ފަތުރުވެރިންނަށް ހިދުމަތް ދެމުންގެންދާ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށްފިއެވެ.
އެކަން މަނާކޮށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމާއި، ފަތުރުވެރިންނަށް ހިދުމަތްދޭ އެއްވެސް ފެސިލިޓީއެއް ދިވެހިން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.
އެހެންކަމުން އެ މިނިސްޓްރީން ވަކިގޮތެއް އަންގަންދެން މިގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.
ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ފަތުރުވެރިކަން ފަށާގަތްއިރު، މީގެ ކުރިއާ އަޅާބަލާއިރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ހަތް ފަތުރުވެރިއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ގައުމަށް ދިއުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ.
އކަމަކު ސަރުކާރުގަ ނޫނީ މަޖިލިސްމެމްބަރުން އޯކޭވާނެދޯ މިހެންމިއަހާލީ މިރިސޯޓުގަ މިހާރުވެސް އެބާމީގުން އުޅެމުންދާތި
އަންނިމެންގެ މީހުނައް އެތިކޮޅު ހިތްޕަވައިގެން ކޮއްމެތާކުވެސް ޗުއްޓީ ހޭދަކުރެއްވޭނެ އަދި އެވެސް ދިވެހި ދައުލަތުން ހަރަދުކޮއްގެން.