަ ވަގުތު އެމަނިކުފާނު ހުންނެވީ ކީރިތިކުރެއްވިފައެވެ. އެނގިފައިވާ ގޮތުން މުވައްޒަފުން ވަނީ ކަން ހިނގައިދިޔަ ގޮތް ރައީސަށް ތަފްސީލުކޮށް ކިޔާދެއްވާފައެވެ.
ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުން އަލީ ވަހީދު ވަނީ އެކި ފަހަރު މަތީން މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައެވެ. މިގޮތުން މީގެ ކުރިން ރިސޯޓްތަކުގައި އާއި މިނިސްޓްރީގެ އިދާރާގެ އިތުރުން އާންމު ދިރިއުޅުމުގައި ވެސް ބައެއް މުވައްޒަފުންނަށް އަލީ ވަހީދުގެ ފުރައްސާރަ އާއި ކުރިމަތިލާން ޖެހުނު ކަމަށް، އެއިން ބައެއް މުވައްޒަފުންނާއި ހަވާލާދީ މަސްދަރުތަކުން ބުނެފައި ވެއެވެ. ނަމަވެސް މިކަމާއި ގުޅޭ ވަކިވަކި މައްސަލަތަކުގެ ތަފްސީލެއް އަދި އެނގިފައި ނުވެއެވެ.
ރައީސް އޮފީހުން އަލީ ވަހީދާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވާއިރު، ޖެންޑާ މިނިސްޓްރީ އާއި ފުލުހުންވެސް ވަނީ މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާކަން ހާމަކޮށްފައެވެ. މިކަން ހާމަކޮށް މިރޭ ފުލުހުން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހެޅިފައިވާ ކަމަށެވެ.
މީގެ ކުރިން އަލީ ވަހީދު ރަހުމަތްތެރިންތަކަކާއި އެކު، މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭ ގޮތުން ވެސް އަޙްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ވާހަކަތައް ދެއްކެވި މައްސަލައެއް ފެންމަތިވެ، އެވާހަކަތަކުގެ އޯޑިއޯ ލީކް ވެފައި ވެއެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ވެސް ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އަލީ ވަހީދާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މިނިސްޓަރ އަލީ ވަހީދަށް ކުރެވުނު ތުހުމަތުތަކާއެކު މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހުން އޭނާއަށް އަންގާފައި ވާއިރު، މިކަމާއި ގުޅިގެން އަލީ ވަހީދު ދެއްވި ވަދާޢީ މެސެޖެއްގައި ވިދާޅުވެފައި ވަނީ، ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތާއި މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި "އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ 2018 ނޮވެމްބަރ 17 ވަނަ ދުވަހު އެވެ. އޭނާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. މިނިސްޓަރު އަލީ ވަހީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް ރާއްޖެ އިން ބޭރުގައި އަރުވާލެވިގެން ހުންނަވައިގެން އެންމެ ބުރަ މަސައްކަތްތައް ކުރެއްވި އެއް ބޭފުޅާއެވެ.
ކީރިތި އެކަނި ކުރެއްވިޔަސް ވާކަަށް ނެތޭ، ރައީސް. މޭން އަޕް އެންޑް ޑޫ ސަމްތިން.
އިހުލާސްތެރިކަމާއި އެކު ކީރިތި ކުރެއްވި ނަމަ ހަމަ ވަގުތުން އޭނާ މަޤާމުން ދުރު ކުރާނެ. އިސްތިއުފާ ދޭން އެންގީ އެއީ ކޮންމެވެސް އެހެން މީޑިޔާ ސްޓެންޑެއް ޖައްސަން އިންގޭތޯ
ކިބޫ ކަރުނަ އެއީ މުސްކުޅީން ބުނާ މަކަރުވެރި ރުއިން
ތިޔަކަހަލަ ކަންތައްތަކެއް ހައުސިންގ ގަ ހިނގާ އެބަ އަންހެނަކު އެކަންތައް ކުރަނީ މީ ވެސް ހަމަ ވަރައްބޮޑު ހެރޭސް މަންޓެއް ހިނަގާތަނެއް. ޢަސްލަމް އަދި ސިވިލްސާވިސް ހޭއަރާނީ ކޮން އިރަކުންބާ. ބޮޑު މުސީބާތެއް ލައްވާލީ މިފަހަރު އަސްލަމް މިކަމާ ފުންކޮއް ވިސްނަވާ ނޫނީ ވަރައް ނުރައްކާ ވެދާނެ. މީ ވަރައް ވާހަކަ.
ވަހީދު ދުފާ ދުފާ ގޮަސް ޖިންސު ގޮށް ކެނޑިފަ... މާ ޖިންސީ ވެގެން މިއުޅެނީ...
އެކަމު މީހުން ވަޒީފާއިން ވަކި ކުރާއިރު އޯކޭ ދޯ ؟
މިސޮރަށް ދެން ވާނީ ވާލަށް ވީގޮތް
ދޫންޏަކަށް ވެސް ޖަނަވާރަކަށް ވެސް ނުވެ ބާކީވީ ގޮތަށް
ސިޔާސީ ކެރިއަރ އެންޑް ވީ
ބެކް ޓު ނޯމަލް ކިއްލި ވިއްކާގެން އަބުރުވެރި ދިރިއުޅުމެއް ހޯދަން ޖެހޭނީ
ވަރުގަދަ ގިތެލެއް ދޯ؟! ?
ގައުމު ހަލާކުވާ އިރު ކީރިތި ނުިރައްވާ މޫރިތި ކަންމަތީ ހުންނަނީ. ޢެކަމަކު އެހެން ކޮންމެ ކަމެއްގަ ކީ ރިތި ކުރަައްވާ. ކީރިތި ބެ
ޖިންސީ ފުރައްސާރައިގެ އަޑު އަހާފަ "ކީރިތިކުރެއްވި" އެކަމަކު އަލީވަހީދު ވަޒީފާއިން ވަކިކުރާކަށް ނުކެރުނު.. މިއީ ވެސް ދެއްކުމުގެ ޢަމަލެކެވެ. އެހެންވީރު ކޮރޯނާ އާއި ގުޅިގެން ކީރިތި ކުރެއްވުންވެސް އެއީ ވަރަށްބޮޑު "ދެއްކުމުގެ ސުޓަންޓެއް" ކަމުގައި ޤަބޫލުކޮށް އެގޮތައް ނިންމަިފިކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ. 8 ހުލައި 2020.
އަންހެން ކުދިންގެ ރުހުމުގަ ތި ކުރާކަމެއް ކޮއްފަ އޮންނާނީ ޔަގީން. ވަރަށް މަކަރުވެރި ބައެއްތި އަންހެނުންނަކީ
ދެކޮޅުންވެސް ކީރިތި ކުރެއްވީ މިވާހަކަ އަޑުއަހާފާ ކަންކުރިގޮތް މަންޒަރާއެކު ކުރިމަތިފުޅުމަތީހުރެ ދައްކަމުންގެންދެވީ ހަމަ ދެކޮޅުންވެސް ކީރިތި ކުރެވެނީ މިފަހަރު މިނިސްޓަރުކަން އަންހެނަކަށް މީސީދާ ރޭވުމެއް އަލީވަހީދުއައްކުރިމަތިވި އިމްތިހާނެއް އަލީވަހީދުގެދުލުން ތަފާ ތު ވާހަކަތަކއެއް ފަޅާއަރަނީ ބޮޑުން ހައްޔަރުކޮށް ޖަލަށް
ﷲއާއި ރަސޫލާއަށް މުރުތައްދުވެ ހުތުރުބަހުން މުއާމަލާތްކޮއް ހަދާ އެއްޖިންސުން ގުޅުންހިންގަން ދަސްކޮއްދޭން ގޮވާއިރުވެސް ކީރިތިނުކުރެއްވޭ ސުބުހާނައްﷲ..؟! އިމާމް ސޭހްބިންބާޒް ވިދާޅުވެފަވޭ ﷲމަތިންހަނދުމަވެ ނުރޮވޭމީހަކު އެހެންކަމެއްގަރޮވޭނަމަ ޑޮކްޓަރައްދައްކާށޭ..(މިކިޔަނީ ﷲއަށް ހުތުރުބަހުން ފުރައްސާރަކުރިވާހަކަ ސުބުހާނަﷲ)
ރޯޔަލް ސަފާރީ ކޭސް އޮބުނީތަ..ރައީސްމީހާގެ ލޮލުން ކަރުނަނާދޭތަ ރޯޔަލްސަފާރީ މޫވީ ބަލާފަ... އަބަދު ރޮވިފަހުންނަ ރައީސެއްތަމީ...މިނިސް ޓަރު އައިޝާގެ މައްސަލައިގަ ރައީސަކަށް ނުރޮވޭ...ސަފާރީގެ މައްސަލައިގަ ރައީސަކަށް ނުރޮވޭ..ރައީސްއޮފީހުގެ މުއައްޒިފު މުނަވައްރުގެ ދަރިކަނބަލުންގެ މައްސަލައިގަ ރައީސަކަށް ނުރޮވޭ.ރައީސަށް މިރޮވުނީ ކޮންކުއްޖެއްގެ ފަސާނާގެ ވާހަކައަޑުއިވިގެންބާ...
ހާދަ ކީރިތި ކުރައްވާ ބޭފުޅެއް... މީހުންގެ ސަމާލުކަން ހޯދަން އުޅޭ ގޮތެއް... ކިތަންމެ ވަރަކަށް އޮއްބަން އުޅުނަސް ކާރީގަ އެނބުރޭ ގުރޫޕް ސަފާރީގަ މީހަކު ރޭޕްކުރިވާހަކަ ހަނދާނެއް ނުނެތޭނެ.
ކަން ދައްކަން އުޅޭ މީހެއްތީ !
އަހަރެމެންގެ ފްލެޓް ހިފަހައްޓައިގެން ލިބެމުން މިދާގެއްލުން އަޑުއަހާފައި ކީރިތި ކުރްއްވާނެ ނަމަ.........
ކިނބޫ އައް އެނގޭނީ ހަމައެކަނި ރޯން.. ހެހެ.. ކްރޮކޮޑައިލް ޓިއަރސް...
މިފަހަރު ކީރިތިކުރައްވާފަ އެއްވެސް ފިޔަވަޅެއް ނާޅުއްވާ! ކޮރޯނާއަށް މީހަކު ޕޮޒިޓީވްވެގެން ކީރިތި ކުރެއްވި ފަހަރު މުޅި މާލެ އެއްކޮށް ލޮކްޑައުން. ކިހާ މީހަކަށް ކިހާބޮޑު ގެއްލުކްތަކެއް ވެގެންދިޔައީ... އެހެންވީމާ ތި ކީރިރިކުރެއްވުމުގައި އޮތީ އޮޅުވާލުމާއި ދެއްކުންތެރިމުގެ ޔަހޫދީ ފިކުރެއްކަމުގައި ނޫނީ ނުދެކެމެވެ.
ގައުމު ފުނޑިގެން ގޮސް ލާދީނިއްޔަތަށް ގޮސް ހުސްވީވެސް މިކަލޭގެ ރޯވަރުން.
މަތި ފަނޑީގެ ރޭޕިސްޓޫން
ޑރ. ޒުލްފާ މި މަޤާމަށް އެންމެ ކަމުދަނީ.
ކަލޯ މިގައުމުގެ ވެރިކަމުގައި މިތިބީ ހުސް ރޭޕިސްޓުންތަ؟ އިންޑިޔާއިން އިމްޕޯޓްކުރި ކަލްޓެއްގެ މީހުންތޯ ބަލަން އިމިގްރޭޝަން ދޮށަށް އެއްވަމާ ބަހީ!
މާރިއްތަ ޝަކުވާ ކުރީމަވެސް ރޯ ސޮރު ރޯނެ. އެކަމަކު އެފަހަރު ރޯންޖެހޭނީ އަމިއްލަ ޕަރފޯމަންސް ދަށްކަން ހިތަށް އަރާފަ. ޕުފް.
އަނހާ ހާދަހާވާ ހިތް ބަލި ރައީސެކޭ ތީ! ކިހިނެތްހޭ ކޮންމެކަމަކާ ކީރިތި ކުރެވެންޏާ ލީޑް ކުރާނީކީ؟ ލީޑަރުންވެސް އިމޯސަން ހުންނާނެ އެކަމަކު ސްޓްރޯންގ ލީޑަރސް އެއް ޕަބްލިކަކަށް އެކަމެއް ނުދައްކާނެ!
ކޮބާ ބާކީތިބި މީސްމީހުން. ހަސަން އިސްމާއިލް، ސްމިތް އަދި ޝިއްޕެ އާއި މެދު ހަމަހަމަކޮށް ފިޔަވަޅު އެޅުނީމަ ކަމެއްކުރެވުނުކަމަށް ވާނީ. ހަމައެކަނި އަލީވަހީދު ބޭރުކުރުމަކުން ނުފުދޭ، އިލްޒާމް އެޅިފައިވާ ހުރިހާމީހުން ބޭރުކޮއްލާފަ ރައީސްގެ ސާބިތުކަން ދައްކަވާ،
މިހާރު ވަރަށް ޓްރެންޑީ ކަމެއްދޯ މީ ދެން! މިނިސްޓަރު ރޭޕް ކުރި ވާހަކަ އެއް ނާދޭ އެކަމު ޖިންސީ ފުރައްސާރަ ކުރިކަމަށް ވަނީ! މާނަޔަކީ ގައިގަ އަތްލާ ކަންތައް ކުރީއޭ ދޯ! ކޮބާތަ މިހާރު ސަފާރީ ބޯޓު ކޭސް؟ މި ބުނީ ކިހިނެެއްހޭ މީހެއްގެ ޖިންސް ގަދަކަމުން ބާލަނީކީ އައްސާ އޮބި އަޅައިގެން ނޫނީ! އެއޮތް ތުއިތަރެއްގަވެސް ތުއި އަރުވާ ވަރެއް ރޭޕް އޯ ކިޔައިގެން، ދެ މީހުން އެއްކޮށް ގޮތްގޮތަށް އުޅެފަ! މަވެސް ރޭޕާ ދެ ކޮޅު! ސޯސަލް މީޑިޔާގަ އެކަންވީ ގޮތް ކިޔާ ދެނީ އެއީ އެޓެންސަން ހޯދަން ކަމަށް ބޮޑަށް ބެލެވެނީ!
ކޯފާ ވާން ޖެހޭނީ... ކޮން ރުމެއްތަ އެކުދިން ރުއީތަ
ނުރޮއި... މިއުޅެނީ ތުއްތު ކުއްޖަކު ފަޅާލައި ގެންތޯ
މިހާ ހިތް ބަލި މީހަކު ނުވާނެ ރައީސް އަކަށް ބަހައްޓާކަށް
މާ ހިތްތިރި މީހެއްކަމަށް ހެދިގެން ރޯ ކަމަށް ދައްކަނނީ އެވާހަކަ އިވިފައި އެ މަނިއްޕުޅު ހީލި އެރިއޭ ބުނިނަމަ. ތަލަބިގަރު ކަންނާ.
މީކޮންކޮހަލަ ރަޢިސްއެއް އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި ރިޕޯޓް އަޑުއަހައި ފައި ރޯލަންވެސް ނޭނގުނު އިސްލާމް ރައީސް
ރައްޔިތުން ބޭނުންވަނީ ކިރިޔާ ކަމެއް ވާއިރަށް ރޯ ރައީސްއެއް ނޫން ހިތްވަރު ގަދަ ކެރޭ ރައީސް އެއް ވަގުތުން ފިޔަވަޅު އަޅަން ކެރޭ ... ވިކިލީކްސް އިން ލީކް ކޮށްލި ލިޔުމުގެ ތެދުކަން މިއަދު އެނގެން ފަށައިފި ރައީސް ބަލިވެ އުޅުއްވާކަން ބޭސް ބޭނުން ކުރައްވާކަން ބޭސް ކުރައްވާކަން
އާނދޯ އަރުވާލެވިފަހުރެގެން ރާއްޖެޓީވީން ލިވެކޮއް އެހެރަދައްކާލި ދެފުއްކެހެރިވާހަކަތަކެއްދޯ ބައިވަރުވަގުންތަކެއްނުކުމެ މިގޮވީ ވައްކަމޭ ކިއާފަ ވަގުންތައް އެންމެބޮޑު ދެވަގުލައްވާހެކިބަސްދީފަ ދެވަގުން އާއިލާ ކާރީ އަރާމުގަ ކޮބާ ﷲ ގެ ނިޔާފުޅު ވަގުތުޖެހެމުން ފަޝީހަތްވަމުން މިއޮއް އަންނަނީ ގާސިމައްވެސް މީނަގެ ނުހޮރުއްޕާން ބޮޑު ޖޭޕީ ގެ ސުލޮޓެއްގަ ހޮވި ޖޭޕީ އައް ވެސް ކޮއްދިންހިދުމަތެއްނެތް އެމްޑީޕީ ވެފަ ކަމަެްހެދިގެން ތިމާމީ ރައީސައްވުރެމަތީ މީހެއްކަންދައްކައް ގޭންގުކުދިން ތައްވެސް މިނިސްޓުރީއައްވައްދައިގެން ތެޅިގަތީމަ ވާނެ ހައެތިވެފަތިއޮތީ..
ރައީސް ކީރިތި ނުކުރައްވަންތޯ ހިޔާ ފުލެޓްތަކުގެ ހައްގުވެރިން އަތުން އެތަންތަން ނަގައި ޕާޓީކުދިންކޮޅަށް ދިނުމަށް މަޖިލީހުގެ ތެރެއިންނާ އަމިއްލަ ޕާޓީތެރެއިން އެކުރާ މަސައްކަތް ފެނިފަ.
އަލީ ވަހީދު އިސްތިއުފާ ދެއްވިޔަސް މިހާރު އޭނަގެ އަތުގަ މުސްކުޅި ވެގެން ދާއިރުވެސް ހުސްނުވާވަރައް ބޯކޮއް ލާރި އޮންނާނެ.
ނުބައި މަގުން ހޯދާ ފައިސާ ދާދި އަވަހަށް ހުސްވެދާނެ. ނިކަމެތި ފަގީރަކަށްވެ ސަލާމް ޖަހަން ހުއްޓާވެސް ދިރިތިބީންނަށް ﷲ ތަޢާލާ ދައްކަވާފާނެ.
ކީރިތި ކުރައްވަން ހޮވާފަ ހުރި ރައީސެއްގަ ތިއީ ތިނޫން ކަމެއް ކޮށްބަލަ ނިކަން ބާރުގެ ބޭނުން ކޮށްބަލަ
ކީރިތިކުރެއްވީއޭ ކޮންކަމެއްވާނެތީ ހަމަ އެއްކަމެއް ނުވާނެ މިއުޅެނީ މިދެން ވވ މާތްމީހަކައް ވާށޯ މާރަގަޅު އިޚުލާސް ތެރި ވެރިއެކޭ އަހަރުމެން ބަލައިނުގަންނަން ސީދާ ބޮޑު ވަގުވެރިކަން ތިވަރު މީހެއްނަމަ ގައުމެއްގެ 5 އަހަރު ރަތްޔިތުންނަށް ޚިދުމަތް ކުރި ވެރިއަކު ރަހީނުކޮށްގެން އެދޭައަނިޔާ ބަލާބަލަ ކީރިތި ކުރަށްވާ އޭރުން ގަބޫލުކުރެވިދާނެ މީވާ ހާދަރަގަޅުމީހެކޭ
ވަޒީފާއެއް ނެތި އާމުދަނީއެއް ނެތި މީހުން އުޅޭ ހާލު ބަލާފަ ކީރިތި ކުރައްވާނަމަ ދޯ
އަހަރެންވެސް މިއުޅެނީރޮވޭވަރުން؟
ކޮތަރުކޮށިނުދީގެން ވަރައްރޮވޭ؟
މިހާރު ގެކުލި ކަރަން ޓާ ފެނައް
އަދިކޮނބާ ކެއުން މިތިންކަމައް
މަހަކުއެބަދޭ / 28000 ރުފިޔާ
އެކަމާ މަށައްވަރައްރޮވޭ؟ މީރޮވޭސަރުކާރު
އޮޅޭސަރުކާރު؟ ރޭޕުސަރުކާރު
އިސްތިއުފާ؟؟؟؟؟
ކީރިތި ކުރައްވަނީ ކާކުގެ ސިމްޕަތީ ހޯދަން ބާ. #ކްރޮކަޑައިލްޓިއާރޒް
އޭނަ ހައްޔަރުކުރުން ވަރަށް މުހިންމު. ހެެއްކަށް ނުފޫޒުފޯރުވަފާނެ ކަމުގެ ފުރުސަތު އެބައޮތް. އަދި ބޯޑަރ ހުޅުވުނީމަ ފިލުންވެސް އެކަށީގެންވޭ.
ސަފާރީ ކޭސްގަ ނުރޮވުނީ ކީއްވެ. ފިޔަވަޅެއް ނޭޅި މައްސަލަ އޮބުނީ ކީއްވެ. ގޭ މީހުންނަށް ވީމަތަ. އެހެންވީމާ ތި ފޭބީ ކިނބޫ ކަރުނަ. އަލީ ވަހީދުވެސް މައިތިރިވެގެން ހުރިނަމަ ތިހެނެއް ނުވީސް