ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ހާލަތަށް ނަޒަރު ހިންގާލިއަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަން ހާމަވެގެން ގޮސްފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ފަޒްނާ މިހެން ވިދާޅުވީ، އދ އަށް 75 އަހަރު ފުރުމާ ގުޅިގެން 'ޔޫއެން 75' އިން ތައްޔާރު ކޮށްފައި ވާ ރަސްމީ ވީޑިއޯގައެވެ.
އެ ވީޑިއޯގައި އެކަމަނާ ވިދާޅުވީ، ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ހާލަތަށް ނަޒަރު ހިންގާލިއަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަން ހާމަވެއްޖެ ކަމަށެވެ. އަދި އެހެން މީހުންގެ އެހީތެރިކަން ނުލިބި އެކަނި ދިރިދެމިހުރުމަކީ އުނދަގޫކަމެއް ކަން ހާމަވެގެން ގޮސްފައިވާ ކަަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ، އަމިއްލަ ފަރުދުންގެ ހެވާއި ލާބައާއި މަންފާ ބަރޯސާ ވަނީ މުޅި މުޖުތަމައުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ކަމަށެވެ.
މި ވީޑިއޯއަށްފަހު 'ޔޫ.އެން. 75' އާއިގުޅޭ ހާއްސަ ސަރވޭއެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މި ސަރވޭއަކީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށާއި، އދ. އިން ކުރިއަށް ގެންދިޔުމުގައި އިސްކަން ދޭންވީ ކަންކަން ކަނޑައެޅުމަށް ޚިޔާލު ހޯދުމުގެ ގޮތުން ކުރިޔަށްގެންދިޔަ ސަރވޭއެކެވެ.
މި ހަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވާފައި ވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހަޒްވެލްއެވެ.
ބަލަ ޝިރޫ ބަބްލީ މޮޔަފުޅުވީތަ، މި ސަރުކާރު އައީ ވައްކަމާ ކަރަޕްޝަނާ ނައްތާލަން ދެން ކުރީ ސަރުކާރުތަކުން ވައްކަންކުރިޔޭ ކިޔާފަ މިސަރުކާރަށް ވައްކަން ހުއްދަވީތަ، ހާދަ އުރައްޕެއް ނެތް ބައިގަނޑެކޭ ދޯ، ލަދެއްނުގަނޭތަ
ތާޖުއްދީނު ދުށް އެންމެ ފައްކާ ޕްރިންސިޕަލް. މިއަދުގެ ފަސްޓްލޭޑީ. ކޮންމެވެސް ރޮނގަކުން ކަމަނާގެ ހިދުމަތް މިފަސްގަނޑަށް ބޭނުންވޭ. ބަލަން މިތިބެނީ!
މިދެން ކާކު؟ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
ބާޣީލޭޑީ އެއްނު.
މިމަންޖެޔަށް އަލުން ދަރިޔަކު ލިބުނީމަޔޯ އަލަން އުފަންވާ ކުދިންނަން ދޭން އިބޫ ވައުދުވި ހަނދިޔާ ފޮށި ދޭންފަށަނީ ދަރިޔަކު ލިބޭތޯބަލަންނޯ މާގިނަ ގިނައިން އިންޑިޔާޔަށް މިދަނީ ބޭސްކުރަން
ލޮލް ކޮވިޑް ފަޒުނާ
ގައުމު ދަވާލަންވެސް ފައްކާ ޕުރިންސިޕަލެއްތީ މިއޮތީ ރައްޔިތަކަށް ވާނުވާ އަންގާވެސްނުލާ ގައުމުވެސް ދަވާލާފައި ތިޔަބުނާ ޕުރިންސިޕަލްމެން ކިހާފައްކާ..
އެކަން އެނގޭ 1988 3 ނޮބެމްބަެުރުހަވެސް
ބަލަގަ ބޭރު ޤައުމު ތަކުން ދިވެހިރާއްޖެއަށް ދޭ އެހީގަ އަމިއްލަ ބޭނުން ފުއްދައިގެން ދެން ތިޔަ ތިބެނީ ކީއްވެޔޯލަ؟
ޢެދުން ތައް ނުފުދިފައި މިތިބީ ކަރަންޓް ބިލް ނުދެއް ކިފައި އަތުގަ ހުރިފަިއިސާ ހުސްވެއްޖެ ކޮންމެސް ގޮތެއް ފަޒޫ ހައްދަވަިއި ދެއްވަން ވީނުންތޯ
ތެދެއް އަދި ކާންޖެހޭ ބައިވަރު
ދެން ރައްޔިތުންގެ ފައިސާކޮޅު ޖީބަށް ކަގާލަނީޔޯ؟
1700 ރުފިޔާއަށް މާސްކެއް ވިއްކީމަ ވަރަށް ސަޅި.
އޭކޮވިޑް ފަޒޫ ތިގޮތަށް އެކްޝަންވެގެން ވެޑުވެފަ އިނދެގެން ފުއްދޭކަށްނެތޭ އަހަރެމެން ނިކަމެތިރައްޔިތުން ފެލައި ލޫޓް ވައިގެން ތިޔަގަނޑުވަރުގެ ޚަރަދުތައް ތިޔަ ހަމަޖައްސަނީ އެކަން އިނގޭތަ ނޭގޭނެ ބެލިންތަ ނުބަލާނެ ދެންކޮން ވާހަކަ އެއް ތިދައްކަނީ ވަގުސޯލިހު ހޭރިގަތީމަ ވެންޓިލޭޓަރެއްގެ ތެރެޔަށްލައިގެން ވަށައިގެން އަތްޖަހަން ތިބެވޭކަށްނެތް ހުރިހާދިމާލަކުން ކޮވިޑުލައުގެން ރައްޔިތުން ފެލަނީ މިހާރު އެތެރެ ފާރުވެއްޖެ ބޭހެއްނެތޯ ފެނެއްނެތޯ ޒަހަމްތަށް އިތުރު ވަނީ ވީމާ މާމޮޅުވާހަކާ ނުދައްކާ އިތުރު ގޮތެއްހޯދައިގެން ފެއްސި ވަޑަގެން ދީ
" އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތް - ފަޒްނާ " ކީކޭ ބުނަން އުޅެފަބާ މިއޮތި. އަމިއްލަ އެދުންތައް ފުއްދައިގެން ފަރުޖެހެމް ނެތޭ! އަމިއްލަ އެދު ނުފުއްދީމައޭތަ ފަރުޖެހޭނީ. އަމިއްލަ އެދުން ނުފުއްދީމަ ވާނެގޮތް ނޭގޭ މީހެއްތަމީ، ކަލޭގެ އަނެކަކުގެ އަމިއްލަ އެދުން ފުއްދައެއް ނުދެންތް؟ ކަލޭތީ ކޮންކަހަލަ މީހެއް. ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގޭތަ.
ސޮދަގާތު ފަންޑު ހަދައިގެން ރައްޔިތުންގެ ހަޒާނާ ލޫޓުވާލި ފަސްޓުލޭޑީ ކޮބާތަ
މީ ދެން ކާކު މާމޮޅެތި ވާހަކަ ދައްކަން ދިވެހިން ހަނދާން ހުންނާނެ ނޮވެންބަރު 3
ކޮވިޑް19 ދުނިޔެއަށް ނައިނަމަ އަމިއްލަ ބޭނުންތައް ފުއްދާލައިގެން ތިބެވުނީސްތޯ؟ އެބަލި ނާންނައިރު އުޅުނީ އެހެންމީހުންގެ އެހީތެރިކަން ނުލިބި އެހެންމީހެއްގެ އެހީތެރިކަމަށް ނޭދި އަމިއްލައަށްތޯ؟ މިހާރު ކޮންމެ ކަމެއް ކޮވިޑަށް ފޫޅުކަނޑާ.
ތިތިބެނީނުން ލިބޭ ހިލޭ އެހީއާއި ލޯންތަކާއި ނަގައިގެން އެފައިސާގަނޑު ބަނޑުއަޅާލައަޅާލާ އެވަރުން ނުވެގެން ރައްޔަތުމީހާގެ މަހު ލިބޭ އުޖޫރަކޮޅު ކުޑަކޮށް ރައްޔަތުމީހާވެސް ފެލާލާގެން ބަނޑު އަޅަނީ