ނުބައި ނަޒަރަކުން ރާއްޖެއާ ދިމާލަށް ބަލާލިއަސް "ލޯ ނަގާފައި މަސްތަކަށް" ކާންދޭނެ ކަމަށް ވިދާޅުވެ އެމްއެމްޑީއެފްގައި މީގެކުރިން މަސައްކަތް ކުރެއްވި ކެޕްޓަން އަލީ އިހުސާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައި މިވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ މީހަކު، ދިވެހިރާއްޖޭގެ ރަށްތައް ހިފަންޖެހޭ ކަމަށް ބުނެ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއަކާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން ހިންދީ ބަހުން އިހުސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ހިފުން އެއީ ދުރު ކަމެއް ކަމަށެވެ. ނުބައި ނަޒަރަކުން ރާއްޖެ އާއި ދިމާލަށް ބަލާލިއަސް "ލޯ ނަގާފައި މަސްތަކަށް" ކާން ދޭނަން ކަމަށް އިހުސާން ވިދާޅުވިއެވެ.
"ހީކުރީ އަހަރެމެންނަކީ [ރާއްޖެއަކީ] ކުޅޭ ކުޅޭ އެއްޗެއް ކަމަށްތަ؟ ބޭނުންވާއިރަށް ހިފަން،" އިހުސާން ވިދާޅުވިއެވެ.
Maldives ko capture karnatho dhoor, agar boori nazar bi daalatho aankey nikaalkey machliyonko kilaadheyngey!!! Hamko kiyaa apna kilona samja! Jabchahe Capture karey!! I dont know if I said it entirely right! But You have been warned! Foreign and Domestic Alike!!! pic.twitter.com/0m5npefn45
— Ali Ihusaan (@ali_ihusaan) July 25, 2020
ބީޖޭޕީގެ ގޮތްޕެއް ކަމަށްވާ އާރުއެސްއެސްއަށް ނިސްބަތްވާ މީހާ ބުނީ އިންޑިއާ ސިފައިން ރާއްޖެ ގޮސް ރާއްޖޭގައި އޮތް ރަށްތައް ހިފަން ޖެހޭ ކަމަށެވެ. އަދި ބާކީ އޮތް ތަންތަން ވެސް ވަގުތުން ހިފަންޖެހޭ ކަމަށާއި ތަންތަން ހިފުމަށްފަހު ނޫނީ މަޝްވަރާ ކުރާނެ ކަމެއް ވެސް ނެތް ކަމަށެވެ.
މީގެކުރިންވެސް އިންޑިއާގެ މިހާރު ވެރިކަން ކުރަމުން އަންނަ ބީޖޭޕީ އެކި ފަރާތްތަކުން ވަނީ ރާއްޖެ ހިފަންޖެހޭ ކަމަށް ގޮވާލާފައެވެ. އެގޮތުން 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިންވެސް ބީޖޭޕީގެ އިސް ފަރާތެއް ވަނީ ރާއްޖެ ހިފަންޖެހޭ ކަމަށް ގޮވާލާފައެވެ.
އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ނަމަކަށް ކިޔާ މީހަކު ވަނީ 2018ގައި ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލައިފި ނަމަ ރާއްޖެ ހިފަންޖެހޭ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ވެސް އެތައް ބައެއްގެ ފާޑު ކިޔުންތައް އިންޑިއާ އަށް މީގެކުރިން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ޔަގީނެއްނު، ނުބައި ނަޒަރަކުން ބަލާލިއަސް ލޯ ނަގާ މަސްތަކަށް ކާންދޭނަން. އަހަރެމެން މިތިބީ އިހުސާން އާއިއެކު. ދިވެހިންގެ ލެއާއި ނުކުޅެވޭނެ.
ބިޖޭޕީ މީހުންޖެހޭނީ ގެރިއާއި އެކޮށް ކުރާކަމެއްކުރަން.
މިހާރުވެސް ނުބައި ނަޒަރުންނެއް ނު އެބަލަނީ.. ތާއަބަދު އެ ގޮވަނީ މިތަންހިފަން ތިޔަ ވީޑިއޯގަ ތިއޮތީވެސް ތިޔަ އިހުސާނުމެން އާރާބާރުގަ ހަތިޔާރާއެކު ތިބި ދުވަސްވަރު ގޮވި ގޮވެލި ފައްޗެއް އެބައިމީހުން އެހެން ގޮވީވެސް އޭރު.. އާރާ ބާރުގަ ހުރި އިރު ނުވިކަމެއް މިހާރުވާނެތަ؟؟ ތިޔަށް ކިޔަނީ ހިކިފަސްތާނގަ ބަކަތެޅުން. ތި ހަމަ ހައްޕުނޑު
ޔެސް. މިގައުމަށް ކަޅިއެއް ނުބައި ނިޔަތެއްގަ އެއްލިޔަސް ކާޅަށް ކާންދޭނަން. މި ހަށިގނޑުގަ ނޭވާ ހުރިހާ ހިނދަކު އެއްވެސް ބަޔަކަށް މިތަން ހިފަން ފުރުސަތެއް ނެތް.
އިހުސާނޫ ފޮނިނުކަނޑާށެވެ. މާރިޔާ (މިހާރުގެ ޑިފެންސް މިނސްޓަރު) އިންޑިޔާއަށް ގޮސް ބުނީ އިންޑިޔާއިން ބޭނުންނަމަ ރާއްޖެ ހިފިދާނެކަމަށެވެ. މާރިޔާއާދިމާއަށް އެއްޗެކޭބުނާން ކެރުނުތޯއެވެ؟ ފޮނިނުކަނޑާށޭ މިބުނަނީ މިހެންވެއެވެ.
ކީއްވެ ފޮރިންމިނިސްޓްރީން މިކަމާއި ބަސްނުބުނަނީ..
މީ ބޮޑު މައްސަލަ އެއްނޫންތޯ..؟ ބާރުގަދަ ޤައުމަކުން ކުޑަގައުމަކަށް އަރާވާހަކަ މިދައްކަނީ..
އައްޑޫގައި މިލްޓްރީ ބޭސް ހަދަނީ.. ރާއްޖެތެރޭގައި އެއަރޕޯރޓެއް އެނެގީ.. އިއްޔެ މިލްޓްރީ ހެލިކެޕްޓަރެއް ގެނައީ.. އިންޑިޔާގެ ސިފައިން މިތާ މަދުނޫންއަދަދަކަށް އެބަތިބި..
މިދައްކާވާހަކަޔާއި މެދު ސީރިޔަސްކޮށް ވިސްނަން ނުވޭތޯ.؟
ސާބަހޭ އިހުސާން ސޯ ތިޔައީ ދިވެހި ދަރިންނަކީ އެކަމަކު ބުނަން ދިވެހިރާއްޖެ އެއްކޮއް އިންޑިއާއައް ދީ ނިއްމާފި މިހާރުވެސް އުތުރު ތިލަފަޅުގަ އިންޑިއާސިފައިން ތިބިވަރެއްވެސް ނޭގެ އަދި އައްޑޫ ވަކިސަރަޙައްދެއް ތިއޮތީ ހިބަދިނުމުން ދީފަ. މިހާރު އެއުޅެނީ ލިންކުރޯޑުވެސް އެސަރަޙައްދާ ދުރައްޖައްސަން .. އެތާމޫދައްއެރެން އޮތްތަންކޮޅު ހަލާކު ކޮއްލާފަ. އައްޑޫމީހުން ބާރައް އަތްޖަހާ..
ސުބުހާނައްﷲ މީ ދޯ އަހަރުމެން މިދައްކާވާހަކައަކީ.. ހެޔޮނުވާނެ ދޯ އިންޑިޔާ ކާރިކުރަން..
މިހިރީ އެމީހުންގެ ވެރީންގެ ވިސްނުން ހުރިގޮތް..
އަވަހަ މިލްޓްރީ ހެލިކެޕްޓަރާއި، އައްޑޫގެ ބޭސް އަދި އެއަރޕޯޓް އެމީހުން އަތުންނަގާ އެމީހުންގެ އެއްޗެހި ދީފައި ފޮނުވާލާ
އަހަރުމެންތަރުކާރި ނުލިބުނަސް ތިބެދާނަން..
އެކަމަކު މިނިވަންކަން ބޭނުން..
ޕްލީޒު ވެރީންނޭ ގައުމަށްޓަކައި ކޮންމެވެސް ކަމެއް ކޮށްލަ ދެއްވާ!
މިއަދުގެ ވެރިން ހުރީ އިންޑިއާގެ އަޅުންގެ ގޮތުގައި. އައްޑޫ، ހައްދުންމަތި އަދި ހދ އަތޮޅުގައި އިންޑިއާ ސިފައިން އެބަތިބި. އަނދިރި އަނދިރީން ރާއްޖެއަށް އަތްގަދަ ކުރިހެން އިންޑިއާ އިންވެސް ކުރާނެ. އިންޑިއާ އަށް މި ފުރުސަތު ތަނަވަސް ކޮށްދޭން ހުރީ ނަޝީދު އާއި މާރިޔާ. ވެރިކަމަށް ދަހިވެތިވެފަ ހުރިވަރުން އަމިއްލައަށް އަދި ބޮނޑި ބޯނެ. ހުރިހާ ދެރައެއް ލިބޭނީ އަހަރުމެން ރައްޔިތުންނަށް. އެދުވަހަކުން ކަރުނަ އަޅާކަށް ފުރުސަތެއް ނުލިބޭނެ. ވަތަން، އިސްލާމްދީން، އިއްފަތްތެރިކަން ނިގުޅިގެން ދާނެ. ނަޝީދު އަދި މާރިޔާގެ އާއިލާ ހުންނާނީ އެހެން ގައުމެއްގަ ހިމާޔަތުގަ. ވަގުތު ފާއިތު ނުވަނީސް ބަދަލު ގެނޭ. މިހާރުވެސް ލަސް ވެއްޖެ. ލަކުނު ލައިފި...
މަވެސް ބިވެރިވާނަން
ދައިގަންނަ ކުއްތާ ވައްވައް ނުޖަހާނެކަމަށް މުސްކުޅިން ބުނެ އުޅެނީ.. ކަމެއްޖެހުނީމަ ދެކަމު ހާޖަތަށް ގޮއްސަތިބޭނި ތިޔަ ޒާތުގެ މީހުން.. ކޮބާޔޯ ސިފައިން ހޯދި އަދީބުގެ ހަތިޔާރުތައް އެއަށްވީ ކިހިނެއް ތިޔަ މީހަމެން ތިއްބާ ބަޑިގުދަނުން އެ ބޭރުވީވެސް.. ތި އަމަ އަނގަ ފނދ އިން.. ތުންމެޓާ ތިޔައީ.. މިހާރުވެސް ނޭނގެ ރޯ އިން ފަހަތު އަޅުވާނުލާކަމެއް
ބަލަ ވައްވައް ޖެހީ ގެރިއެކޭ، ކެޕްޓަން އިޙުސާން ރައްދު ދިނީ، އަދިވެސް ހޭބަލިވެގެން މުސްކުޅިންގެ ބަސްތައް ލިޔެ ބަހައްޓާތި.
އެއީ ހަމަ ހުސް ވައިފޮޑި ހަަ ވައްވައް އެ ޖަހަނީ އެއްކަމެއްވެސް ނުކުރެވޭނެ.. ތިޔަ ގެރިއާ އިހުސާނާވެސް ހަމަ އެއްތަށިން ކެއި ދެ ފުއްލާއެކޭ ތަފާތެއް ނެތް.. އެކައްޗެއްހަމަ.. އެހާ ޤައުމުދެކެ ލޯބިވާނަމަ ހަތިޔާރުގުދަން ފޫވެއްޓުނުއިރު ވާނުވާގަ ނުހުރީސް.. ކެޕުޓަނޭ ބޮނބިޓަނޭ ކިޔައިގެން ކަމަކާ ޖެހުނީމަ ތިޔަ މީސްމީހުންގެ ފެންވަރު އެނގޭނީ..
އަޅުގަނޑުމެންގެ މިނިވަންދުވަހާއި ދިމާކޮށް މިފަދަ ވާހަކަތައް އަޑުއިވޭ އިރުވެސް
ދައުލަތުން ކީއްވެތޯ އިންޑިޔާއާއި މިހާ ގާތްގުޅުމެއް މިބާއްވަނީ
އެއަރޕޯރޓު ބޮޑުކުރާނަމުގައި ގައުމުގެ ވައިގެ ބަނދަރެއް އަތުލައިގަތީ ނޫންބާ
އައްޑޫގައި އެހަދަނީ ކޮން ޓްރޭނިންސެންޓަރެއްބާ
މިހާރު އެމީހުންނަށް ހުންނާނެ ދެކަމުހާޖަތަށް ދެވިފާ. ސާބަހޭ ކެޕްޓަން އިހުސާނު.
ކޮބާ ކޮމިއުނިކޭޝަން ކަޓޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...
އިންޑިއާއާއި އެމް ޑީ ޕީ ހޭބަލިވާން ޖެ ހޭނީ ލާދީނީ 2 ބައިގަނޑު ެ
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ މޯދީ އިސްތިއުފާ
"ލޯ ނަގާފައި މަސްތަކަށް" މިތަންކޮޅުލައިގެން އަބަދުއްަޝީދު ހުސައިން ލައްވާ ލަވައެއް ތައްޔާރުކޮށް މާދަމައަށް ޖެހޭވަރުކުާންވީ. ވަރަށް ހިނގާނެހެން ހީވަނީ.
މަމީ ސިފައިންގެ މީހެއްނަމަ މަކުރާނެކަމަކީ ބަންޑާރަކޮށިވަށާ ގެރިއައިނެއް އަތުރާލާނީ. ލޮލަކާކުޅޭކަށްނަހަދާނަން.
????
ތިޔައި ދިވެހި ދަރިއެއް ސަބަސް ލޯކޮނެލަތި ?????
އަންނި އިންޑިޔާ އައް ފޮނުވާލަންވީ
ދުނިޔޭގަ އޮތީ އިންޑިޔާ އެކަންޏަކުނޫން.މުޅިދުނީގަ ތިބީ ދިވެހި ގައުމުގެ ރަހުމަތްތެރިން ދުނިޔޭގަ އިންޑިޔާގެ ދުސްމަނުން ވަރަށްގިނަ ވީއިރު ރާއްޖެއާމެދު ލޯއަޅާލިޔަސް ދިވެހިން އިންޑިޔާ ސައިޒް ކުރާނެ ޕޯޗްގީޒުން ކުރީޒަމާނުގާ 17 އަހަރު ވެރިކަން ކުރި އެކަމަކުވެސް ހޫރާލި އިންޑިޔާގެ ގޯވާ ގެރަސްގެފާނު ރާއްޖެއަށް އަރަހިފާ 3 މަސްވެސް ނުވި ހަމަ ދިވެހިން ނިކުމެ ހުރާލީ ދެވަނަ ބޮޑުހަގުރަމައިގާ ހިޓްލަރު އަނގާފަ އޮތީ ޖަރުމަނުން ދިވެހިރާއްޖެއަށް ވަދެގެން ނުވާނެކަމަށް. އޭގެ ކުރީޒަމާނުގަ ރާއްޖެގެ އަޅުވެތިކަމުން ސަލާމަތް ކޮށްދިނުމަށް މެދުވެރިވީ ފަރަންސެސީން. އަދިވެސް މަތްﷲ ގެ ވަގިފުޅާ އެކު ދިވެހިންނަސް އިންޑިޔާގެ މައްޗަށް ނަސްރު ލިބޭނެ ދަިވެހިރާއްޖޭ ހުރިހާރަށެއްގެ ތަލަފިލިތަކުން ބަންގި ގޮވަހަ ހިނަދަކު ދިވެހިފަސްގަނޑަށް މާތްﷲ ގެ ހަޒްރަތުން ވާތްގާ ނަސްރު ލިބެމުންދާނެ.
އިންޑިއާގެ ކަންތައް މިހާރު މާމައްޗަށް ދަނީ ތި
ހީވަނީ ގަމާރުންނައް އެއްޗެއްނުވިސްނެނީހެން މިގައުމު ހިފަން އިންޑިޔާއިން ކިތަންމެ ބޭނުންވިޔަސް ކުޑަބޭރުއަރާކައްވެސް ނުކެރޭނެ އެމީހުންނައް ނޭންގެނީތަ އަހަރެމެންނަކީ ޕޯޖްގީސް ބަލިކުރިމީހުން އަހަރެމެންނާ ދިމާކުރަން ނޫޅޭތި
ދިވެހިރައްޔިތެ އްގެ ހަ އިސި އްޔަތުން ބުނެލަން. މިދިވެހި ފަސްގަނޑު ހިމާޔަތް ކުރުމަ އް ކޮންމެފަދަ ގުރުބާނީ އެއް ވާންޖެހުނަސް ފަހުނޭވަޔާ ހަމަ އަށް ވެސް އެކަމެއްކުރަމަ އް މިހުރީ ތަ އްޔާރުވެގެން. މަލިކު ދިރުވާލަިޔަސް އިތުރަ އް މިރާ އްޖޭގެ އިމުން މިލިމީޓަރެ އް ދޫނުކުރެވޭނެ.
އަހަރަމެން މި ތިބީ ގެރި ބަކަށްޓާއި އެކު
ރަނގަޅު ވާހަކއެއް ވެރިކަމުގަ މިތިބީ އޭއްޗެހި ދަށުވެ ނަގޫ ފިތިފަ ތިބި ބާގަނޑެއް
މި ވަތޮނުގެ މިނިވަންކަމަށް އަރައުގަނެ މިގައމު އަޅުވެތިކުރަން ވިސްނި ދައްޖާލެއްގެވަސްވެސް ފޮހެލާނަށް.
މިހާރު މި ރާއްޖޭގަ އޮތް ވެރިކަން ބަދަލު ކިރަން ޖެހޭ ރއްޔިތުން ނިކުމެގެން އެހެން ނޫނީ މި ޤައުމު އިންޑިޔާއިން ހިފާނެ...
އެމްޑީޕީ އަށްވޯޓްދީ މިސަރުކާރު ގެނައުމުގައި އެހީތެރިވި އެންމެން މިކަމާ ކީކޭތޯ ބުނާނީ. ދުޢާދެއްވާފައި ހުރި ސޯލިޙެއްގެ ވެރިކަމޭތޯ. އިންޑިޔާ މީހުންނަށް ހުވަފެން ފެންނަނީބާ ދިވެހި ރާއްޖެއަކީ އިންޑިޔާގެ ތަރިކަ މުދާގަނޑެއްހެން. ދިވެހި ސިފައިންނާއި ފުލުހުން މިކަމާ ބަހެއްވެސް ނުކިޔާތިބެނީ ކީއްވެތޯ. ވ. ނުރައްކާތެރި ހަދިޔާތަކެއް އިންޑިޔާ އިން ދެނީ
މި ލައިކީ،ބްރާންޗަށް އެވަރުވެސް ނޭގޭ،
އަހަރެމެންގެ މިނިވަން ދުވަހާއި ދިމާކޮށްފަ ބުނެފައި މިއޮތީ ދިވެހިން އަދިވެސް މިކަމާ ހޭއަރާކަށް ނުވޭތަ ލޯމަތިން ފެނި ހާމަވަމުން ދާއިރުވެސް އިންޑިއާ ސިފައިން ގެރި ބައިގަނޑަކަށް ފަހު ބައިގަނޑެއް މިގައުމަށް އަރުވަމުން އެގެންދަނީ ދިވެހިން މިކަމާ ދެކޮޅަށް އިހްތިޖާޖަށް ނުކުންނާކަށް ނުވޭތަ އާދޭސް ސަރުކާރު ކިބައިން ރައްޔިތުން އާދޭސް ކުރަންވީ އެންމެ ބޮޑުކަންތައް އައިސްފައި މިއޮތީ.
މިފެން ނަނީ އިންޑިޔާއިން ނުބައިނަޒަރަކުން ބަލާކަމުގެ ނިޝާނެއް.
މިމަންޒަރުސިފަވޭ މަޖިލީހުގައި ބޭރުމީހުންނައް ވިސާދީ ރައްވެހިކަން ދޭން މިހުށައެޅީ ކީއްވެކަން މިހާރު ތުންތުންމަތިން ކެންޕޭނައް ޙަރަދުކުރީ ކީއްވެގެންކަން ހެލިކޮޕްޓަރ ދުއްވަން އެމީހުންގެ މީހުން ބާތިއްބަނީ ކީއްވެގެންކަން މިހާރު މިއިނގެނީ ފަޅުރައްތައް 99 އަހަރައް އެދެނީ ގައުމު ބަޔަކައް ވިއްކާލާ ފައި ފިލަން އުޅޭ ކަމުގެ ނިޝާނެއް އަނދިރި އަނދިރިންނައްވުރެވެސް ނުބައި ކީއްތޯ ކުރާނީ ޕާޓީ ހަދައިގެން ރައްޔިތުން ޕާޓީގެ އަވާގައި ޖައްސާފައި މިހަދަނީ ހަދާނެ އެއްޗެއް
އިންޑިޔާ ބޭނުމިއްޔާ ރާއްޖެހިފިދާނެ. އެވަރަށް ހަކަތަ އާއި ވަސީލަތް ހުންނާނެ. އެކަމަކު އަހަރެމެން މީ ދިވެހިން ... މުސްލިމުން އަހަރެމެނަށް ނަސްރު ލިބޭނެ. ފަސޭހައެއްވެސް ނުވާނެ އަހަރެމެން މައްޗަށް ގަދަވެގަންނާކަށް.
ޙުވާ ހަމަ ތެދެއް ތިބުނީ. ކުރަންވި ކަމެއް ސަރ ބުނޭ.
އިހުސާނުގެ ހިއްވަރަށް އައްސަރިބަހާއި ސާބަސް މިއުޅޭ ޔެލޯކުދިންނަށް މިވަރު ވާއިރުވެސް ހަމަ ވާނުވާ ނޭގެނީބާ؟؟؟؟؟؟ ނޫނީ............
ކަލޭމެން ތިބޭނީ ތިޔަހެން އަނގައަވަން ނަސީދު އެދަނީ މިދިވެހި ގައުމު ގެރި މޯދީއައްދީ ހުސްކުރަމުން.
މިހާރު މިނިވަންކަން އިޚުސާސެއް ނުކުރެވޭ.. މިސަރުކާރުން ދިވެހިން އަނދަވަޅަކަށް ވައްޓަމުން މިދަނީ.
އިންޑިޔާ އިން މިތަން ހިފިދާނެ، އެކަމް އަހަރުމެން ހުރިހާ މީހުން މަރާފަ.. ހަތިޔާރެއް ކަމެއް ނެތަސް ދަނޑިބުރި ހިފައިގެންވެސް އަމިއްލަ މީހާ މަރުވަންދެން ތަޅާނަން.
ޖާކަރު އުސްކާ މާކޯ ކެޕްޗަރ ކަރު..ކަބީނޭ..
ގައުމު އަޅުވެތި ވާ ފަދަ އެހެނިހެން ކަންތައްވެސް އެބަހިގަާ. މި ކަންތައްތައް ވެސް ހުއްޓުވަން އެބަޖެހޭ.
ހަމަ އަޖާއިބު! އަންނީގެ ބާރު ހިނގާ ވެރިކަމެއް މިރާއްޖޭގައި ގާއިމުވާ ކޮންމެ ފަހަރަކު، ރައްޖެއަށް އިންޑިއާ ސަރުކާރުގެ ބާރާއި ނުފޫޒު އެބަ ވަދޭ. މިކަމަކީ ހަމަ ރަނގަޅަށް ރާވައިގެން، މިވެރިންގެ އަމިއްލަ އެދުންތަކެއް ހާސިލުކުރުމަށް، އިންޑިއާ އަށް ރާއްޖެ "ވިއްކާލަނީ". މީގައި އޮތް މޮޅުކަމަކީ، އަހަރެމެންގެ ގިނަބަޔަކަށް މިވާގޮތްތަށް ހަމަ ރަނގަޅަށް އެގޭމެ. އެކަމަކު ކުޑަގޮތަކަށް އެއްޗެއް ކިޔާލާފަ ހަމަ ތިބެވެނީ. ބައެއްފަހަރު މިކަހަލަ 'ހިތްވަރު ބަހެއް' ބުނެލަފާނެ. ލީޑް ކޮށްލަންކެރޭ، ނިކުމެގެން ކަމެއްވަންދެން ހިފަހައްޓައިލަން ކެރޭނެ، ހަމަ އެކަކުވެސް، މިފަހަށް އައިސް ހަމަ ނުފެނޭ. މިކަން އަންނީގެ ބައިގަނޑަށް ޔަގީންވެސް ކުރެވޭ. ދެން ވާނީ މިވާގޮތް..... އަހަރެމެން އެންމެނަށްވެސް މިތިބީ ވައްތަރެއްގެ "ބައްޔެއް" ޖެހިފައި. ކެވުނު އެއްޗެއް، ބޮވުނު އެއްޗެއް ނޭނގެ. ޖެހިފައި މިވާ ބަލި ހަމަ ގައިމުވެސް 'ކޮވިޑް' އަށްވުރެ މާ ނުރައްކާ!!!!!
މިވެރިންއަށް ނެތް ރީތި އެއްވެސް ސިފައެއް ދަސްވެފައި. ލޯކޮނެލާން އޭނާއަކީ ކާކު؟