ޑޮކްޓަރުން އަބަދު ވެސް ދޭނީ ސިއްހީ ލަފާ ކަމަށާއި އެ ލަފާގެ ފަހަތަށް ސިޔާސީ ބޭފުޅުން އެރީމަ ޑޮކްޓަރުންނަށް ލިބޭނީ ސިހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރަށް މަޖިލިހުން ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް މިދިޔަ އާދިއްތަ ދުވަހުގެރޭ މަޖިލިހުގައި ބޭއްވި ބައްދަލުވުމުގައި ޑރ. އަލީ ނިޔާފް ވިދާޅުވީ ކުއްލި ހާލަތުގެ ސަބަބުން މިސްކިތްތައް ހުއްޓުވޭ ނަމަ، ރައްޔިތުންގެ މަޖިލިސް ހުއްޓުވެން ޖެހޭނެ ހާލަތަށް ނުދާންވީ ސަބަބެއް ނެތް ކަމަށެވެ.
އެ ބައްދަލުވުމުގައި، ޑރ.ނިޔާފް ވިދާޅުވީ ބައްޔެއް ފެތުރެމުންދާ ހާލަތެއްގައި، ސަލާމަތީ ކަންކަން ނެތް ތަނެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޑރ. ނިޔާފްގެ އެ ވާހަކަތައް ބައެއް މެމްބަރުން ތާއީދުކުރައްވާފައިވާ އިރު އަނެއްބައި މެމްބަރުން ވަނީ ފާޑު ވިދާޅުވެފައެވެ.
އެކަމަށް އިޝާރާތް ކުރައްވާނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ ޑރ. ނިޔާފް ވެސް އެދިވަޑައިގަންނަވަނީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރާއި މެދު މަޖިލީހުން ގޮތެއް ނިންމެވުމަށް ކަމަށާއި އެކަމުގައި ސިއްހީ ބޭފުޅުންގެ މަޝްވަރާ ހޯއްދެވުމަކީ ޑރ.ނިޔާފް އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.
އެހެންކަމުން ޑރ. ނިޔާފްގެ އެ ވާހަކަތައް މަޖިލީހުގެ މަސައްކަތާއި ފުށު ނާރާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" ޑޮކްޓަރަށް އެނގިވަޑައިގަންނަވާ ދައުލަތެއްގެ ނިންމުންތައް ބިނާ ވަނީ ހަމައެކަނި ސިއްހީ ކަންކަމުގެ މައްޗަށް ނޫންކަން. އެއީ ދިރިހުރުމާއި ދިރިނެތުމާއި ދެމެދުގައި ހިނގާ ހަމަނުޖެހުމެއް ނިންމަނީ ސިއްހީ ލަފާ، އިގްތިސާދީ ލަފާ، އިޖުތިމާއީ ލަފާ، މި ބާވަތުގެ ހުރިހާ ލަފާ ލިބުމަށް ފަހު ދައުލަތުން ގޮތެއް މި ނިންމަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑޮކްޓަރުން ދައްކަވާ ވާހަކައަކީ ބައެއް ފަހަރު އެހާ ސީދާ ވާހަކަތަކަށް ނުވި ނަމަވެސް، އެއީ ފަންނީ ލަފާ ދެއްވާ ބައެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
" ޑރ.ރާޒީ އެއް ދުވަހު އަޅުގަނޑު އިންދާ ވިދާޅުވެއްޖެ އަލްހަމްދުﷲ އޭ ޓީބީއޭ. ދެން ޕޭޝެންޓް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެ. ރާޒީ ފަހުން ވިދާޅުވީ ތިމަންނާ ހީކުރީ ކެންސަރު ކަމަށޭ. ކިހާބޮޑު ހިތްހަމަޖެހުމެއް ލިބޭނެހެއްޔޭ ޓީބީއަށް ވީމާ. ޑޮކްޓަރުންގެ މުއާމަލާތާއި ދެކޭ ގޮތް އެއީ ނުވެދާނެ އަޅުގަނޑުމެން ސީދާ ސާދާކޮށް ކަންތައްތަކުގައި ދެކޭގޮތް ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ޑޮކްޓަރުންގެ ލަފަޔަށް ސިޔާސީ މީހުން ބަސް ބުނުމާއި މެދު މި މޭރުމުން ވާހަކަދައްކަވާފައި ވާއިރު، ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގެ ސަބަބުން މިސްކިތްތައް ހުއްޓުވޭ ހާލަތައް ދާނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުވެން ޖެހޭނެ ހާލަތައް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ.އަލީ ނިޔާފް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ޑރ.ނިޔާފަށް ފާޑު ވިދާޅުވިއެވެ.
އަދި އެކަމާ ގުޅިގެން ޝިފާއު އަށް އާންމުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
ބުއްޅަބޭ މޮޔަގޮވަނި
ކަލޭމެން ބޭނުންވަނީ މިޤައުމުގައި ކަލޭމެންކަހަލަ މޮޔައިން އުޅެންދޯ! އެރުންތާ ކަލޭމެން ބޭނުގޮތަށް މިޤައުމަށް ހަދާލެވޭނީ!
މީ ކިހާ ބޮޑުވެއްޖެކަމެއް މި ނަޝީދުއާ ނުބެހޭ އެއްކަމެއްވެސް ނެތީތަ މަށަންހީވަނީ މީނަ މަޖްލިސްއަށް ކޮންމެދުވަހަކު ދަނީ އެ ބުނާއެއްޗެއް ބޮއިގެންކަންނޭގޭ އެހެއްވެތަ މިހާ އަނގަގަދަވަނީ
މަހީހީ ހަލާކު
މީސިޔާސީ މީހުން ތަ؟
ބާޢީ މުޅިގައުމު ފަސާދަ ކޮއްފި މިބީތާ.
މިނުބައި މީހާގެ ކިބައިން މިގައުމު ސަލާމަތްކުރައްވާށި.
އާމީން
މަނިކުފާނު ބޭނުންވިގޮތަށް އިޤްދިސާދަށާއި، ޕާޓީއަށާ ގޭދޮށު ފިހާރައަށް ބަލައިގެން ކޮވިޑްގެ ފިޔަވަޅުތައް އެޅިނަމަ، މި ޤައުމުގެ މިހާރު އޮތް ޙާލަތުގައި އޮތުމަކީ ނާދިރު ކަމެވެ. މަނިކުފާނު ބޭނުންފުޅުވި ގޮތަށް އާދައިގެ ރޯގާއެއްކަމަށް ބަލައިގެން، ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި، ސިއްޙީ މާހިރުންގެ ލަފާގެ މަތިން، ބޯޑަރ ބަންދުކޮށް ފުރަބަންކަށް ދިއުމުން، އެތައް ބައެއްގެ ފުރާނަ ސަލާމަތްވިކަމަށް، ސަރުކާރުން އެއޮއްދަނީ ގޮވަމުންނެވެ. އަދި ސިއްޙީ މާހިރުންގެ ހިސާބުތަކުން އެއޮތީ ފެންނާށެވެ.
ބާރެއްނެތި މަގުމަތީގައި ހަޅޭއްލަވުން ދުވާއިރު، މީހަކު ގައިގައި ކޫރުމެއް އެޅުނަސް އެއީ ވަރަށް ބޮޑުކަމަކަށް ހަދައިގެން އުޅުނު ބަޔަކު، ބޭހެއްނެތް ބައްޔެއް ފެތުރުނުވަގުތު، މި ގޮވަނީ އެބަލީގައި މަރުވަނީ މަދުބަޔެކޭ، ހަރުކަށި ފިޔަވަޅު އަޅާނެކަމެއްނެތޭ. މިއިން އެނގެނީ ބާރެއްލިބުނީމާ ކޮންމެހެން ރައްޔިތުމީހާގެ ފުރާނަވެސް މުޙިއްމެއްނޫން ކަމެވެ.
އަހަރެމެން މިއުޅެނީ ސިހިގެން ނޫން. މިއުޅެނީ ރޯނު އެނދުރުންނަށް އެއްޗެއް ވިސްނައިދެވޭތޯ. ނުކިޔަވާ މީހުންނަށް އެއްޗެއް އުގަންނައި ދެވޭތޯ.
ގައުމުގަ ހިނގާ ހުރިހާ ނު ބައިކަމެއްގެ އަޑީގަ ހުރީކާކު؟
ސެކިއުލާ މީހުން މުސްލިމުންގެ މައްޗައް ބަސްކިޔަން ފެށީމަ ގައުމުވާނީ ފަނާ
ބޮދުވަރު
ނުލަފާ
ސިޔާސީ ބާރުކެނޑޭއިރު ގައުމުުގެ އެންމެން ނުރުހުން ކަލެއަށް އަމާޒުވާނެ.ތިޔަ ހުލިވަނީ،ބުރު ހުލިވަނީ.
ސިޔާސީ މީހުންނާ ސިޔާއި ސީ މީހުންގެ ތަފާތު އަންނިބެއަކަށް ނޭނގޭތަ
ޑޮކްޓަރ ނިޔާފަ ދެއްކި ވާހަކައަކީ ސުލޫކީ މައްސަލއެއްކަމަސްބަލާ ވަޒީފާއިން ވަކިކުރޭ. އެއީ ނުވެގެން ތިއުޅޭކމަކީ.
ކަލޭ ތީ އެއްމެ މޮޅަށް އިންގޭ މީހާ އެހެވެތާ ކަލޭ ފުރަތަމަ މީ އާދާގެ ރޯގާ އެކޭ ބުނީ، އޭގެ ފަހުން މިޔަނި އެވެނި އަދަދަށް މީހުން ފައްސިވެފަ މިވެނި އަދަދަށް މީހުން މަރުވާނެޔޭ. ﷲ ރަހުމައްފުޅުން ކަލޭ ޖެހި ހިސާބު ދިމަލެއްނުވި
އަހަރެންގެ ސުވާލެއް އެ ބައޮއި. ކީއްވެ އަންނި އަށް ބުއްޅަ ބޭ ކިޔާނީ.
ކަލޭގެ ވާހަކަ މިހާރުމިވަނީ ޖޯކް އަކަށް. ޜައްޔިތުން ތަމްސީލް ކުރާ މަރުކަޒުގެ އިއްޒަތްތެރި ރައީސެއްގެ އަގު މި ފަދަ ދަށުދަރަޖަޔަކަށް މުޅި ދިވެހި ތާރީޙް ގައިވެސް ވެއްޓުނު ފުރަތަމަ ފަހަރު... ޔޫ ހޭވް މޭޑް އަ ހިސްޓްރީ . ޥާވް!
ސިޔާސީ ބޭފުޅުންނޭ ވިދާޅު ނުވޭ މަނިކުފާން އެކަނި ނުކުތަސް މުޅި މި ދިވެހިގައުމައް އެބަ ސިހުން ލިބިގެން އެބަދޭ.
ނަޝީދަކީކޮންފާޑެއްގެވާހަކަދައްކާމީހެއް
އަންނި އާ އޭނާގެ އައުވާނުންނަކީ ހޭޖެހޭ ބައެއް ނޫން