ބޮޑުތަކުރުފާނުމަގު ނަސަންދުރަ ކުރިމަތީ އޮންނަ ޕާކިންގ ޒޯންގައި ޕާކްކޮށްފައިހުރި ސައިކަލެއް ވަގަށް ނެގުމަށްފަހު އެ ސައިކަލުގައި ގޮސް އަންހެނެއްގެ އަތުން ފޭރުނު މީހަކު ހޯދަން އިއުލާނުކޮށްފިިއެވެ.
އޭނާ ފޭރުނީ އަމީނީމަގު ކަށިމާހިނގުން ކައިރިން ދިޔަ އަންހެނެއްގެ އަތުންނެވެ.
އެ މައްސަލައާ ގުޅިގެން ހޯޑަނީ ކ. މާލެ، މ. ވައިޓްފިޝް، އިބްރާހީމް ޝަރީފު (33އ) އެވެ.
ފުލުހުން ވިދާޅުވީ، އޭނާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހެެއް ކަމަށެވެ.
ފުލުހުން ވަނީ އިބްރާހީމް ޝަރީފާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މިކަހަލަ ހުރިހާ ޖަރީމާއެއް ހިންގަނީ މާލޭމީހުން އެކަމަކު ނަންވާނީ ލ އަތޮޅުމީހުން، މަދުފަހަރަކު ކުނަހަންދޫމީހަކު މިކަހަލަކަމެއް ކޮށްފިއްޔާވެސް އެރަށުމީހުން ދަރިން ބޮޑުކުރަނީ ކޯނޗެއް ކާންދީގެންތޯ ބަލަން ކޮމެންޓް ސެކްޝަން ފުރާލާނެ. މާލޭސޮރެއްވީމަ ކޮމެންޓެއް ޖަހަންވެސް ޖެހިލުންވެފަ ތިބެނީ.
އެއްޗެހި އަގުބޮޑުކޮށް ޖޫރިމަނާ ކުރަންފެށީމަ އޭގެ ނުރަނގަޅު ނަތީޖާ މި ފެންނަނީ. ކިޔަވައިގެން އުޅޭ އިރުވެސް ރަނގަޅު ވަޒީފާއެއް ނުލިބޭ. ނާގާބިލު ސަރުކާރެއް ގެނެވުނީތީ މިޔަދު ރައްޔިތުން ހިތާމަކުރޭ..
އެޖެންޑާ 19 ތަފާތުވާނެ
އެސޮރު ފަގީރުވީމަ ތޯއްޗެ.. އެޖެންޑާ ޒީރޯޓޮލަރެންސް ހަމަ ތަފާތީ.. ނާގާބިލް ޖަޒީރާ ރާއްޖެ
އެޖެންޑާ 19 ފުރާފުރިހަމަވަނީ
ހާބީންވެސް ވައްކަން ކުރޭތަ؟