މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ކުރިމަތިލި އަށް މީހެއްގެ ނަންތައް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.
އެ ބޯޑުގެ ތިން މެމްބަރުންގެ މަގާމު މި މަހު ހަމަވެފައިވާތީ އެ މަގާމުތަކަށް އައްޔަން ކުރުމަށް ބައެއް ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ މަޖިލީހަށް ފޮނުވައިފައެވެ. ރިޔާސަތުން އެ މައްސަލަ ދިރާސާ ކުރަން ފޮނުވީ މަޖިލިހުގެ އިގްތިސާދީ ކޮމިޓީއަށެވެ.
މީރާގެ ބޯޑުން ހުސްވެރިފައިވާ މެމްބަރުންގެ މަގާމަށް އައްޔަން ކުރުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގެ ދަށުން އެ މަގާމަށް ކުރިމަތިލާން ހުޅުވުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް އިސްކަން ދެއްވާ ތަރުތީބުން ވަނީ މަޖިލިހަށް ފޮނުއްވައިފައެވެ.
މީރާގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށް ރައީސް އިސްކަން ދެއްވާ ތަރުތީބަކީ:
- މުމްތާޒް އަބްދުއްރަޝީދު، މުރިނގު، ހދ.ހަނިމާދޫ
- ލީނާ މުހައްމަދު ޒާހިރު ހުސެއިން، ހ.ނީންވިލާ
- ހުޝާމް ވަހީދު، ގަލޮޅު، މާލެ ހިޔާ 2-3
- އަލީ އިރުފާން، ޑޭލައިޓް ވިލާ، ސ. މަރަދޫ ފޭދޫ
- އިސްމާއިލް ސާޖިދު، މައްޗަންގޮޅި، ވިލާ ރޮދިި
- އައިޝަތު އަޝާ އަލީ، ހ.އީސްޓްވޯޑް
- ދަހާ ޝުއައިބު، ހ.ކެރީބިއަން
- އިދުރީސް އިސްމާއިލް، އަނީސާ މަންޒިލް، މ.ދިއްގަރު
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ބަދަލު ގެނައުމަށް މިދިޔަ އަހަރު ވަނީ ފާސްކޮށްފައެވެ.
މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
އިސްތިއުފާ. ޖޫރިމަނާ ނާގާބިލް ސަރުކާރު
ނެތްތަ ޕާކިން ސްޓިކާގަނޑެއް
6 ނަންބަރު ނުހޮވައިފިއްޔާ ރަނގަޅު... ހުރިގޮތަށް ހުރި ގުނބޮލެއް!